ޖާސޫސު ކުރި ކަމުގެ ތުހުމަތުގައި ރަޝިއާގެ ސައިންޓިސްޓެއް ޖަރުމަނުން ހައްޔަރުކޮށްފި

ޖަރުމަނުގެ ފުލުހުން.-- ފޮޓޯ: ޑެއިލީ ސަބާހް

ޖަރުމަނުގެ ފުލުހުން.-- ފޮޓޯ: ޑެއިލީ ސަބާހް

ބާލިން، ޖަރުމަނު (ޖޫން 21) - ޖަރުމަނުގެ ޔުނިވާސިޓީއަކުން މުހިއްމު މައުލޫމާތުތަކެއް ރަޝިއާއަށް ވިއްކި ކަމުގެ ތުހުމަތުގައި ރަޝިއާގެ ސައިންޓިސްޓަކު ހައްޔަރުކޮށްފި އެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ އިލްނޫރް އެން. ނަމަކަށް ކިޔާ ސައިންޓިސްޓަކު މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރީ އޮކްޓޯބަރު 2020 އިން ފެށިގެން ރަޝިއާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކޮށްދޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ހައްޔަރު ކުރުމާ ހަމައަށް އިލްނޫރް އެން. މަސައްކަތް ކުރަމުން ދިޔެއީ ނަން ހާމަކޮށްފައިވާ ނުވާ ޖަރުމަނުގެ ޔުނިވާސިޓީއެއްގެ ނެޗުރަލް ސައިންސަސް އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ ރިސާޗް އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

ފެޑެރަލް ޕްރޮސެކިއުޓަރުން ގަބޫލު ކުރާ ގޮތުގައި އޮކްޓޯބަރު 2020 އިން ޖޫން 2021 އަށް އޭނާ ވަނީ މަދުވެގެން ތިން ފަހަރެއްގެ މަތިން ރަޝިއާގެ އިންޓެލިޖެންސްގެ މެމްބަރަކާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން ހޯދާފައިވާ ސިއްރު މައުލޫމާތުތައް ހިއްސާކުރި ކަމަށް ތުމަހުތު ކުރެވެ އެވެ.

މައުލޫމާތު ދިނުމުން ބަދަލުގައި އޭނާއަށް ފައިސާދެމުން ދިޔަ ކަމަށް ތުހުމަތުކޮށްފައި ވެ އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުންނާއި ޕްރޮސެކިއުޓަރުން ވަނީ އޭނާ ދިރިއުޅޭ ގެޔާއި މަސައްކަތް ކުރި ތަން ބަލައި ފާސްކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވެފައި މި ވަނީ ރަޝިއާ އާއި ޖަރުމަނުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޒަހަރު ދިނުމުން ބާލިންގައި ފަރުވާ ކުރި މައްސަލާގައި ރަޝިއާއިން ހިތްހަމަނުޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox