ބެލްޖިއަމްގެ ކޯޗު ކަމުން މާޓީނޭޒް ވަކިވުމުގެ ފުރުސަތު ބޮޑު

Jul 3, 2021, 4:13 AM
ބެލްޖިއަމްގެ ކޯޗު ކަމުން މާޓީނޭޒް ވަކިވުމުގެ ފުރުސަތު ބޮޑު

މިއުނިކް (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިިގެން ދެ ފަހަރު ކެޓުމާ އެކު ބެލްޖިއަމްގެ ކޯޗު ކަމުން ރޮބާޓޯ މާޓީނޭޒް ވަކިވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި 2016 ވަނަ އަހަރުގެ ޔޫރޯ އިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލްގައި ވޭލްސް އަތުންނެވެ. ބެލްޖިއަމްގެ ކޯޗުކަމާ މާޓީނޭޒް ހަވާލުވީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އެވެ. މާޓީނޭޒްގެ ކޯޗުކަމުގައި ބެލްޖިއަމުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު ރޭ އިޓަލީ އަތުން 2-1 އިން ބަލިވެ، މީގެ ފަސް އަހަރު ކުރިން ވިލްމޮޓްސްގެ ކޯޗުކަމުގައި ބެލްޖިއަމް ޔޫރޯ އިން ކެޓި ހިސާބުން މި ފަހަރުގެ މުބާރާތުން ވެސް އެ ޓީމު ވަކިވާން ޖެހުނީ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޓީނޭޒާ ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިވެފަ އެވެ. އޭނާ ބުނީ މިއީ އެ ވާހަކަތައް ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"މި ވަގުތު މި މެޗު (އިޓަލީ މެޗު) ނޫން ވާހަކައެއް ދައްކަން އަހަންނަށް ވަރަށް އުނދަގޫ. ޖަޒުބާތުގައި ޖެހިގެން މި ވަގުތު ދައްކަން ނުޖެހޭ ވާހަކައެއް ދައްކަން ނެތިން،" މާޓީނޭޒް ބުންޏެެވެ.

އޭނާ ބުނީ މި ވަގުތަށް އެންމެ މުހިއްމީ މި މުބާރާތުގައި ކަންތައްތައް ދިޔަ ގޮތާ ބެހޭގޮތުން ރަނގަޅު ދިރާސާއެއް ހެދުން ކަމަށެވެ. މާޓީނޭޒް ބުނީ އޭނާގެ ނަޒަރުގައި އިޓަލީ އަށް މި މެޗުން މޮޅުވެވުނީ އެ ޓީމުން ގިނަ އަދަދެއްގެ މެޗުތަކަކުން ބަލިނުވެ އޮތްއިރު، ފުރިހަމަ މޮޅުވުމުގެ ރެކޯޑެއް ވެސް ދަމަހައްޓަމުން އައިސް ފުރަތަމަ ހާފުގައި ދެއްކި ތަފާތު ބޮޑުވުމުން ކަމަށެވެ.

ބެލްޖިއަމްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މާޓީނޭޒްގެ މުސްތަގުބަލާ ބެހޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާއާ ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޝަނުން ވާހަކަ ދައްކާނެ އެވެ. ބެލްޖިއަމާ އެކު މާޓީނޭޒް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ހަމަވާގޮތަށް އޮތްކަމުގައި ވިޔަސް އޭގެ ކުރިން ވެސް އޭނާ މަގާމުން ވަކިވުމުގެ ފުރުސަތު އެބައޮތެވެ.

އޭގެ އެއް ސަބަބަކީ ބެލްޖިއަމްގައި މިހާރު އޮތް އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބެލެވޭއިރު، އެއީ ބޮޑު މުބާރާތެއް ކާމިޔާބުުރަން ބެލްޖިއަމަށް ލިބޭ ފަހު ފުރުސަތު ކަމަށްވާތީ އެވެ. އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗަކާ ޓީމު ހަވާލުކުރުމުގެ ވިސްނުން ވެސް ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޝަނުން ގެންގުޅޭތީ އެވެ.

މީގެ ކުރިން މާޓީނޭޒް ވަނީ ބެލްޖިއަމް އިން ވަކިވުމަށް ފަހު ކައިރި މުސްތަގުބަލެއްގައި ކްލަބް ފުޓްބޯޅަ އަށް އެނބުރި ދާން ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ. މާޓީނޭޒް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox