ބަލިވުމުގެ ޒިންމާނަގައި ޕޯޗުގަލް ކޯޗު ސަންޓޯސްގެ މަރުހަބާ މެސެޖެއް ޖަރުމަނު ޗާންސެލަރަށް

Jun 20, 2021, 7:15 AM
ޖަރުމަނުގެ ޗާންސެލަރުގެ މާކެލް (ކ) އާއި ޕޯޗުގަލް ކޯޗު ސަންޓޯސް.

ޖަރުމަނުގެ ޗާންސެލަރުގެ މާކެލް (ކ) އާއި ޕޯޗުގަލް ކޯޗު ސަންޓޯސް.

މިއުނިކް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޖަރުމަނު އަތުން ޕޯޗުގަލް ބަލިވުމުގެ ޒިންމާ ނަގާ ކަމަށާއި ޖަރުމަނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އެ ގައުމުގެ ޗާންސެލަރު އެންޖެލާ މާކެލް އަށް މަރުހަބާގެ މެސެޖެއް ފޮނުވި ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ޕޯޗުގަލް އިން ފުރަތަަމަ ލަނޑު ޖަހާފައި ވަނިކޮށް ޖަރުމަނުން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ. މެޗު ނިމުނީ ޕޯޗުގަލްގެ އިތުރު ގޯލަކާ އެކު 4-2 އިން ޖަރުމަނު މޮޅުވެގެންނެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ޔޫރޯގައި ވާދަކޮށް ޓީމެއް ކޮޅަށް ހަތަރު ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ޖަރުމަނުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޕޯޗުގަލް އަތުން ޖެހިޖެހިގެން މޮޅުވި ފަސް ވަނަ ފަހަރެވެ.

ޕޯޗުގަލް އަށް 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްދިން ސަންޓޯސް ބުނީ ޖަރުމަނު އަތުން ބަލިވީ ހިތްދަތިވާ ގޮތަކަށް ކަމަށެވެ. އަދި އެ މެޗުގެ ނަތީޖާ އެ ގޮތަށް ނުކުތުމުގައި އޭނާ ޒިންމާ ނަަގަން ޖެހޭ ކަންކަން އެބަހުރިކަން ސަންޓޯސް ފާހަގަކޮށްފައިވެ އެވެ.

"އަހަރެން މި މެޗުން ބަލިވުމުގެ ޒިންމާ ނަގަން. ޖަރުމަނަށް ލިބުނީ ހައްގު މޮޅެއް. އަހަރެން ވާނީ ޗާންސެލަރަށް (މާކެލް އަށް) މަރުހަބާގެ މެސެޖެއް ފޮނުވާފައި. ދެން މީގެ މުހިއްމު ކަމަކީ އަހަރެމެން ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ނެރެން މޮޅަށް ކުޅުން،" ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންޓޯސް ބުންޏެވެ.

"އުނދަގޫ ވަގުތުތަކުގައި ޕޯޗުގަލްގެ މީހުން ޓީމާ އެކުގައި އަބަދުވެސް ތިބޭނެ. އެ ޔަގީންކަން އެބައޮތް،"

ސަންޓޯސް ބުނީ ފަހަރެއްގައި އޭނާ އަށް ޓީމު ރޭވުމުގައި ގޯސްތަކެއް ހެދުނު ކަމަށް ވެދާނެ ކަމަށާއި އެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހޯދޭނެ ކަމަށެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވުމުން ޖަރުމަނު ޓީމުން ރޭގެ މެޗަށް ނުކުތީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މޮޅުވާން ޓާގެޓް ކޮށްގެން ކަމަށެވެ.

"ފެނުނީ އެ މަސައްކަތް ދަނޑުމަތީގައި ކުޅުންތެރިން ވަރަށް ރަނގަޅަށް ކުރިތަން. މިއީ ކުރިއަށް ދިއުމަށް ބަލާއިރު ރަނގަޅު ނަތީޖާ އެއް ކުޅުންތެރިންގެ ކޮންފިޑެންސަށް،" މި ފަހަރުގެ ޔޫރޯ ނިމުމުން 15 އަހަރަށް ފަހު ޖަރުމަނު ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ލޯ ބުންޏެވެ.

"ދެން ތައްޔާރުވާންވީ ހަންގޭރީ މެޗަށް އެ ޓީމަކީ ފަހަތުގައި ބަސް ބާއްވައިގެން ޑިފެންސްކުރާ ޓީމެއް،"

މި ފަހަރު ޔޫރޯގެ މަރުގެ ގްރޫޕްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ގްރޫޕްގެ އެއް ވަނައިގައި ފްރާންސް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖަރުމަނާއި ތިން ވަނައިގައި އޮތް ޕޯޗުގަލް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ހަންގޭރީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި ފްރާންސް ކުޅޭނީ ޕޯޗުގަލްއާ އެވެ. އަދި ހަންގޭރީ ބައްދަލުކުރާނީ ޖަރުމަނާ އެެވެ. ޕޯޗުގަލް އާއި ފްރާންސްގެ މެޗަކީ އަނެއް ބުރުން ފުރުސަތު ހޯދަން ނަތީޖާ ނެރެން މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. ހަންގޭރީ އަތުން މޮޅުވެގެން ޖަރުމަނަށް ވެސް އަނެއް ބުރުން ފުރުސަތު ހޯދޭނެ އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ޕޯޗުގަލް ފުރުސަތު ހޯދީ ހުރިހާ ގްރޫޕެއްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިންނެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox