ކޮވިޑު ޖެހުނު ބިދޭސީ އަންހެނަކު ވެންޓިލޭޓަރުގައި، ދަރިފުޅު ނުނެރެވި ހާލުގައި ޖެހިއްޖެ

ސަހާނާ: ކޮވިޑްގައި ހާލު ސީރިއަސްވެ އޭނާ ވެންޓިލޭޓަރުގައި އޮތްއިރު އަތްމަތި ދަތިވެ ދަރިފުޅު ހޮސްޕިޓަލުން ނެރެވޭނެ ގޮތެއް ވެސް އަދި ނުފެނޭ.

ސަހާނާ: ކޮވިޑްގައި ހާލު ސީރިއަސްވެ އޭނާ ވެންޓިލޭޓަރުގައި އޮތްއިރު އަތްމަތި ދަތިވެ ދަރިފުޅު ހޮސްޕިޓަލުން ނެރެވޭނެ ގޮތެއް ވެސް އަދި ނުފެނޭ.

މަތީގައި އެވާ ފޮޓޯއަކީ ސަހާނާ ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާން ތައްޔާރުވެ، އޭނާ ވަޒީފާ އަދާކުރާ ގޭގެ މީހުން ލައްވައި ނެގި ފޮޓޯއެކެވެ. އެ ހިނިތުންވުމާއެކު ހޮސްޕިޓަލަށް އެ ދުވަހު ދިޔަ ސަހާނާ ހާލަތަކީ މިހާރު އެއީއެއް ނޫނެވެ؛

މާބަނޑު ދުވަސްވަރު، ކޮވިޑް ޖެހުމުގެ ސަބަބުން ބަންގްލަދޭޝްއަށް ނިސްބަތްވާ ސަހާނާގެ ހާލު ސީރިއަސްވެ، އޭނާގެ އާއިލާ ވަނީ ހާލުގައި ޖެހިފަ އެވެ.

ހާލުބޮޑުވި ސަހާނާ އުޅުނީ މާލޭގެ އާއިލާއެއްގެ ދުވަސްވީ މަންމައެއް ބެލެހެއްޓުމުގެ މަސައްކަތުގަ އެވެ. އެ ވަޒީފާއިން އޭނާ އަށް ލިބޭ އާމްދަނީ އެއްކޮށްހެން ފޮނުވަނީ ބަންގްލަދޭޝްގައި ތިބި އާއިލާ އަށެވެ.

މާލޭގައި އޭނާއާ އެކު ހުރީ، ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ ފިރިމީހާ އެކަންޏެވެ.

ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަނޑުބޮޑުވެ ހަތް މަސްވީތަނާހެން ސަހާނާއަށް ކޮވިޑް ޖެހުނެވެ. އޭގެކުރިން އޭނާގެ ހާލު ރަނގަޅު ނަމަވެސް، ކޮވިޑް ޖެހުމާއެކު ނޭވާލާން އުނދަގޫވާން ފެށި އެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މާލޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގަ އެވެ. އެހެންވެ ގެންދަން ޖެހުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށެވެ. އެތަނުގައި އޮއްވައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

ސަހާނާ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ނެގި ފޮޓޯ
ސަހާނާ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ނެގި ފޮޓޯ

ސަހާނާ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ނެގި ފޮޓޯ

އޭނާ ލާންޖެހުނީ ވެންޓިލޭޓަރެށެވެ. ހާލު ސީރިއަސްވުމުން ސިޒޭރިއަނަކަށް ގޮސް ދަރިފުޅު ވެސް ޖެހުނީ ހަތް މަހުގައި ނަގާށެވެ.

ދަރިފުޅުގެ ހާލު ވެސް ސީރިއަސްވި އެވެ. ސަހާނާ ވެންޓިލޭޓަރުގައި އޮތްއިރު، ދަރިފުޅަށް ފަރުވާދެމުން އައީ އައިސީޔޫގަ އެވެ. މަހެއްހާ ދުވަހު އެތަނުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ކުއްޖާގެ ހާލު ރަނގަޅުވެފައިވާތީ އޭނާ ޑިސްޗާޖުވެސްކޮށްފި އެވެ. އެކަމަކު ބިލަށް ބޮޑު އަދަދެއް އަރާފައިވާތީ ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގެ ވޯޑުގަ އެވެ.

ސަހާނާގެ ހާލު އަދިވެސް ގޯހެވެ.

ދަރިފުޅުގެ ބޭސްފަރުވާގެ ބިލަށް 90،000 ރުފިޔާ އަރާފައިވާއިރު މިހާރު ވެސް ވެންޓިލޭޓަރުގައި އޮތް ސަހާނާގެ ބިލަށް މިހާތަނަށް ވަނީ 194،000 ރުފިޔާ އަރައިފަ އެވެ.

ސަހާނާ ވަޒީފާ އަދާކުރާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ޒުހައިރާ އަލީ ބުނި ގޮތުގައި، އެހާ ބޮޑު އަދަދެއްގެ ބިލެއް ދެއްކުމުގެ ގާބިލު ކަމެއް ސަހާނާގެ ދެމަފިރިންގެ ނެތެވެ.

"އެ މީހުންނަކީ ފުދުންތެރި އާއިލާއެއް ނޫން، ލިބޭ ހުރިހާ އާމްދަނީއެއް ފޮނުވަން ދަނީ ގައުމުގަ ތިބި އާއިލާއަށް،" ޒުހައިރާ ބުންޏެވެ.

ޒުހައިރާ ބުނި ގޮތުގައި، އޭނާގެ އާއިލާ އާއި ސަހާނާގެ ފިރިމީހާ މަސައްކަތްކުރާ ތަނުގެ ވެރިމީހާ ވެސް އަންނަނީ ވީވަރަކުން އެ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ފިރިމީހާގެ ބޮސް ވެސް އޭނާއަށް ވަރަށް ހެޔޮ،"

"އެކަމަކު، އެހާ ބޮޑު އަދަދެއް އެއް ފަހަރާ ދެއްކުމުގެ ގާބިލުކަމެއް އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ ނެތް، އެހެންވެ ހަގީގަތުގައި އެހީތެރިކަމަށް އެދެން ޖެހުނީ ވެސް،" އޭނާ ބުންޏެވެ.

"ސަހާނާ ބަނޑުބޮޑުވި ހިސާބުން ވެސް ބުނިން އޭނާ ގާތު ގައުމަށް ދާންވީ ނޫންހޭ، އެކަމަކު، އާއިލާއަށް ދަތިވެދާނެތީ އޭނާ ދާން ބޭނުން ނުވީ، އެހެން ހުއްޓާ ކޮވިޑް ޖެހި ހާލު ބޮޑުވެގެން ދިޔައީ، ވަރަށް ދެރަކޮށް ދިމާވީ،" ޒުހައިރާ ކިޔައިދިނެވެ.

ޒުހައިރާ، އަންނަނީ ސަހާނާގެ ދަރިފުޅުގެ ކަންކަން ވެސް ބަލަހައްޓަމުންނެވެ. އެ އާއިލާއިން ޑިއުޓީ ބަހައިގެން ހޮސްޕިޓަލުގައި ވެސް ތިބެ އެވެ.

"އަޅުގަނޑުމެންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން ސަހާނާއަށް، އެހީތެރިކަމަށް އެދެން ވެސް ހަގީގަތުގައި ބޭނުމެއް ނޫން، އެކަމަކު އެ ނޫން ގޮތެއް ނެތީމަ އެ ޕޯސްޓް ސޯޝަލް މީޑިއާގައި ޖެހީ،" އޭނާ ބުންޏެވެ.

ޒުހައިރާ މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް ސަހާނާއަށް އެހީގެ ގޮތުގައި ލިބެނީ 5،000 ރުފިޔާ އެވެ.

ވެންޓިލޭޓަރުގައި އޮތް ސަހާނާ ދޫކޮށްލެވޭނެ ދުވަހެއް އަދި ނޭނގެ އެވެ؛ އެކަމަކު އެހާތަނަށް ވެސް ހޮސްޕިޓަލުގެ ބިލް ދެއްކުން މުހިއްމު ކަމަށް އޭނާގެ ފިރިމީހާ ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox