ޚާރިޖީ ދާއިރާގެ މަސައްކަތް ދުނިޔެ ބަލައިގެންފި: ރައީސް

Jul 6, 2021, 1:33 PM
ޚާރިޖީ ދާއިރާގެ މަސައްކަތް ދުނިޔެ ބަލައިގެންފި: ރައީސް

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށާއި އޭގެއިން ދައްކުވައިދެނީ ހާރިޖީ ދާއިރާގެ މަސައްކަތް ބޭރު ދުނިޔެ ބަލައިގެންފައިވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދަށް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަން ރައީސް މިއަދު ވަނީ ބައްދަލުކުރަައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރަކަށް ހުންނަވައި ޝާހިދު ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ތަންފީޒު ކުރައްވަމުންނެވެ. އޭނާ މިހާރު ހުންނެވި މަގާމާ އެކު ކުރައްވާ މަސައްކަތުން ރާއްޖެއަށް ބައިނަލްގުވާމީ މައިދާނުގައި އިތުރު ކުރިއެރުންތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކައިގައި، އދ.ގެ އާއްމު މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ދެއްވީތީ ޝުކުރުއަދާކުރެއްވި އެވެ. އަދި އިންތިހާބު ކާމިޔާބުކޮށްދެއްވަން އިސްނަންގަވައި ރައީސްކޮށްދެއްވި މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަން ފެށުމުގެ ކުރިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ނިކަމެތި ހާލަތުގަ އެވެ. ރާއްޖެއަށް މިފަހަރު ކާމިޔާބީ ލިބުނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައާއި އަލުން ގުޅުން ބަދަހި ކުރައްވައި ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރު ހޯއްދަވައި ކުރެއްވި މަސައްކަތުން ކަަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި ކާމިޔާބީއަކީ 1965 ގައި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށް ފަހު ހާރިޖީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެ އަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވަން އެމަނިކުފާނު މަސައްކަތްކޮށްދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox