ރޮނާލްޑޯ ބޮޑު ރެކޯޑާ ހަމަކޮށްފި، ފްރާންސާއި ޕޯޗުގަލް އަނެއްބުރަށް

Jun 23, 2021, 9:00 PM
ރޮނާލްޑޯ ބޮޑު ރެކޯޑާ ހަމަކޮށްފި، ފްރާންސާއި ޕޯޗުގަލް އަނެއްބުރަށް

ބުޑަޕެސްޓް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 2-2 އިން ޕޯޗުގަލް އާއި ފްރާންސް ކުޅުނު މެޗު އެއްވަރުވިއިރު، ދެ ޓީމަށް ވެސް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ލިބިއްޖެ އެވެ.

މިރޭގެ މެޗު ހާއްސަވާނެ ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އޭނާ މި މެޗުގައި ޖެހި ދެ ގޯލާ އެކު ވަނީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމަށް 109 ގޯލު ޖަހައިފަ އެެވެ.

ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ފްރާންސް އެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ މިރޭ ހަންގޭރީއާ 2-2 އިން އެއްވަރުވި ޖަރުމަނެވެ. އެ ޓީމާއި ތިން ވަނައިގައި ނިންމި ޕޯޗުގަލް އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕޯޗުގަލް އަނެއް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިންނެވެ. އެންމެ ފުލަށް ދިޔަ ހަންގޭރީ އަށް ތިން މެޗުން ދެ ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ.

ފްރާންސް އަނެއް ބުރުގައި ކުޅޭނީ ސްވިޒަލެންޑާ އެވެ. އަދި ޕޯޗުގަލް އަނެއް ބުރުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާ އެވެ.

ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކެއް ގެނެސްގެންނެވެ. ފްރާންސް އިން ވަނީ ބެންޖަމިން ޕަވާޑާއި އޭޑްރިއަން ރަބިއޯ އަދި ލޫކަސް ޑީންގެ ބަދަލުގައި ކޮރެންޓިން ޓޮލީސޯ އާއި ލޫކަސް ހެނާންޑޭޒް އަދި ޖޫލްސް ކޫންޑޭ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެެވެ. ޕޯޗުގަލް އިން ވަނީ ވިލިއަމް ކަވާލިއޯ އާއި ބްރޫނޯ ފެނާންޑޭސްގެ ބަދަލުގައި ރެނާޓޯ ސަންޗޭޒާއި ޔާއޯ މުޓީނިއޯ ފުރަތަމަ އެގާރައިގައި ހިމަަނައިގެންނެވެ.

ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް މަސައްކަތްކުރީ މެދުތެރެއިން ޑޮމިނޭޓްކޮށްގެން ލަނޑެެއް ޖެހޭތޯ އެވެ. ލީޑުނެގީ ޕޯޗުގަލް އިންނެވެ. އެ ޓީމުގެ ގޯލު ޖަަހައިިދިނީ މެޗުގެ 30 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޑަނީލޯ ޕެރޭރާ އަށް ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. މި ގޯލާ އެކު ރޮނާލްޑޯ އަކީ ޔޫރޯ އާއި ވޯލްޑް ކަޕްގައި ޖުމްލަ އެއްކޮށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ދެ މުބާރާތުގައި 20 ގޯލު ޖަހައިފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 19 ގޯލު ޖެހި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގަ އެވެ.

ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.

ފްރާންސް އިން ނަތީޖާ ހަަމަހަމަ ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީންނެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް ފުރަތަމަ ހާފުގެ އިތުރުުވަގުތު ޕޯޗުގަލް އޭރިއާތެރެއިން ނެލްސަން ސެމޭޑޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ބެންޒެމާ ކާމިޔާބު ކުރިއިރު، މިއީ ފާއިތުވި ފަސް އަހަރު ތެރޭ ބެންޒެމާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޭނާ އެންމެ ފަހުން ފްރާންސަށް ގޯލެއް ޖަހައިދިނީ 8 އޮކްޓޫބަރު 2015 ގަ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ފްރާންސް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ޕައުލް ޕޮގްބާ ދިން ބޯޅައަކުން މި ގޯލު ވެސް ޖެހީ ބެންޒެމާ އެވެ. އޭނާ މި ގޯލު ޖެހުމުން ލައިންސްމަން ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ވަނީ ގޯލު ބަލައިގަންނަން ނިންމައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިއިރު ފްރާންސް އިން ވަނީ ހެނާންޑޭޒްގެ ބަދަލުގައި ޑީން ކުޅެން އަރުވައިފަ އެެވެ. އެކަމަކު ހަ މިނިޓް ފަހުން ޑީން އަށް އަނިޔާވެ އޭނާގެ ބަދަލުގައި ރަބިއޯ ކުޅެން އެރުވި އެވެ.

ޕޯޗުގަލް އިން ވަނީ މެޗުގެ 59 ވަނަ މިނިޓްގައި ރޮނާލްޑޯ މި މެޗުގައި ކާމިޔާބުކުރި ދެ ވަނަ ޕެނަލްޓީއާ އެކު ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ ރޮނާލްޑޯ ނެގި ހުރަހެއް ފްރާންސްގެ ކޫންޑޭ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ގޯލާ އެކު ރޮނާލްޑޯ ވަނީ އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ ގައުމީ ޓީމަށް 109 ގޯލު ޖަހައިދީގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ފްރާންސަށް އަލުން ލީޑުނަގައިދޭން މެޗުގެ 67 ވަނަ މިނިޓްގައި އޭރިއާބޭރުން ޕޮގްބާ ޖެހި ބޯޅަ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ފަހުން ފްރާންސްގެ އެންޓޮއިން ގްރީޒްމަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox