މާލެއިން 450 ޕާކިން ސްލޮޓް ކުއްޔަށް ދެނީ

މާލޭގެ މަގެއްގައި ވެހިކަލްތަކެއް: މާލޭން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޒޯން ކުއްޔަށް ދޭން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މާލޭގެ މަގެއްގައި ވެހިކަލްތަކެއް: މާލޭން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޒޯން ކުއްޔަށް ދޭން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިންޑަސްޓްރިއަލް ވިލެޖް ހިމެނޭގޮތަށް މާލޭގެ އެކި ސަރަހައްދުތަކުން 450 އުޅަނދު ޕާކް ކުރާނެ ޖާގަ ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕާކިން ސްލޮޓްތަކެއް ކުއްޔަށް ދެނީ ދާއިމީ ޕާކިން އިމާރާތްތަކެއް ހެދެންދެން ވަގުތީ ގޮތުން ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ. ކުއްޔަށް ދޭ ސްލޮޓްތަކަށް ކުރިމަތިލުމަށް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޔަށް ދޫ ކުރަނީ 320 ކާރުގެ ޖާގަ އާއި 80 ވޭންގެ އިތުރުން 50 ޕިކަޕުގެ ޖާގަ އެވެ.

ނިމިދިޔަ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގައި ވަކި ޕާކިން ޒޯންތަކެއް ހަދައި އެތަންތަން ކުއްޔަށް ދޫކޮށްލަ އެވެ. އެއީ މުޅިން ވެސް ހަތަރު ފުރޮޅުލީ އުޅަނދުގެ ޒޯންތަކެވެ.

ޕާކިން ޒޯންތައް ހެދުމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި 177 ވެހިކަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޕާކިން މައްސަލައިގެ އިތުރުން މާލެ ތެރޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގާތީ އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހުރުމުން މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ސިޓީ ކައުންސިލްގެ ވިސްނުމަކީ އެފަދަ މަސައްކަތްތަކަށް އިންޑަސްޓްރިއަލް ވިލެޖު ހަމަޖެއްސުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ކުރާނީ މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު ރައްޔިތުން އެގޮތަށް ބޭނުން ނަމަ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުދަނާއި ވޯކްޝޮޕާއި ގަރާޖުގެ ގޮތުގައި ހިންގާ 276 ތަނެއް ރަށުގެ ތެރޭގައި އެބަހުއްޓެވެ.

މާލޭގެ ތެރޭގައި ހިންގާ ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރު ކުރުމަކީ މުނިސްޕަލްޓީގެ ޒަމާނުންސުރެން ދައްކަމުން އަންނަ ވާހަކަ އެކެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ވެސް އެވާހަކަ ދެކެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox