ކޮވިޑް ވައިރަހާއެކު އުޅެން ދަސްކުރަން އިނގިރޭސި ބޮޑު ވަޒީރު ގޮވާލައްވައިފި

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން.-- ފޮޓޯ: ސަދަން ޑެއިލީ އެކޯ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން.-- ފޮޓޯ: ސަދަން ޑެއިލީ އެކޯ

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 5) - ކޮވިޑް ކޮންޓްރޯލް ކުރަން އިނގިރޭސި ވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭނެ ގޮތުގެ ތަފްސީލް މިއަދު އާއްމު ކުރަން ތައްޔާރުވެފައި ވާއިރު، ވައިރަހާއެކު "ދިރިއުޅެން ދަސްކުރަން" ބޮޑު ވަޒީރު ބޮރިސް ޖޯންސަން ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

އިނގިރޭސި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖޫން 21 ވަނަ ދުވަހު ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށެވެ. ނަމަވެސް އިންޑިއާއިން ފެނި، ގިނަ ގައުމުތަކަކަށް މިހާރު ފެތުރިފައިވާ ޑެލްޓާ ވޭރިއެންޓާ ހެދި އެ ތާރީހު ފަސްކުރަން ޖެހުނީ ޖުލައި 19 އަށެވެ.

އިނގިރޭސި ވިލާތުން މިހާރު ފެންނަ ހުރިހާ ކޭސްއެއް ވެސް ގުޅިފައިވަނީ ޑެލްޓާ ވޭރިއެންޓާ އެވެ. ޖުލައި 19 ގައި ދޭން ހަމަޖެހިފައިވާ ލުއިތަކާ ގުޅޭ ގޮތުން ބޮރިސް މިއަދު ޕްރެސް ކޮންފެރެންސް ބާއްވަވާނެ އެވެ. އަދި ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ޕާލިމެންޓުގައި ތަފްސީލް ހިއްސާ ކުރައްވާނެ އެވެ.

ޔޫރަޕްގައި ރަޝިއާއަށް ފަހު ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 128،000 އަށް ވުރެ އިތުރެވެ. އިނގިރޭސި ވިލާތުން މިހާރު ލުއި ދޭން މަސައްކަތް ކުރަނީ ތިން ވަނަ ލޮކްޑައުނަށެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ލުއި ދިނުމާއެކު ވެސް ކޭސްތައް އިތުރުވާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޕްރޮގްރާމްގެ ސަބަބުން "ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުމާއި މަރުވުން" މަދުވެފައިވާ ކަމަށް ވެސް ބުންޏެވެ.

އިނގިރޭސި ވިލާތުގެ ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ގައުމުގެ އުމުރުން 18 އަހަރުން މަތީގެ މީހުންގެ އާބާދީގެ ގާތްގަނޑަކަށް 64 ޕަސެންޓު މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox