ރަޝިއާގައި ވެކްސިން ނުޖަހާ މުވައްޒަފުން ނޯ ޕޭ ލީވަށް ދާން މަޖުބޫރު ކުރަނީ

ރަޝިއާގެ މާރުކޭޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު.-- ފޮޓޯ: ޓަސް/ ސާގީ ކާޕުހިން

ރަޝިއާގެ މާރުކޭޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު.-- ފޮޓޯ: ޓަސް/ ސާގީ ކާޕުހިން

މޮސްކޯ، ރަޝިއާ (ޖޫން 20) - ރަޝިއާގައި ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މުވައްޒަފުން އެކަމަށް ދެކޮޅު ހަދާ ނަމަ ނޯ ޕޭ ލީވަށް ދާން ޖެހޭނެ ކަމުގެ އިންޒާރު ލޭބާ މިނިސްޓަރު ދެއްވައިފި އެވެ.

އެންޓަން ކޮޓްޔަކޯވް އެގޮތަށް ވިދާޅުވިއިރު، ކޭސްތައް އިތުރުވަމުން ދާތީ މޮސްކޯ އާއި ބައެއް އެހެން ސިޓީތަކުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

"އެ ސަރަހައްދެއްގެ ސިއްހީ އިދާރާއިން ވަކި ދާއިރާއެއްގެ މަސައްކަތްތެރިން ވެކްސިން ޖެހުން މަޖުބޫރު ކަމަށް ކަނޑައަޅާފައި ވަނިކޮށް ވެކްސިން ޖަހަން ދެކޮޅު ހަދާ ނަމަ، އެ މުވައްޒަފަކު ސަސްޕެންޑު ކުރެވިދާނެ،" ކޮޓްޔަކޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ޖެހުން މަޖުބޫރު ކަމަށް ކަނޑައަޅާފައިވާ ގަރާރު ދެމިއޮތްހާ ހިނދަކު މުވައްޒަފު ވެސް ހުންނަން ޖެހޭނީ ސަސްޕެންޝަނުގައި ކަމަށެވެ.

ވެރިރަށް މޮސްކޯގެ ސާވިސް އިންޑަސްޓްރީ ނުވަތަ ހިދުމަތް ދިނުމުގެ ދާއިރާގައި އުޅޭ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރު ކަމަށް މިހާރު ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އޯގަސްޓް 15 ގެ ކުރިން އެ ދާއިރާގެ 60 ޕަސެންޓު މީހުންގެ ވެކްސިން ފުރިހަމަ ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓާޒްބާގް ހިމެނޭ ގޮތަށް އިތުރު ހަތް ސިޓީއެއްގައި ވެސް ވަނީ އެފަދަ ގަވާއިދުތައް ހަދާފަ އެވެ.

މޮސްކޯއަށް ފަހު ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް ސިޓީއަކީ ސެއިންޓް ޕީޓާޒްބާގް އެވެ. އަދި މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރަތުގެ ހަތް މެޗެއް އެ ސިޓީގައި ކުޅެން އޮތީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޖުލައި ދެ ވަނަ ދުވަހު އޮންނަ ކުއާޓާ ފައިނަލު މެޗެއް ހިމެނޭއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސިޓީއަށް ޖަމާވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރަޝިއާގެ އެންމެންނަށް ހިލޭ ވެކްސިން ލިބޭ ގޮތަށް އޮތް ނަމަވެސް މިހާތަނަށް އެއް ޑޯޒް ޖަހާފައި ވަނީ އާބާދީގެ 146 މިލިއަން މީހުންގެ ތެރެއިން އެންމެ 19.5 މިލިއަން މީހުންނެވެ.

މޮސްކޯގެ 12 މިލިއަން މީހުންގެ ތެރެއިން 1.5 މިލިއަން މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ރަޝިއާގެ 60 ޕަސެންޓު މީހުން ވެކްސިން ޖަހަން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox