ރޮނާލްޑޯ ރެކޯޑާ ހަމަކުރި ފަހުން އަލީ ދާއީގެ ދެ ގޯލު މަދުކަމަށް ބުނެފި

Jun 28, 2021, 5:01 AM
2006 ވަނަ އަހަރު އީރާންގެ މެޗެއްގެ ތެރެއިން އަލީ ދާއީ.

2006 ވަނަ އަހަރު އީރާންގެ މެޗެއްގެ ތެރެއިން އަލީ ދާއީ.

ތެހެރާން (ޖޫން 28) - ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ދުނިޔޭގެ ފުޓްބޯޅައިގައި އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަކުރި ފަހުން އަލީ ދާއީގެ ދެ ގޯލު މަދު ކަމަށް އޭނާ ބުނެފި އެވެ.

ރަސްމީ ރެކޯޑްތަކުން ފެންނަ ގޮތުގައި ރޮނާލްޑޯ އާއި އަލީ ދާއީ ކޮންމެ ކުޅުންތެރިއަކު މިހާރު ވަނީ ގައުމީ ޓީމަށް 109 ގޯލު ޖަހައިފަ އެވެ. މިހާރު އުމުރުން 52 އަހަރުގެ އަލީ ދާއީ ރެކޯޑް ހެދީ އީރާނަށް ކުޅެދިން 149 މެޗުން 109 ގޯލު ޖަހައިގެންނެެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ރެކޯޑް ހެދީ 178 މެޗުން 109 ގޯލު ޖަހައިގެންނެވެ.

އަލީ ދާއީ ވަނީ އެންމެ ފުރަތަމަ ރޮނާލްޑޯ ރެކޯޑް ހެދުމާ އެކު އިންސްޓަގްރާމް އާއި ޓްވިޓާ މެދުވެރިކޮށް ރޮނާލްޑޯ އަށް މަރުހަބާ ކިޔައިފަ އެވެ. އެކަމަކު އީރާން ޓީމަށް 1998 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެދިން އަލީ ދާއީ ވަނީ ޖުމްލަ އަަދަދަށް ބަލާއިރު، އޭނާ އީރާން ޓީމަށް ޖެހި ދެ ގޯލު މަދު ކަމަށް ބުނެފަ އެވެ.

"ހަގީގަތުގައި އަހަރެން 111 ގޯލު ޖެހިން. އެކަމަކު އެއީ މިހާރު ދެއްކުން އެހާ މުހިއްމު ވާހަކައެއް ނޫން. މިހާރު ރޮނާލްޑޯ އެ ކުޅޭ ފެންވަރުގައި އޭނާ (އަހަންނަށް ވުރެ) އަދި ގިނަ ގޯލުތަކެއް ޖަހާނެ،" އަލީ ދާއީ އޭނާގެ ކޮލަމެއްގައި ލިޔެފައިވެ އެވެ.

އަލީ ދާއީގެ ޖުމްލަ އަދަދުގައި ހިމަނާފައިނުވާ އެ ދެ ގޯލަކީ އޭނާ 2002 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އަފްގާނިސްތާން ކޮޅަށް ޖެހި ދެ ގޯލެވެ. އޭޝިއަން ގޭމްސް އަކީ އޮލިމްޕިކްސްގެ ތެރެއިން ކުރިއަށްދާ މުބާރާތަކަށްވާތީ އެ މުބާރާތުގައި ޖަހާ ގޯލުތައް ފީފާ މެޗުތަކުގައި ޖަހާ ގޯލުތަކުގެ ތެރޭގައި ނުހިމެނޭނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލް އިން ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އަލީ ދާއީ ވަނީ ރޮނާލްޑޯ ރޭގެ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. އެކަމަކު، ރޭގެ މެޗުން 1-0 އިން ބެލްޖިއަމް އަތުން ބަލިވެ ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ. އަލީ ދާއީގެ ރެކޯޑް މުގުރާލަން ރޮނާލްޑޯ އަށް ދެން އޮތީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެވެ.

އަލީ ދާއީ ގައުމީ ޓީމަށް ޖެހި ގޯލުތަކުގެ ތެރޭގައި ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ ކޮޅަށް ޖެހި 17 ގޯލު ހިމެނެ އެވެ. އެންމެ ގިނައިން ޖެހީ ރާއްޖެ ކޮޅަށެވެ. އޭނާ ވަނީ ރާއްޖެ ކޮޅަށް ހަތަރު މެޗުން އަށް ގޯލު ޖަހައިފަ އެވެ. ނޭޕާލް ކޮޅަށް ހަތަރު ގޯލު ޖެހިއިރު، ލަންކާ ކޮޅަށް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox