ނެދަލެންޑްސް

Jun 11, 2021, 5:50 PM
ނެދަލެންޑްސް

ޔޫރަޕްގެ ފުޓްބޯޅައިގައި އަަބަދު ވެސް ނަން ހިނގާ ނެދަލެންޑްސް އިން މި މުބާރާތުގެ ތަށި އުފުލާލީ އެންމެ ފަހަރަކު އެވެ. އެއީ 1988 ވަނަ އަހަރު އެވެ. އޭގެ ފަހުން މި މުބާރާުތުގައި ހަ ފަހަރު ކުޅެގެން ވެސް މާ ބޮޑު ކާމިޔާބެއް ނުލިބުނެވެ. ނެދަލެންޑްސް މި ފަހަރުގެ ޔޫރޯ އަށް މި އަންނަނީ މެދުކެނޑުމަކަށް ފަހު އެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ.

ނެދަލެންޑްސް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިކޮށްދިނުމުގެ އެންމެ މުހިއްމު ދެ ހިއްސާދާރުން މި ވަގުތު ޓީމާ އެކު ނެތެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެދަލެންޑްސްގެ ކޯޗުކަމުން ވަކިވި މިހާރު ބާސެލޯނާގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޫމަން އާއި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކޮލިފައިން ބުރުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ވެން ޑައިކް އެވެ. ވެން ޑައިކްގެ ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅުވާން ވަގުތު ނަގާނެތީ އޭނާ މި ފަހަރުގެ ޔޫރޯގައި ނުކުޅެން ވަނީ ނިންމައިފަ އެވެ. ކޮލިފައިންގައި ނެދަލެންޑްސް ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، އެއް މެޗުން ބަލި އަދި އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ކޮލިފައިން ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކޮލިފައިވި ނެދަލެންޑްސް ބަލިވީ ޖަރުމަނު އަތުންނެވެ.

މި ފަހަރުގެ ޔޫރޯގައި ނެދަލެންޑްސް އިން ވިދާލާނެ ކުޅުންތެރިންގެ ތެރޭގައި ގިނައީ މިޑްފީލްޑަރުންނެވެ. އެ ގޮތުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ ޖިނީ ވައިނަލްޑަމް އާއި ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގެ އިތުރުން ފޯވާޑް މެމްފިސް ޑިޕާއި ހިމެނެ އެވެ. މި ކުޅުންތެރިންގެ އިތުރުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޕީއެސްވީގެ ޑޮންޔެލް މާލިން އަކީ ވެސް މި ފަހަރު ނެދަލެންޑްސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.

ނެދަލެންޑްސްގެ ކޯޗު ޑި ބޮއާ.

ކޯޗު: ފްރޭންކް ޑި ބޮއާ

ސެޕްޓެމްބަރު މަހު ނެދަލެންޑްސްގެ ކޯޗުކަމުން ކޫމަން ވަކިވުމާ އެކު ނެދަލެންޑްސް އިން އެ ޓީމު ހަވާލުކުރަން ކޯޗެއް ހޯދިިއިރު ބެލީ ކޫމަން ފެށި މަސައްކަތް ރަނގަޅު ޓްރެކުގައި ގެންދެވޭނެ ގައުމީ ޓީމަށް ކުޅެފައިވާ ކޯޗަކު ހޯދާށެވެ. އެ ގޮތުން ފްރޭންކް ޑި ބޮއާއާ ޓީމު ހަވާލުކޮށް މަސައްކަތް ފަށައިގަތީ އެވެ. ކްލަބް ލެވަލްގައި ޑި ބޮއާގެ ކޯޗިން ތަޖުރިބާ ރަނގަޅެއް ނޫނެވެ. އިންޓަ މިލާނާއި ކްރިސްޓަލް ޕެލަސްގެ ކޯޗުކަމުން ޑި ބޮއާ ވަކިކުރީ ނަތީޖާ ގޯސްވުމުންނެވެ.

ސްކޮޑު

ކީޕަރުން: ޔެސްޕާ ސިލިސެން (ވެލެންސިއާ)، ޓިމް ކްރުލް (ނޯވިޗް ސިޓީ)، މާޓެން ސްކެޓެލެންބާގް (އަޔަކްސް)

ޑިފެންޑަރުން: ނޭތަން އަކޭ (މެންޗެސްޓާ ސިޓީ)، ޑޭލީ ބްލިންޑް (އަޔަކްސް)، މަތައިސް ޑި ލިޓް (ޔުވެންޓަސް)، ސްޓެެފަން ޑި ވްރައި (އިންޓަ މިލާން)، ޑެންޒެލް ޑަމްފްރީސް (ޕީއެސްވީ)، ޔުރިއެމް ޓިމްބާ (އަޔަކްސް)، ޕެޓްރިކް ވެން އާންހޯލްޓް (ކްރިސްޓަލް ޕެލަސް)، ޔޮއެލް ވެލްޓްމަން (ބްރައިޓަން)، އޮވެން ވައިންޑާލް (އޭޒެޑް އަލްކްމާރް)

މިޑްފީލްޑަރުން: ފްރެންކީ ޑި ޔޯން (ބާސެލޯނާ)، މާޓެން ޑެ ރޫން (އެޓަލަންޓާ) ، ރަޔާން ގްރަވެންބާޗް (އަޔަކްސް)، ޑޭވީ ކްލާސެން (އަޔަކްސް)، ޓެއުން ކޫޕްމިިއެނާސް (އޭޒެޑް އަލްކްމާރް)، ޑޯނީ ވެން ޑަ ބީކް (މެންޗެސްޓާ ޔުނައިޓެޑް)، ޖިނީ ވައިނަލްޑަމް (ލިވަޕޫލް)

ފޯވާޑުން: ސްޓީވެން ބާގައިސް (ފެއިނޫޑް)، ލޫކް ޑި ޔޯން (ސެވިއްޔާ)، މެމްފިސް ޑިޕާއި (ލިޔޯން)، ކޯޑީ ގަކްޕޯ (ޕީއެސްވީ)، ޑޮންޔެލް މާލެން (ޕީއެސްވީ)، ކުއިންސީ ޕްރޯމެސް (ސްޕާޓަކް މޮސްކޯ)، ވޫޓް ވެގޯސްޓް (ވުލްފްސްބާގް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox