ދިރިއުޅުން ބަދަލުކުރީ ކަމަށް ބުނެ ޗުއްޓީއަށް ރަށަށް؛ ހުއްޓުވޭނެ ގޮތެއް ނެތް!

ދަރަވަންދޫ އެއާޕޯޓްގައި ފްލައިޓެއް: ޗުއްޓީއާ ދިމާކޮށް ރަށްރަށަށް ދާ މީހުން ވަނީ އިތުރުވެފައި- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަރަވަންދޫ އެއާޕޯޓްގައި ފްލައިޓެއް: ޗުއްޓީއާ ދިމާކޮށް ރަށްރަށަށް ދާ މީހުން ވަނީ އިތުރުވެފައި- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނުވަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އުތުރުގެ އެ ރަށުގެ ގިނަ މީހުން ދިރިއުޅެނީ މާލޭގަ އެވެ. ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދާ ދިމާކޮށް މާލޭން އެރަށަށް ގިނަ އަދަދަކަށް މީހުން ދެ އެވެ. ކޮވިޑްގެ ސަބަބުން ޗުއްޓީއަށް ރަށަށް ދިއުން މަނާކޮށްފައި ވީނަމަވެސް ޒަރޫރީ ބޭނުމަކަށް ކަމަށް ބުނެ އެ ރަށަށް މިއަހަރު ވެސް މީހުން ދިއުން އާއްމެވެ.

"މިހާތަނަށް ވެސް އަޅުގަނޑު 50 އާއިލާއަށް ހުއްދަ ދީފިން. އެކި ޒަރޫރީ ކަންކަމުގައި ކަމަށް ބުނަނީ. ނުރަސްމީކޮށް މި އެނގެނީ ޗުއްޓީއަށްކަން ހަމަ އަންނަނީ،" އުތުރުގެ އެރަށުގެ ކައުންސިލް ރައީސް ނަން ހާމަ ނުކުރަން އެދި ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލޭން ރަށްރަށަށް ދިއުމުގެ ހުއްދަ ދެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައި އެކަންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށް އައިސް ދާން ޖެހޭ މީހުންނާއި އުޅުނު ވަޒީފާ ގެއްލިގެން ރަށަށް ދާން ޖެހޭ މީހުންނާއި މާލޭގައި ދިރިއުޅެވެން ނެތުމުން ރަށަށް ދާން ޖެހުމާއި ތައުލީމް ހާސިލުކޮށް ނިމިގެން ރަށަށް ދިއުމުގެ އިތުރުން މައިންބަފައިން ބަލިވުން ފަދަ އާއިލީ ކަމެއް ދިމާ ވެގެން ރަށަށް ދާން ޖެހުމެވެ.

ރަށަށް ދިއުމަށް ހުއްދަ ހޯދަން ޖެހެނީ އެ ދާ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެޗްޕީއޭއަށް ހުށަހަޅައިގެންނެވެ. މިއަދު ރަސްމީކޮށް ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދުވާއިރު އަތޮޅުތެރެއަށް ޗުއްޓީއަށް ދާން އެދޭ މީހުން އިތުރު ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

އެގޮތުން، އެންމެ ގިނަ މީހުން ޗުއްޓީއަށް ރަށަށް އަންނަނީ މާލޭގައި ދިރިއުޅޭގެ ދޫކޮށްލުމަށް ފަހު ރަށަށް ބަދަލުވީ ކަމަށް ބުނެ ލިޔުން ހުށަހަޅައިގެން ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

"އަޅުގަނޑުމެންނަކަށް ނޯވޭ ގެ ދޫކުރި ކަމުގެ ތެދު ދޮގު ބެލޭކަށް. ދެން ހުރިހާ އެންމެން ހަދަނީ ތެދުތޯ ނުވެސް ބެލޭނެ ދެއްތޯ؟ ޗުއްޓީ ނިމުނީމައި އެ މީހުން ބުނާނެ އަނެއްކާ މާލެ ބަދަލުވާން މިދަނީއޭ. އެ ހިސާބުން މާލެ ދެވޭނެތާ،" ކަން ހިނގާގޮތް ކިޔައިދެމުން ކައުންސިލަރަކު ވިދާޅުވި އެވެ.

މާލެއާއި އަތޮޅުތެރެއާ ދެމެދު ދަތުރު ކުރާ ކަނޑު ބޯޓުތަކުން މާލޭން މީހުން ރަށްރަށަށް ނުގެންދެ އެވެ. އެއީ އެހެންދާ މީހަކު ޕޮޒިޓިވްވުމުން މުޅި ބޯޓް ކަރަންޓީން ކުރަން ޖެހޭތީ އެވެ. ނަމަވެސް ރަށުން މާލެއަށް ގެނެސް ދެ އެވެ. އެހެންކަމުން އެންމެން ކަހަލަ ގޮތަކަށް އަތޮޅުތެރެއަށް ދަނީ ފްލައިޓާއި ލޯންޗް ފަހަރުގަ އެވެ.

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރު ކުރާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެ އެއާލައިންއިން ދަތުރު ކުރާ މީހުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭން އަތޮޅުތެރެއަށް ދާ މީހުން ވެސް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ދާ ފްލައިޓްތައް ދަނީ ފުލްކޮށް. މުޅި ރާއްޖެއަށް ވެސް އިތުރު،-- މޫސަ

މާލޭން ރަށްރަށަށް ދާން އެންމެން ވެސް 14 ދުވަހު ކަރަންޓީން ވާން ޖެހެ އެވެ. ރަށު ތެރެއަށް ނުކުމެވެނީ 14 ދުވަސް ކޮށްފައި ހަދާ ޓެސްޓުން ނެގެޓިވްވުމުންނެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ގައިޑްލައިންގައި ބުނާ ހާލަތެއް ދިމާވެގެން ކަމަށް ބުނެ ލިޔުން ހުށަހެޅުމުން ހުއްދަ ދެމުން އަންނަ ކަމަށާއި އެ ހުށަހަޅަނީ ސައްހަ ލިޔުންތޯ ބެލޭނެ ގޮތްތަކެއް ނެތް ކަމަށެވެ.

މިފަދަ ކަންކަން ތަންފީޒު ކުރެވޭނީ އެންމެންވެސް ޒިންމާ ނަގައިގެން ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ދަތުރު ކުރަން ފަށާފައިވާއިރު މިހާރު ރާއްޖޭން ކޮވިޑު ޖެހޭ ގިނަ މީހުން ޕޮޒިޓިވް ވަނީ ވެސް އަތޮޅުތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox