ޑެޝޯމްޕްސްއާ ވާހަކަދައްކާއިރު، ފްރާންސުން ޒިދާނަށް ފާރަލާނެ

Jul 3, 2021, 2:52 AM
ޑެޝޯމްޕްސްއާ ވާހަކަދައްކާއިރު، ފްރާންސުން ޒިދާނަށް ފާރަލާނެ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ނާކާމިޔާބީ އަށް ފަހު އެ ޓީމުގެ ކޯޗު ޑިޑިއޭ. ޑެޝޯމްޕްސްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާއިރު، ރެއާލް މެޑްރިޑްގެ ކޯޗުކަމުން ދާދި ފަހުން ވަކިވި ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒިނެދިން ޒިދާނަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފާރަލާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔޫރޯގެ ދެ ވަނަ ބުރުން ފްރާންސް ކެޓީ ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް އަތުންނެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލްގެ ކުރިން ފްރާންސް ކެޓި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ޔޫރޯގެ ނަތީޖާ އަށް ފަހު ޑެޝޯމްޕްސްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، ސްވިޒަލެންޑް މެޗަށް ފަހު ޑެޝޯމްޕްސް ވަނި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާ އިން ކުރި ސުވާލުތަކަށް ތަފްސީލުކޮށް ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ޑެޝޯމްޕްސް މި ވަގުތު ފްރާންސާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އޭގެ ކުރިން މަގާމުން ވަކިކުރުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުގައި ޑެޝޯމްޕްސް ބުނީ ކޮންޓްރެކްޓެއް އޮތިއްޔާ އޭގެ އަށް އިހުތިރާމްކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ނޫން ގޮތަކަސް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޑެޝޯމްޕްސްއާ ބައްދަލުކުރާނެ ކަމަށާއި މި ފަހަރުގެ މުބާރާތްދިޔަ ގޮތާ ބެހޭގޮތުން އެކި ގޮތްގޮތުން މައުލޫމާތު އެއްކުރާނެ ކަމަށެވެ.

"އޭނަ (ޑެޝޯމްޕްސް) ކޮށްދިން ހުރިހާ ކަމަކަށް ފަހު އަހަރެމެން ކުއްލިއަކަށް ގޮތެއް ނުނިންމާނަން. އަހަރެމެން މި ވާހަކަ ދައްކަނީ މި ގައުމަށް ވޯލްޑް ކަޕެއް ހޯދައިދިން ކެޕްޓަނެއް އަދި ކޯޗެއްގެ ވާހަކަ. އެހެންވީމަ އޭނަގެ ވިސްނުމާއި ކުރިއަށް ދެކޭ ގޮތް އަހަރެން ހޯދާފައި ދެން ކުރިއަށްދާނީ. ޑެޝޯމްޕްސްއާ އެކު ކުރިއަށްދިއުމުގެ ވިސްނުން ވެސް އެބަހުރި،" ލަ ގްރައެޓް ވިދާޅުވި އެވެ.

1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ އެގްޒިބިޝަން މެޗެއްގެ ތެރެއިން ޒިދާން (ކ) އާއި ޑެޝޯމްޕްސް.

މި ވަގުތު ހުސްކޮށް ހުރި ޒިދާން ރެއާލާ ހަވާލުވެދާނެތޯ ސުވާލުކުރުމުން ލަ ގްރައެޓް ވިދާޅުވީ ޒިދާނަކީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވެސް ވަރަށް ޝައުގުވެރި މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއް ކަމަށެވެ.

ކޮންމެވެސް ދުވަހަކުން ޒިދާން ފްރާންސަށް ކޯޗުކޮށްދޭނެ. އެއީ ޔަގީން ކަމެއް. ކޮން އިރެއްކަން ބުނެދޭން ނޭނގެނީ - ލަ ގްރައެޓް

ޒިދާނާ އެކު ފްރާންސަށް ކުޅެ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑެޝޯމްޕްސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ކުއާޓާ ފައިނަލުން ކެޓުމުން 2016 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޭނާ ބަހައްޓަން ފްރާންސުން ނިންމި އެވެ. އަމިއްލަ ގައުމުގައި ކުޅެ 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުން ޕޯޗުގަލް އަތުން ފްރާންސް ބަލިވި ނަމަވެސް ޑެޝޯމްޕްސް ވަކިނުކޮށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގެ ބޭނުންކޮށް ޑެޝޯމްޕްސް ވަނީ 20 އަހަރަށް ފަހު ފްރާންސަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑެޝޯމްޕްސް ވެސް ވަނީ ފްރާންސް ޓީމުގެ ކޯޗެއްގެ ގޮތުގައި ޒިދާން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

"ދެން ފްރާންސާ ހަވާލުވާ ކޯޗަކީ ޒިދާނަށް ވެދާނެ. އަހަރެން ބޭނުން އެ ގޮތް ވާން. އެކަމަކު މި ވަގުތު އެކަން ނުވެދާނެ. އެކަމަކު ޔަގީނުން ވެސް ޒިދާން ފްރާންސަށް ކޯޗުކޮށްދޭނެ،" ފްރާންސްގެ މީޑިއާ އަކަށް 2019 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޑެޝޯމްޕްސް ބުންޏެވެ.

ޒިދާން ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަން ދޫކޮށްލީ މިދިޔަ މެއި މަހު އެވެ. ޒިދާން ހޯދަން ފްރާންސްގެ ޕީއެސްޖީން ވެސް މަސައްކަތްކުރަމުން އަންނައިރު، ކޯޗިންގައި ދެން ހަވާލުވާނީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓަކާ ކަމަށް ޒިދާން ވަނީ ދާދި ފަހުން ބުނެފަ އެވެ.

ޑެޝޯމްޕްސްއާ އެކު ފްރާންސް އިން މުސްތަގުބަލުގެ ވާހަަކަތައް ދައްކާއިރު، ކުރިއަށް އޮތްތަނުގައި ޒިދާނާ ޓީމު ހަވާލުކުރުމުގެ ބައެއް މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް ފްރާންސްގެ ނޫސްތަކުން ރިިޕޯޓްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox