ޔޫކޭގެ ސަލާމަތާ ގުޅޭ ސިއްރު ލިޔުންތަކެއް ބަސް ސްޓޮޕަކުން ފެނިއްޖެ

ބްރިޓިޝް ރޯޔަލް ނޭވީގެ އަސްކަރީ މަނަވަރު އެޗްއެމްއެސް ޑިފެންޑާ.-- ފޮޓޯ: އޭއެފްޕީ

ބްރިޓިޝް ރޯޔަލް ނޭވީގެ އަސްކަރީ މަނަވަރު އެޗްއެމްއެސް ޑިފެންޑާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން، ޔޫކޭ (ޖޫން 27) - އިނގިރޭސި ވިލާތުގެ އަސްކަރީ މަނަވަރެއް ދަތުރު ކުރަމުން ދިޔަ ގޮތުގެ ތަފްސީލް ހިމެނޭ ސިއްރު ދިފާއީ ލިޔުންތަކެއް ބަސް ސްޓޮޕަކުން ފެނުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އެޗްއެމްއެސް ޑިފެންޑާ މަނަވަރު ކްރައިމިއާގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރުމުން ރަޝިއާގެ އަސްކަރިއްޔާއިން ވަނީ އިންޒާރުގެ ބަޑި ޖަހާފަ އެވެ. ބަސް ސްޓޮޕުން ފެނުނު ލިޔުންތަކުގައި ހުރީ އެ މަނަވަރުގެ ތަފްސީލެވެ.

މިނިސްޓްރީ އޮފް ޑިފެންސުން ބުނީ ލިޔުންތައް ގެއްލިގެން މުވައްޒަފަކު ރިޕޯޓު ކުރީ މިދިޔަ ހަފްތާގައި ކަމަށާއި އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ނަން ހާމަ ނުކުރާ އާއްމު މީހަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ 50 ސަފްހާ ހިމެނޭ ސިއްރު ލިޔުންތަކެއް މިދިޔަ އަންގާރަ ދުވަހު ދެކުނު އިންގްލޭންޑުގެ ކެންޓުގައި ހުންނަ ބަސް ސްޓޮޕަކުން އޭނާއަށް ފެނިފައިވާ ކަމަށެވެ.

އެ ލިޔުންތަކުގައި ހުރީ ޔޫކްރެއިންގެ ކަނޑުގެ ސަރަހައްދުން މަނަވަރު ދަތުރުކޮށްފި ނަމަ ރަޝިއާއިން އަމަލު ކުރާނެ ކަމަށް ބެލެވޭ ގޮތްތަކުގެ ތަފްސީލް ހިމަނާފަ އެވެ.

ރަޝިއާއިން މިދިޔަ ބުދަ ދުވަހު ބުނީ ބްލެކް ސީގައި އެ ގައުމުގެ ސަރަހައްދުން މަނަވަރު ދަތުރު ކުރަމުން ދަނިކޮށް އިންޒާރުގެ ބަޑި ޖަހާފައިވާ ކަމަށެވެ.

ނަމަވެސް އިނގިރޭސި ވިލާތުން ބުނީ މަނަވަރު ދަތުރު ކުރަމުން ދިޔެއީ ޔޫކްރެއިންގެ ކަނޑުގެ ސަރަހައްދުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއް ގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ ހާދިސާ ހިނގީ ކްރައިމިއާގެ ކޭޕް ފިއޮލެންޓްގެ އައްސޭރިފަށާ ކައިރިންނެވެ. ރަޝިއާއިން 2014 ވަނަ އަހަރު ވަނީ ކުރިން ޔޫކްރެއިނުގެ ބަޔެއްގެ ގޮތުގައި އޮތް ކްރައިމިއާއަކީ ރަޝިއާގެ ބައެއް ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ގަބޫލެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox