ސައުދީ އަރަބިއްޔާއަށް އެތެރެ ކުރަން އުޅުނު 14 މިލިއަން ޑްރަގް ގުޅަ ހިފަހައްޓައިފި

ސައުދީ އަރަބިއްޔާއަށް އެތެރެ ކުރަން މަސައްކަތް ކުރީ އެމްފެޓަމައިންގެ 14 މިލިއަން ގުޅަ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ސައުދީ އަރަބިއްޔާއަށް އެތެރެ ކުރަން މަސައްކަތް ކުރީ އެމްފެޓަމައިންގެ 14 މިލިއަން ގުޅަ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ރިޔާދް، ސައުދީ އަރަބިއްޔާ (ޖޫން 27) - ރަތް ކަނޑުގެ ޖިއްދާ ބަނދަރުން ސައުދީ އަރަބިއްޔާއަށް އެތެރެ ކުރަން އުޅުނު މަސްތުވާ ބޭހެއް ކަމަށްވާ އެމްފެޓަމައިންގެ 14.4 މިލިއަން ގުޅަ ހިފަހައްޓައިފި އެވެ.

އެކަން ކާމިޔާބު ކުރީ ސައުދީގެ ކަސްޓަމްސް އޮފިޝަލުންނާއި ލުބްނާންއާ ގުޅިގެންނެވެ. އެ ތަކެތި ފޮރުވާފައި ހުރީ ލުބްނާނުން ސައުދީއަށް އިމްޕޯޓު ކުރި ދަގަނޑު ޝީޓުތަކެއްގަ އެވެ.

ލުބްނާންގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ފަހްމީ ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މަސްތިވާތަކެތި ހިފެހެއްޓުނީ ސައުދީ އަރަބިއްޔާ އާއި ލުބްނާން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އޭނާ ވިދާޅުވީ ދަގަނޑު ޝީޓުގެ ޝިޕްމަންޓް ލުބްނާނާ ހަމައަށް އައީ ސީރިއާގެ ލަތާކިއާ ބަނދަރުން ކަމަށާއި ބެއިރޫތުގެ ބަނދަރުން ނުކުތް އިރު ޝިޕްމަންޓަށް ބޭނުން ކުރަމުން ދިޔެއީ ފޭކު ލިޔުން ކަމަށެވެ.

މިދިޔަ އޭޕްރިލް މަހު ވެސް ލުބްނާނުން ޖިއްދާ ބަނދަރަށް ގެންދިޔަ އަންނާރު ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 5.3 މިލިއަން އެމްފެޓަމައިން ގުޅަ ހިފަހައްޓާފައި ވެ އެވެ.

އެއާއެކު ލުބްނާނުން އަންނަ މޭވާ އާއި ތަރުކާރީގެ ޝިޕްމަންޓުތަކުން ޑްރަގް ސްމަގްލް ކުރާ ކަމަށް ތުހުމަތުކޮށް، އެ ޝިޕްމަންޓްތައް ސައުދީއަށް ގެންދިޔުން މަނާ ކުރި އެވެ.

އެ ނިންމުމުގެ ސަބަބުން މިހާރު ވެސް އިގްތިސާދީ ބޮޑު ކާރިސާއެއް ދިމާވެފައިވާ ލުބްނާނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވި އެވެ. ލުބްނާނުން ވަނީ އަލުން މޭވާ އާރި ތަރުކާރީގެ ޝިޕްމަންޓުތަކަށް ހުއްދަ ދޭން ސައުދީ ސަރުކާރުގައި އެދިފަ އެވެ.

އެމްފެޓަމައިންގެ ބާވަތެއް ކަމަށްވާ ކެޕްޓެގަން ބޭހަކީ ލުބްނާނާއި، ސީރިއާ އަދި އިރާގުގައި އުފައްދާ އެއްޗެކެވެ. ފްރެންޗް އޮބްޒަވޭޓަރީ ފޯ ޑްރަގްސް އެންޑް ޑްރަގް އެޑިކްޝަނުން ބުނެފައިވާ ގޮތުގައި އެ ބޭސް އުފައްދަނީ ސީދާ ސައުދީގެ މާކެޓަށް އަމާޒުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox