ސްޕެއިން ޓީމު ވެކްސިން ޖެހުން ލަސްވުމުން އެންރީކޭ ހިތްހަަމަނުޖެހިފައި

Jun 12, 2021, 1:09 PM
ސްޕެއިންގެ މެޗަކަށް ފަހު އެންރީކޭ އިންޓަވިއުދެނީ.

ސްޕެއިންގެ މެޗަކަށް ފަހު އެންރީކޭ އިންޓަވިއުދެނީ.

މެޑްރިޑް (ޖޫން 12) - ކޮވިޑް-19 ޖެހިގެން ސްޕެއިންގެ ދެ ކުޅުންތެރިން އައިސޮލޭޓް ކޮށްފައިވާއިރު، ކުޅުންތެރިން ވެކްސިން ޖެހުން ލަސްވުމުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިދިޔަ ހަފްތާގެ ހަތަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ގްރޫޕް ފަރިތަކުރުންތައް ވަގުތީ ގޮތުން ހުއްޓާލި އެވެ. އަލުން ޕްރެކްޓިސްތައް ފެށީ އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު އެވެ. ސްޕެއިން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ ސްވިޑެންއާ ދެކޮޅަށެވެ.

ސްޕެއިން ކުޅުންތެރިންނަށް ދިނީ ފައިޒާ ވެކްސިނެވެ. ސްޕެއިނުގެ ހެލްތު މިނިސްޓްރީގެ ފަރާތުން ހާއްސަ އުސޫލެއްގެ ދަށުން އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނާއި ޔޫރޯގައި ކުޅޭ ކުޅުންތެރިންގެ ވެކްސިން ޖެހުމުގެ ކަންކަން ފެށުނީ މިިދިޔަ ބުދަ ދުވަހު އެވެ. ސްޕެއިނުގެ ސަރުކާރާ ވާހަކަ ދައްކައިގެން ބުރާސްފަތި ދުވަހު ގައުމީ ޓީމަށް ވެކްސިން ދޭން ކުރި މަސައްކަތް އެ ދުވަހު ކާމިޔާބެއްނުވި އެވެ. ވެކްސިން ޖެހޭގޮތްވީ އިއްޔެ އެވެ.

އެންރީކޭ ބުނީ އޭނާ ދެކޭ ގޮތުގައި ވެކްސިންގެ ކަންތައްތަކަކީ އެންމެ ފުރަތަމަ ސްކޮޑު ފައިނަލް ކުރާ ހިސާބުން ނިމިފައި ހުންނަން ޖެހޭނެ ކަމެއް ކަމަށެވެ.

"ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ރުބިއާލެސް ވަނީ ސަރުކާރާ އެކު މަޝްވަރާކޮށްފައި މީގެ އެއް މަސް ނޫނީ ދެ މަސް ކުރިން ސްކޮޑު ފައިނަލް ކުރެވޭ ހިސާބުން ވެކްސިން ޖަހަން. އެކަމަކު އެހެނެއް ނޫން މިވީ. އަހަރެން ޝަކުވާ ކުރާކަން ނެތިން. އެކަމަކު މިހާރު މިވީ ގޮތުން މުބާރާތަށް ވެސް އަސަރުކުރާނެ ކަންކަން އެބަހުރި،" އެންރީކޭ ބުންޏެވެ.

ސްޕެއިންގެ ކުޅުންތެރިއަކު ގަޔަށް ވެކްސިން ޖަހަނީ.

އިއްޔެ ކުޅުންތެރިން ވެކްސިން ޖެހުމާ އެކު ފުރަތަމަ މެޗާ ހަމައަށް ބައެއް ކުޅުންތެރިންނަށް ސައިޑްއިފެކްޓްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އަދި ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ސްޕެއިން ކުއާޓާ ފައިނަލަށް ގޮސްފިނަމަ އެ މެޗުގެ ކުރިންނެވެ. އޭގެ މާނަ އަކީ ކުއާޓާ ފައިނަލުގެ ކުރިން ދެ ވަނަ ޑޯޒް ޖަހައިގެން އަސަރުކުރާ ކުޅުންތެރިންނަށް އޭގެ އުނދަގޫތަކެއް ކުރިމަތިވުމެވެ. އަދި ދެ ޑޯޒްގެ ފުރިހަމަ ފައިދާ ކުޅުންތެރިންނަށް ކުރާނެ ކަމަށް ސްޕެއިނުގެ މެޑިކަލް ޓީމުން ބުނަނީ ސެމީ ފައިނަލުގެ ފަހުން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"މީގެ ވިސްނަން ޖެހޭ ކަންކަން ބައިވަރު. އަހަރެންނަށް ކުރެވޭނެ ކަމެއްނަމަ ވެކްސިން ޖެހުން ވަރަށް ކުރިން ނިންމާނަން. އެކަމަކު މިއީ އެ ވާހަކަ ދެއްކުން އެންމެ ރަނގަޅު ވަގުތެއް ނޫން،" އެންރީކޭ ބުންޏެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ބުސްކެޓްސް އެވެ. އޭގެ ފަހުން ކުރި ޓެސްޓްތަކުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވީ ކޮވިޑަށް ނެގެޓިވް އެވެ. އެކަމަކު ބުދަ ދުވަހު ޑިފެންޑަރު ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެންމެ ފަހުން ކުރި ޓެސްޓްތަކުން ލޮރެންޓޭ ނެގެޓިވް ވެފައިވާއިރު، އިތުރު ޓެސްޓެއް ހެދުމަށް ފަހު އޭނާ އަނެއްކާ ވެސް ނެގެޓިވް ވެއްޖެނަމަ ޓީމާ ގުޅުމުގެ ފުރުސަތު ޕްރޮޓޮކޯލްގެ ތެރެއިން ލިބޭނެ އެވެ.

ފުރަތަމަ ބުސްކެޓްސް ޕޮޒިޓިވްވުމުން ސްޕެއިނުން ވަނީ އެ ޓީމުގެ ހާލަތު ގޯސްވެދާނެ ކަމަށް ބަލައި ސްކޮޑަށް ހަ ކުޅުންތެރިން އިތުރުކޮށްފަ އެވެ. އަދި ފަހުން ލޮރެންޓޭ ޕޮޒިޓިވްވުމުން ސްކޮޑަށް އިތުރުކުރި ކުޅުންތެރިންނާ އެކު ޖުމްލަ ކުޅުންތެރިންގެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ. މިއަދުގެ ނިޔަލަށް 26 ކުޅުންތެރިންނަށް ސްކޮޑު ފައިނަލް ކުރަން ޖެހޭނެ އެވެ.

ކޮވިޑް ޖެހިގެން ގިނަ ޓީމުތަކެއްގެ ކުޅުންތެރިން ވަނީ އެކަހެރިވާން ޖެހިފަ އެވެ. އެ ގޮތުން ސްވިޑެންގެ ޑޭޔާން ކުސުލެވްސްކީ އާއި މަޓިއަސް ސްވެންބާގް ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ސްކޮޓްލެންޑާއި ރަޝިއާ ޓީމުން ވެސް ޕޮޒިޓިވް ކޭހެއް ވަނީ ފެނިފަ އެވެ.

ޔުއެފާ އިން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން މިއަދުގެ ނިޔަލަށް ކޮންމެ ޓީމަކަށް ވެސް ޔޫރޯ ސްކޮޑަށް ބަދަލު ގެނެވޭނީ ހާއްސަ ހާލަތެއްގަ އެވެ. އެއީ އަނިޔާގެ މައްސަލަތަކާއި ކޮވިޑް-19ގެ ކޭސްތައް ޓީމުތަކަށް ކުރިމަތިވާ ގޮތް ބެލުމަށް ފަހު އެވެ. ކޮންމެ ޓީމެއް 26 ކުޅުންތެރިންނަށް ވުރެ ގިނަ ނުވާ ގޮތަށް ސްކޮޑު ހުށަހަޅަން ފުރަތަމަ ދިން މުހުލަތު ހަމަވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox