ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި އިންޑިއާ އެތުލީޓަކު ހިމަނައިގެން ވާދަކޮށްފި

މުބާރާތުގައި ވާދަކުރި ރިލޭ ޓީމުގައި ހިމެނިގެން ދުވި އިންޑިއާ އެތުލީޓު.

މުބާރާތުގައި ވާދަކުރި ރިލޭ ޓީމުގައި ހިމެނިގެން ދުވި އިންޑިއާ އެތުލީޓު.

މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކޮށްފި އެވެ.

ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކަކުން އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް، އިންޑިއާގައި ހުންނަވައި މިއަދު "އަދަދު" އަށް ވިދާޅުވީ އެ ގޮތަށް ކަންތައް ކުރަން ޖެހުނީ އެކި ސަބަބުތަކެއް ދިމާވެގެން ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭން މުބާރާތުގައި ވާދަކުރުމަށް ފުރަން ހަ ގަޑިއިރަށް ވެފައި ވަނިކޮށް ގައުމީ އެތުލެޓިކްސް ޓީމުގެ ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު، އަންހެން ރިލޭ ޓީމުގެ އެއް އެތުލީޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އަދި އަންހެން ރިލޭ ޓީމު ހަަމަވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެ، ގޮތްތަކެއް ހޯދަން ޖެހުނީ ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ކުޅުންތެރިންގެ ޕޭރެންޓުންނާ (ބެލެނިވެރިން) ވާހަކަ ދައްކައި އަދި ކުޅުންތެރިންނާ ވެސް ވާހަކަ ދައްކައި އެކި ގޮތްގޮތް ބެލިން. ދެން ވިސްނިން މުބާރާތުގައި ބައިވެރިނުކުރަން އެ އިވެންޓުގައި. އެކަމަކު ކުޅުންތެރިން ވެސް އިންޑިވިޖުއަލީ ވަރަށް މަސައްކަތްކޮށްގެން ޓާގެޓްތަކެއް ވެސް ހުރީމަ މި އިވެންޓްގައި ބައިވެރިވާން ބޭނުންވާތީ އާއި ޓެކްނިކަލީ މީގެ މިކްސް ޓީމެއް ގޮތަށް ބައިވެރިވެވޭނެ ގޮތެއް އޮތީމަ އެ ގޮތަށް (އިންޑިއާ އެތުލީޓަކު ލައިގެން) ވާދަކުރީ،" މުންތަގިމް ވިދާޅުވި އެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރި ރިލޭ ޓީމުގައި އިންޑިއާ އެތުލީޓަކު ހިމެނުމާ އެކު ދެން އެ ޓީމު ގުނާނީ ރާއްޖޭގެ ޓީމެއްގެ ގޮތުގެ ބަދަލުގައި މިކްސް ޓީމެއްގެ ގޮތުގައި ކަމަށް މުންތަގިމް ވިދާޅުވި އެވެ. އެހެންވުުމުން މީގެ ދުވާ ޓައިމިން އަށް ބަލައިގެން ރާއްޖޭގެ ގައުމީ ރެކޯޑަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިންޓަނޭޝަނަލް ފެޑެރޭޝަނުން ވެސް ބަލާ މިންގަނޑުތަކެއް ހުންނާނެ. އެހެންވެ، ޓެކްނިކަލީ ރާއްޖޭގެ ޓީމުގައި އިންޑިއާ އެތުލީޓަކު ހިމެނިގެން މި ދުވެގެން ހަގީގަތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމަށް ވުރެ އެ ފުރުސަތު ބޭނުންކުރުން މި ވަގުތަށް ރަނގަޅު ކަމަށް ފެނިގެން އެގޮތަށް ކުރިއަށް ދިޔައީ،" މުންތަގިމް ވިދާޅުވި އެވެ.

"މި މުބާރާތުގައި އިންޑިއާގެ ގައުމީ ޓީމާއި އެހެން ގައުމުތަކުގެ ގައުމީ ޓީމުތަކުގެ އިތުރުން އިންޑިއާގެ ސްޓޭޓްތަކުގެ ޗެމްޕިއަން ޓީމުން ވެސް ބައިވެރިވި. އެ ފަދަ މުބާރާތެއްގައި ވާދަކުރަން ލިބުނު ފުރުސަތެއްގައި ފަހު ވަގުތު ދިމާވި ކަމެއްގެ ސަބަބުން (ރިލޭ) ޓީމަށް މުޅި އިވެންޓް ގެއްލެން ބޭނުންނުވީ،"

ރާއްޖޭގެ ނަން ޖަހާފައިވާ ޖޯޒީއެއްގައި އިންޑިއާ އެތުލީޓަކު ދުވުމުން ގިނަ ބަޔަކު އެކަމާ އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މުންތަގިމް ވިދާޅުވީ ރިލޭގެ އެ އިވެންޓްގައި ދުވި އަންހެން ޓީމުން ބޭނުންކޮށްފައިވަނީ ރާއްޖޭން އާންމުކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ލާ ޖޯޒީގެ ބަދަލުގައި ޕްރެކްޓިސް ކުރާއިރު ބޭނުންކުރާ ކިޓްގައި ކަމަށެވެ.

މީގެ ކުރިން ރާއްޖޭން މި މުބާރާތުގައި ވާދަކޮށްފައިވަނީ 2014 އާއި 2019 ވަނަ އަހަރުގަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމު ވެސް ވަނީ ވާދަކޮށްފަ އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ރާއްޖެ ޓީމުގެ އެތުލީޓުންނަށް ޓްރެއިނިން ކޭމްޕްތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް އިންޑިއާ އިން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox