އިންގްލެންޑް

Jun 11, 2021, 5:50 PM
އިންގްލެންޑް

ޔޫރަޕްގެ ވަރުގަދަ ބާރެއްގެ ގޮތުގައި އިންގްލެންޑް އޮތް ނަމަވެސް މިހާތަނަށް އެ ޓީމަށް ޔޫރޯގެ ތަށީގައި އަތްލުމުގެ ނަސީބެއް ލިބިފައިނުވެ އެވެ. އެ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބަކީ 1968 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދުމެވެ. މިއީ އިންގްލެޑުން ޔޫރޯގައި ވާދަކުރާ 10 ވަނަ ފަހަރެވެ . އެންމެ ފަހުން ކުޅުނު ހަތް ޔޫރޯގެ ތެރެއިން އިންގްލެންޑް ކޮލިފައިނުވީ 2008 ވަނަ އަހަރު އޮސްޓްރިއާ އާއި ސްވިޒަލެންޑްގައި މުބާރާތް ބޭއްވިއިރު އެވެ. މި ފަހަރުގެ ޔޫރޯ އަށް އިންގްލެންޑް ކޮލިފައިވީ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އަށް މެޗު ކޮލިފައިންގައި ކުޅުނުއިރު، އިންްގްލެންޑުން ވަނީ އޭގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. ބަލިވީ ރަށުންބޭރުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މީގެ ހަތަރު އަހަރު ކުރިން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގައި އިންގްލެންޑް ކެޓީ ދެ ވަނަ ބުރުގައި އައިސްލެންޑް އަތުން 2-1 އިން ބަލިވެގެންނެވެ. މިއީ އިންގްލެންޑަށް ކުރިމަތިވި ލަދުވެތި ނަތީޖާ އެކެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ގްރޫޕް ސްޓޭޖު ތިން މެޗުން ވެސް އޮތީ އަމިއްލަ ގައުމުގަ އެވެ. އަދި މުބާރާތުގެ ފަހު މެޗުތައް ވެސް ލަންޑަނުގައި ކުޅޭ ގޮތަށް އޮތުމުންމިއީ 1996 ވަނަ އަހަރުގެ ނާކާމިޔާބީ އަށް ފަހު އިންގްލެންޑަށް ޔޫރޯ ކާމިޔާބުކުރަން ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކެ އެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްްޑް ކަޕްގެ ހަތަރު ވަނަ އަށް ދިޔަ އިންގްލެންޑަށް މި ފަހަރު އެއް ހަރުފަތް މައްޗަށް ޖައްސާލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އިންގްލެންޑްގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔަކީ ކޮލިފައިންގައި 12 ގޯލު ޖެހި ފޯވާޑް ހެރީ ކޭން އެވެ. ކޭން މި ވަގުތު ހުރީ ތަފާތު ފޯމެއްގަ އެވެ. މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހާސިލްކުރީ ވެސް ކޭން އެވެ. ކޭންގެ އިތުރުން ދެން އިންގްލެންޑް ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވި މޭސަން މައުންޓާއި އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް.

ކޯޗު: ގަރެތު ސައުތުގޭޓް

ބޮޑު ހަަތަރު މުބާރާތުގައި އިންގްލެންޑަށް ކުޅުނު ސައުތުގޭޓަށް އިންގްލެންޑްގައި ކޯޗެއްގެ ގޮތުގައި ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް އެ ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް އަންނަނީ ނެރެމުންނެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކުރި މަސައްކަތް އިނގިރޭސި ގިނަ ބަޔަކު ވަނީ ބަލައިގަނެފަ އެވެ.

ސްކޮޑު

ކީޕަރުން: ޑީން ހެންޑަސަން (މެންޗެސްޓާ ޔުނައިޓެޑް)، ސޭމް ޖޯން ސްޓޯން (ވެސްޓް ބްރޮމް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)

ޑިފެންޑަރުން: ބެން ޗިލްވެލް (ޗެލްސީ)، ކޮނާ ކޯޑީ (ވުލްވްސް)، ރީސް ޖޭމްސް (ޗެލްސީ)، ހެރީ މެގުއާ (މެންޗެސްޓާ ޔުނައިޓެޑް)، ޓައިރަން މިންގްސް (އެސްޓަން ވިލާ)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓެޑް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއޭ (އެތުލެޓިކޯ މެޑްރިޑް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، ބެން ވައިޓް (ބްރައިޓަން)

މިޑްފީލްޑަރުން: ޖޫޑް ބެލިންހަމް (ބޮރޫޝިއާ ޑޯޓްމަންޑް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، މޭސަން މައުންޓް (ޗެލްސީ)، ކަލްވިން ފިލިޕްސް (ލީޑްސް ޔުނައިޓެޑް)، ޑެކްލަން ރައިސް (ވެސްޓް ހޭމް)

ފޯވާޑުން: ޑޮމިނިކް ކަލްވެޓް-ލެވިން (އެވަޓަން)، ފިލް ފޯޑެން (މެންޗެސްޓާ ސިޓީ)، ޖެކް ގްރީލިޝް (އެސްޓަން ވިލާ)، ހެރީ ކޭން (ޓޮޓެންހަމް)، މާކަސް ރެޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ބުކާޔޯ ސަކާ (އާސެނަލް)، ޖޭޑަން ސަންޗޯ (ބޮރޫޝިއާ ޑޯޓްމަންޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox