ލޯގެ ނަޒަރުގައި ޕޯޗުގަލް އަކީ "ވަން މޭން ޝޯ" އެއް ނޫން

Jun 19, 2021, 7:04 AM
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ.

މިއުނިކް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭއިރު އެ ޓީމަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހުރިހާ ކަމެއް ބިނާވެފައި އޮތް ޓީމެއް ނޫން ކަމަށާއި މިހާރު ވަރުގަދަ އެތައް ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަހުރި ކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ހަންގޭރީ އަތުން 3-0 އިން މޮޅުވިއިރު، ރޮނާލްޑޯ ވަނީ ހަތަރު ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ މުބާރާތުގައި ކުޅުމާއި ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމާއި ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން ޔޫރޯގެ އެއް މެޗެއްގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑެވެ.

މި ފަހަރުގެ ޔޫރޯގެ ތެރެއިން ރޮނާލްޑޯ ވަނީ ދަނޑުބޭރުން ހިނގި ކަމެއްގެ ސަބަބުން ވެސް ނޫސްތަކުގެ ފަލަސުރުހީ އަށް އަރައިފަ އެވެ. އެއީ ހަންގޭރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ކޯކްފުޅި ތަކެއް ދުރަށް ޖައްސައިގެންނެވެ. ލޯ ބުނީ ރޮނާލްޑޯ އަކީ ހަމައެކަނި ކޯކްފުޅި ދުރަށް ޖައްސައިގެން ތަފާތު ދެއްކުމުގައި އެކަނި މަގުބޫލުވި މީހެއް ނޫން ކަމަށާއި ފުޓްބޯޅައިގައި ވެސް އާދަޔާހިލާފު ކުޅުންތެރިއެއް ކަމަށެވެ.

"ރޮނާލްޑޯ ހަމަ ވަރަށް މޮޅު. އެކަމަކު އެ ޓީމަކީ ވަން މޭން ޝޯ އެއް ނޫން. އެއީ ސާފުކޮށް ފެންނަން އޮތް ކަމެއް. މިދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޕޯޗުގަލް އަކީ އެންމެ ކުރީގައި އުޅޭ އެއް ޓީމު. ޔޫރޯ 2016 ހޯދުމަށްފަހު ޓީމެއްގެ ގޮތުގައި ތަރައްގީ ވެއްޖެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލޯ ބުންޏެވެ.

ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.

"އެއީ ވަން މޭން ޝޯ އެއްތަ؟ ކުރިން ވެއްޖިއްޔާ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ މެއިން މޭން. ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ސުޕަސްޓާރު. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ. މިހާރު އިތުރު ޓޮޕް ކޮލިޓީ ކުޅުންތެރިން އެބަތިބި. ބްރޫނޯ ފެނާންޑޭސް، ބެނާޑޯ ސިލްވާ އަދި ޑިއޯގޯ ޖޮޓާގެ އިތުރުން އެހެން މޮޅެތި ކުޅުންތެރިން ވެސް އެބަތިބި،"

މި ފަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ލޯ އެންމެ ފަހުން އެ ޓީމު ގޮވައިގެން 2018 ވަނަ އަަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. މި ފަހަރުގެ ޔޫރޯ ފުރަތަމަ މެޗުގައި 1-0 އިން ފްރާންސް އަތުން ބަލިވިއިރު، މިރޭ ޕޯޗުގަލް އަތުން ބަލިވެއްޖެނަމަ ޖަރުމަނަށް މި ފަހަރުގެ މުބާރާތުން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވާނެ އެވެ.

"ތި ޕްރެޝަރުތަކާ ކުރިމަތިލެވޭނެ. ޓީމެއްގެ ގޮތުގައި އަހަރެމެން ތިކަމާ ކުރިމަތިލާނެ. އަަހަރެމެން ބޭނުމީ މޮޅަށް ކުޅެގެން ނަތީޖާ ނެރޭން،" ލޯ ބުންޏެެވެ.

އެންމެ ފަހުން ބޮޑު މުބާރާތެއްގައި ޖަރުމަނުން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 2006 ގެ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. މީގެ ތެރެއިން ފަހު ތިން މެޗުން މޮޅުވިއިރު ކޯޗަކީ ލޯ އެވެ.

ޕޯޗުގަލް އަކީ ހަމައެކަނި ރޮނާލްޑޯ އެއް ނޫން: ސަންޓޯސް

ރޮނާލްޑޯއާ ބެހޭގޮތުން ލޯ ދެއްކި ބައެއް ވާހަކަތަކަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ އެއްބަސްވެފަ އެވެ. އޭނާ ބުނީ ޕޯޗުގަލް އަކީ ހަމައެކަނި ރޮނާލްޑޯ ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.

"ޕޯޗުގަލް އަކީ ޓީމެއް. ހަމައެކަނި ރޮނާލްޑޯ އެއް ނޫން. ޕޯޗުގަލް ފަހުރުވެރިވަނީ ރޮނާލްޑޯ އަށް އެކަންޏެއް ނޫން މުޅި ޓީމަށް. ދެން ރޮނާލްޑޯ އަކީ މި ޓީމުގެ ތަރި ދެން ކެޕްޓަން. އެކަމަކު ވަކި އެކަކު މުޅި ޓީމަކަށް ނުވާނެ،" ޕޯޗުގަލް އަށް 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދިން ސަންޓޯސް ބުންޏެވެ.

ފުރަތަމަ މެޗުން ފްރާންސް އަތުން ޖަރުމަނު ބަލިވެފައި އޮތުމަކީ މި މެޗަށް މާ ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ސަންޓޯސް ނުދެކެ އެވެ. އޭނާ ބުނީ ޖަރުމަނަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށާއި މުބާރާތްތަކުގައި އެ ޓީމުގެ ރެކޯޑް ގޯސް ފަހަރެއް ވަރަށް މަދުވާނެ ކަމަށެވެ.

"ޖަރުމަނު ކުޅޭ ސްޓައިލުގެ ސަބަބުން އަބަދުވެސް އިިދިކޮޅު ޓީމަށް އުނދަގޫވާނެ. ފުރަތަމަ މެޗުން ފްރާންސް މޮޅުވިޔަސް ދެ ވަނަ ހާފް ފެނުނީ ވަރަށް އުނދަގޫކޮށް. ފްރާންސުން ދިގު ބޯޅަތައް ކުޅެން ޖެހުނު. ފަހަރެއްގައި އަހަރެމެންނަށް ވެސް މެޗުދާ ގޮތުން އެކަން ކުރަން ޖެހިދާނެ،" ސަންޓޯސް ބުންޏެވެ.

އެންމެ ފަހުން މުބާރާތްތަކުގައި ޕޯޗުގަލް ކުޅުނު 30 މެޗުގެ ތެރެއިން ބަލިވެފައިވަނީ ދެ މެޗުންނެވެ. އެކަމަކު މުބާރާތެއްގައި ޕޯޗުގަލް އަށް އެންމެ ފަހުން ޖަރުމަނު އަތުން މޮޅުވެވުނީ 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ.

ޖަރުމަނުގެ އަލިއާންޒް އެރީނާގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox