ދަނޑަށް ވެއްޓުނު އިނގިރޭސި ސަޕޯޓަރަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

Jun 15, 2021, 4:02 AM
ދަނޑަށް ވެއްޓުނު އިނގިރޭސި ސަޕޯޓަރަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ލަންޑަން (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދިއްތަ ދުވަހު ކްރޮއޭޝިއާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން ވެމްބްލީ ސްޓޭޑިއަމް ސަޕޯޓަރުންގެ ތެރެއަށް ވެއްޓުނު އިނގިރޭސި ސަޕޯޓަރަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ މައްސަލަ ޔުއެފާ އިން ވެސް ބަލަން ފަށައިފި އެވެ.

އާދިއްތަ ދުވަހު ލަންޑަނު ގަޑިން ދޭއް ޖެހިއިރު ފެށި ކްރޮއޭޝިއާ އާއި އިންގްލެންޑް މެޗު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަޕޯޓަރު ވެއްޓުނީ ސީޓުތައް ކައިރިއަށެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގެ ސްޕޯކްސްޕާސަން ބުނީ ސަޕޯޓަރު ވެއްޓުނީ ކިހިނެއްކަމެއް އަދި ސީދާ ބުނަން ނޭނގޭނެ ކަމަށާއި ޔުއެފާ އިން އެ މައްސަލަ ތަހުގީގު ކުރަމުންދާތީ މި ވަގުތު މާ ތަފްސީލް ވާހަކަތަކެއް އެ ހާދިސާއާ ބެހޭގޮތުން ނުދެއްކޭނެ ކަމަށެވެ.

"ސަޕޯޓަރަށް ފުރަތަމަ ދަނޑުގައި ވެސް ފަރުވާާދިނިން. އެ އަށް ފަހު ސީރިއަސްކަަން އެނގުމުން ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެންގޮސްފިން،" ސްޕޯކްސްޕާސަން ބުންޏެވެ.

އެ ސަޕޯޓަރު ވެއްޓުނީ ދަނޑުގެ މަތީ ބައިގައި އިން ސީޓެއް މަތިން ކަމަށް މަންޒަރު ދުން ބައެއް ސަޕޯޓަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

"ފުރަތަމަ ހާފު ނިމުނު ވަގުތުގައި އަހަރެމެން ކައިރީގައި ހުރި ބައެއް ސަޕޯޓަރުން ދެއްކި އެ ވެއްޓުނު ސަޕޯޓަރުގެ ވާހަކަ. އެ މީހުންނަށް ތިބީ އަސަރުކޮށްފައި މަންޒަރު ފެނުނު ގޮތުން. އެއީ ސީޓުން ކަހަލައިގެން ތިރިއަށް ވެއްޓި ޖެހުނީ އޭނާގެ ކަރު،" ދަނޑަށް މެޗު ބަލަން ދިޔަ ސަޕޯޓަރަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރުގެ ޔޫރޯގެ މެޗުތައް ބަލަން ކޮންމެ ދަނޑަކަށް ވެސް ވަަދެވެނީ އެ ގައުމެއްގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފުނުވާ އަދަދަށެވެ. ކްރޮއޭޝިއާ އާއި އިންގްލެންޑް މެޗު ބަލަން ވެމްބްލީ ސްޓޭޑިއަމަށް 22،500 ސަޕޯޓަރުން ވަނެވެ. އެ މެޗުން އިންގްލެންޑް 1-0 އިން މޮޅުވިއިރު، ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox