ރަޝިއާގެ ކޮވިޑް ވެކްސިން އުފައްދާ ޕްލާންޓެއްގައި ހުރި މައްސަލަތަކެއް ޑަބްލިއުއެޗްއޯއަށް ފާހަގަވެއްޖެ

ރަޝިއާގެ ސްޕަޓްނިކް ވީ ކޮވިޑް ވެކްސިން.-- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ސްޕަޓްނިކް ވީ ކޮވިޑް ވެކްސިން.-- ފޮޓޯ: ރޮއިޓާޒް

ޖެނީވާ، ސްވިޓްޒަލޭންޑް (ޖޫން 24) - ރަޝިއާގެ ސްޕަޓްނިކް ވީ ކޮވިޑް ވެކްސިން އުފައްދާ ޕްލާންޓެއްގައި ހުރި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނަމަވެސް ރަޝިއާ ސަރުކާރުން ބުނީ ޑަބްލިއުއެޗްއޯއިން ފާހަގަކުރި ކަންކަން ހައްލުކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ 40 ގައުމެއްގައި މިހާރު ވެސް ބޭނުން ކުރަމުންދާ ރަޝިއާގެ ގަމަލެޔާ ރިސާޗް އިންސްޓިޓިއުޓުން އުފެއްދި ސްޕަޓްނިކް ވީ ވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންވެ، ޑަބްލިއުއެޗްއޯއިން ވަނީ އެ ވެކްސިން އުފައްދާ ހަތަރު ޕްލާންޓެއް އިންސްޕެކްޓު ކޮށްފަ އެވެ.

ފާހަގަވި ކަންކަމުގެ ހުލާސާ ރިޕޯޓު އިއްޔެ ނެރިފައި ވާއިރު، މޭ 31 އިން ޖޫން 4 ގެ ނިޔަލަށް ދެކުނު ރަޝިއާގައި ހުންނަ ފާމްސްޓެންޑާޑް އުފާ ވިޓަމިން ޕްލާންޓަށް ކުރި ޒިޔާރަތުގައި ހަ ކަމެއް ފާހަގަވި ކަމަށް ބުނެފައި ވެ އެވެ.

އެގޮތުން ވެކްސިންގެ ތަފާތު ބެޗުތައް ދެނެގަންނާ ގޮތުގެ މައްސަލަތަކެއް އެބަ ހުރި ކަމަށާއި ބެޗުތައް ޓްރޭސް ކުރުމުގައި މައްސަލަ ހުރި ކަމަށް އިންސްޕެކްޝަނުން ފާހަގަކޮށްފައި ވެ އެވެ.

އޭގެ އިތުރުން ވެކްސިން ފުޅިތަކަށް އަޅާ ފިލިންގް ލައިންސްގެ މައްސަލައަކާއި ސްޓެރިލިޓީ އެޝުއެރަންސް، ސްޓެރައިލް ފިލްޓްރޭޝަން ވެލިޑޭޝަން އަދި ކްރިސް ކޮންޓެމިނޭޓުވުމުގެ ނުރައްކަލާ ގުޅޭ މައްސަލަތަކެއް ވެސް ފެނުނެވެ.

ޑަބްލިއުއެޗްއޯއިން އޭއެފްޕީއަށް ބުނީ ރިޕޯޓުގައި ފާހަގަކުރި ކަންކަން ވީ އެންމެ އަވަހަކަށް ހައްލު ކުރަން ކަމާ ގުޅޭ ފަރާތްތަކަށް އަންގާފައި ވާނެ ކަމަށެވެ.

ރަޝިއާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ބައެއް މައްސަލަތައް އިންސްޕެކްޝަނުން ފާހަގަވި ކަމަށާއި އެ ހުރިހާ ކަމެއް މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ އެމެޖެންސީ ޔޫސް ލިސްޓިންގެ ހުއްދަ ކޮވިޑް ވެކްސިނަކަށް ދެނީ ބައިނަލްއަގްވާމީ ސްޓޭންޑަޑަށް ފެތޭ ގޮތަށް ވެކްސިން އުފައްދާކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ސްޕަޓްނިކް ވީ އުފައްދާ ނުވަ ތަނެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އެ ތަންތަނުގެ ތެރެއިން މައްސަލަ ފާހަގަވީ އެންމެ ތަނެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox