ޔާމީން ގެކޮޅުގައި ހުންނަވަނީ ހައި-ރިސްކް ބޭފުޅަކަށް ވާތީ ކަމަށް ކަރެންޝަންސް އިން ބުނެފި

ރައީސް ޔާމީން ކަރެކްޝަންގެ އޮފިޝަލުންނާއެކު: މާފުށީ ޖަލުގެ އޮފިޝަލުން ތަކެއް ޕޮޒިޓިވްވުމުން ހައިރިސްކް ގިނަ އަދަދެއްގެ ގައިދީން ގެއަށް ބަދަލު ކުރި-- ފޮޓޯ/ ފައިލް

ރައީސް ޔާމީން ކަރެކްޝަންގެ އޮފިޝަލުންނާއެކު: މާފުށީ ޖަލުގެ އޮފިޝަލުން ތަކެއް ޕޮޒިޓިވްވުމުން ހައިރިސްކް ގިނަ އަދަދެއްގެ ގައިދީން ގެއަށް ބަދަލު ކުރި-- ފޮޓޯ/ ފައިލް

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދުގައި ހުންނަވަނީ އެމަނިކުފާނަކީ ކޮވިޑް-19 ޖެހިގެން ބޮޑަށް ބަލިވެދާނެ ކަމުގެ ބިރު އޮތް ކެޓަގަރީގެ ބޭފުޅަކަށް ވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލުމަށް ނޮވެމްބަރު 8، 2019، ގައި ހުކުމް ކުރި ފަހުން މިދިޔަ އޭޕްރީލް މަހާ ހަމައަށް އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ.

މިދިޔަ އޭޕްރީލް 29، ގައި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފައި ވަނީ ބަލިހާލަތު ހުންނެވި ގޮތުން ގެކޮޅަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އަހުމަދު އެދިވަޑައިގެންފައި އޮއްވަ އެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދިޔައީ ޔާމީން ދޫކޮށްލުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރިއިރު ކ. މާފުށީގައި ކޮވިޑް-19 ފެތުރޭތީ އެ ރަށް އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މޮނިޓަރިން ލިސްޓަށް އަރުވައިފަ އެވެ. ނަމަވެސް އެ ރަށުގައި މިހާރު އެ ހާލަތެއް ނެތެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ތަނާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލު ޔުސްރީން އަހްމަދު ވިދާޅުވީ ރައީސް ޔާމީން ގޭގައި ހުންނަވަނީ މަދުން ނަމަވެސް ޖަލުގައި ކޮވިޑް އުޅެފައި އެމަނިކުފާނަކީ ހައި-ރިސްކް ކެޓަގަރީގެ ބޭފުޅަކަށް ވާތީ ކަމަށެވެ.

މާފުށީގައި ކޮވިޑް-19 ފެތުރި ޖަލުގައި ވެސް ކޮވިޑް ފެތުރެމުންދިއުމާ ގުޅިގެން އޭރު ގައިދީންގެ ތެރޭގައި ތިބި ހައި-ރިސްކް މީހުން ދެނެގަތުމަށް ރިސްކް އެސެސްމަންޓެއް ހަދައި ހައިރިސްކް ގައިދީންގެ އާއިލާއާ ހަވާލުކޮށް ގެއަށް ބަދަލު ކުރި އެވެ.

މާފުށިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތައް ރަނގަޅުވެ، ދެ މަސް ދުވަހަށްފަހު މާފުށި މޮނިޓަރިން އިން ނަގާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެއްގަ އެވެ.

އޭގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އޮތީ ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox