ބެލްޖިއަމް

Jun 11, 2021, 5:50 PM
ބެލްޖިއަމް

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމަށް މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލު އޮއްވައި ކާމިޔާބެއް ހޯދަން ލިބޭ އިތުރު ފުރުސަތެކެވެ. ޔޫރޯ އެއްގައި މިހާތަނަށް ބެލްޖިއަމްގެ އެންމެ ރަނގަޅު ނަތީޖާ އަކީ 1980 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް ކަމެވެ. އެ ފަހަރު ފައިނަލުގައި އެ ޓީމު ބަލިވީ ވެސްޓް ޖާަމަނީއާ ވާދަކޮށެވެ. މިއީ ޔޫރޯގައި ބެލްޖިއަމް ކުޅޭ ހަ ވަަނަ ފަަަހަރެވެ. އެ ޓީމުން 2000 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު 16 އަހަރުގެ މެދުކެނޑުމަށް ފަހު ވާދަކުރީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ވޭލްސް އަތުން ބަލިވެ ކެޓީ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ބެލްޖިއަމް ނުކުންނާނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުން ވެސް މޮޅުވިއިރު، 40 ގޯލު ޖެހި އެވެ. އަދި ބައިކޮޅަށް ވަނީ ތިން ގޯލެވެ. މި ފަހަރު ޔޫރޯ އަށް އެންމެ ރަނގަޅު ފޯމެއްގައި ދާނެ އެއް ޓީމަކީ ބެލްޖިއަމް އެވެ. އެ ޓީމުން މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މި ފަހަރުގެ މުބާރާތުގެ އެއް ފޭވަރިޓަކީ ވެސް ބެލްޖިއަމް އެވެ.

ބެލްޖިއަމްގެ ސްކޮޑަށް ބަލާއިރު ދަށްކޮށް ކިޔޭނެ ހަަމަ އެންމެ ކުޅުންތެރިއަކު ވެސް ނެތެވެ. އެ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓާނީ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮމެލޫ ލުކާކޫ އެވެ. އޭނާ އަކީ ކޮލިފައިން ބުރުގައި ބެލްޖިއަމަށް އެންމެ ގިނަ ގޯލު ަޖަހައިދިން ކުޅުންތެރިޔާ އެވެ. ޖުމްލަ ހަތް ގޯލު ޖެހި އެވެ. ދެން ބެލްޖިއަމް ޓީމުން ނަން ފަވާލެވޭ ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑް އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް.

ކޯޗު: ރޮބާޓޯ މާޓިނޭޒް

ބެލްޖިއަމްގެ ކޯޗުކަމާ 2016 ވަނަ އަހަރު ރޮބާޓޯ މާޓިނޭޒް ހަވާލުވި ފަހުން ދުނިޔޭގެ ރޭންކިންގައި އެ ޓީމުގެ ނަން އެންމެ ކުރީގައި އޮވެ އެވެ. އެކަމަކު ބައިނަލްއަގުވާމީ ދެ މުބާރާތުގައި ވެސް ފަހު ކޮޅުގައި ނަތީޖާ އަށް އަސަރުކުރަނީ އެވެ. އެ ގޮތުން 2016 ވަނަ އަަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ބަލިވިއިރު، 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ބަލިވީ އެވެ. މި ފަހަރުގެ ޔޫރޯ އަށް ތައްޔާރުވަމުން އަންނަނިކޮށް ބެލްޖިއަމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލުން އެ ޓީމުގެ ކޯޗުން ޓީމާ ތިއަރީ އޮންރީ ގުޅުމެވެ. އޮންރީ ވަނީ މީގެ ކުރިން ދެ އަހަރު މާޓިނޭޒްގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ.

ސްކޮޑު

ކީޕަރުން: ތިބައު ކޯޓުއާ (ރެއާލް މެޑްރިޑް)، ސިމޯން މިންޔޮލޭ (ކްލަބް ބްރޫޖް)، މެޓްސް ސެލްޒް (އާރްސީ ސްޓްރޯސްބޯގް)

ޑިފެންޑަރުން: ޓޯބީ އަލްޑަވެއިރަލްޑް (ޓޮޓެންހަމް)، ޑާޑްރީކް ބޮޔާޓާ ( ހާތާ ބާލިން) ޔޭސަން ޑެނަޔާ (ލިޔޯން)، ތޯމަސް ވަމައެލަން (ވިސެލް ކޯބޭ)، ޔޭން ވަޓޯންގެން (ބެންފީކާ)

މިޑްފީލްޑަރުން: ޓިމޮތީ ކަސްޓާންޔޭ (ލެސްޓާ ސިޓީ)، ނާސެރް ޗަޑްލީ (އިސްތަންބޫލް ބަސަކްޝެހީރް)، ޔަނިކް ކަރާސްކޯ (އެތުލެޓިކޯ މެޑްރިޑް)، ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)، ލެއަންޑާ ޑެންޑޮންކާ (ވުލްވްސް)، ތޯގަން ހަޒާޑް (ބޮރޫޝިއާ ޑޯޓްމަންޑް)، ތޯމަސް މޮނިއޭ (ބޮރޫޝިއާ ޑޯޓްމަންޑް)، ޑެނިސް ޕްރައެޓް (ލެސްޓާ ސިޓީ)، ޔޫރީ ޓީލެމަންސް (ލެސްޓާ ސިޓީ)، ހެންސް ވަނަކެން (ކްލަބް ބްރޫޖް)، އެކްސެލް ވިޓްސެލް (ބޮރޫޝިއާ ޑޯޓްމަންޑް)

ފޯވާޑުން: މިޝީ ބަޓްޝުއާޔީ (ކްރިސްޓަލް ޕެލަސް)، ކްރިސްޓިއަން ބެންޓެކޭ (ކްރިސްޓަލް ޕެލަސް)، ޖެރެމީ ޑޮކޫ (ރެނެސް)، އެޑެން ހަޒާޑް (ރެއާލް މެޑްރިޑް)، ރޮމެލޫ ލުކާކޫ (އިންޓަ މިލާން)، ޑްރީސް މާޓެންސް (ނަޕޯލީ)، ލެއަންޑްރޯ ޓްރޮސާޑް (ބްރައިޓަން)

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox