ސްޕެއިން

Jun 11, 2021, 5:49 PM
ސްޕެއިން

ސްޕެއިނުން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން. ހޯދައިފަ އެވެ. އެއީ 1964 ވަަނަ އަހަރާއި 2008 އަދި 2012 ވަނަ އަހަރު އެވެ. ޖެހިޖެހިގެން ތިން ފަަހަރު ޔޫރޯ ކާމިޔާބު ކުރުމުގެ އަމާޒުގައި 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އަށް ނުކުތް ސްޕެއިން މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި އިޓަލީ އަތުން 2-0 އިން ބަލިވުމުންނެވެ. މިއީ ސްޕެއިނުން ޔޫރޯގައި ކުޅޭ 11 ވަނަ ފަހަރެވެ.

ސްޕެއިނަކީ ވެސް މެޗަކުން ބަލިނުވެ މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ޓީމެކެވެ. އެ ޓީމުން ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސްޕެއިނަކީ މިހާތަނަށް ޖެހިޖެހިގެން ދެ ފަހަރު ޔޫރޯ ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. އެއީ ތަފާތު ދެ ކޯޗަކާ އެކު އެވެ. އެ ޓީމަށް 2008 ވަަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ކޯޗު ލުއިސް އަަރަގޯނޭސް އެވެ. އަދި 2012 ވަނަ އަހަރު އެ ޓީމަށް ޔޫރޯ ދިފާއުކޮށްދިނީ ވިސެންޓޭ ޑެލް ބޮސްކޭ އެވެ.

ސްޕެއިނުގެ ރަން ޖީލުގެ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އަދާކުރި ކުޅުންތެރިން މިހާރު އެ ޓީމުގައި ނެތެވެ. އަދި މި ފަހަރު ނެގި ސްޕެއިންގެ ސްކޮޑުން ސާޖިއޯ ރާމޯސް އަށް އަނިޔާގެ ސަބަބުން ފުރުސަތު ނުދޭން ނިންމިއިރު، އޭނާ އަކީ ސްޕެއިނުގެ ކާމިޔާބީތަކުގައި މުހިއްމު ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ. މި ފަހަރު ސްޕެއިން ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ވިޔަރެއާލަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން ޓީމުގައި މުހިއްމު ރޯލެއް ކުޅުނު ޖެރާޑް މޮރޭނޯ އާއި ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އަދި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އެ ޓިމުގެ ފަރިތަކުރުމެއްގެ ތެރެއިން.

ކޯޗު: ލުއިސް އެންރީކޭ

ކޮލިފައިންގެ ވަކި ހިސާަބަކުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަށް އެ ޓީމުގެ ކޯޗުކަމުން ދުރުވާން ޖެހުމުން ހެޑް ކޯޗެއްގެ ޒިންމާއާ ހަވާލުވީ އޭނާގެ އެސިސްޓަންޓް ރޮބާޓޯ މޮރޭނޯ އެވެ. އެކަމަކު ފަހުން އަލުން އެންރީކޭ ޓީމަށް އަންނަން ބޭނުންވުމުން މޮރޭނޯ ވަނީ މަގާމުން ވަކިވެފަ އެވެ. އެންރީކޭގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްވަރަކީ 2015 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ސްކޮޑު

ކީޕަރުން: އުނާއި ސިމޯން (ބިލްބާއޯ)، ޑޭވިޑް ޑެހެއާ (މެންޗެސްޓާ ޔުނައިޓެޑް)، ރޮބާޓް ސަންޗޭޒް (ބްރައިޓަން)

ޑިފެންޑަރުން: ހޯސޭ ގާޔާ (ވެެލެންސިއާ)، ޖޯޑީ އަލްބާ (ބާސެލޯނާ)، ޕައު ޓޮރޭޒް (ވިޔަރެއާލް)، އައިމެރިކް ލަޕޯޓް (މެންޗެސްޓާ ސިޓީ)، އެރިކް ގާސިއާ (ބާސެލޯނާ)، ޑިއޭގޯ ލޮރެންޓޭ (ލީޑްސް ޔުނައިޓެޑް)، ސެޒާ އަޒްޕިލިކުއޭޓާ (ޗެލްސީ)

މިޑްފީލްޑަރުން: މާކޯސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް)، ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)، ރޮޑްރީ (މެންޗެސްޓާ ސިޓީ)، ޕެޑްރީ (ބާސެލޯނާ)، ތިއާގޯ އަލްކަންޓާރާ (ލިވަޕޫލް)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް)، ފަބިއަން ރުއީޒް (ނަޕޯލީ)، ޑެނީ އޯލްމޯ (ލައިޕްޒިގު)، ޕަބްލޯ ސަރާބިއާ (ޕީއެސްޖީ)

ފޯވާޑުން: ޖެރާޑް މޮރޭނޯ (ވިޔަރެއާލް)، އަލްވާރޯ މޮރާޓާ (ޔުވެންޓަސް)، ފެރާން ޓޮރޭޒް (މެންޗެސްޓާ ސިޓީ)، އެޑަމާ ޓްރައޯރޭ (ވުލްވްސް)، މިކޭލް އޮޔާޒަބާލް (ރެއާލް ސޮސިއެޑާޑް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox