އިޓަލީ

Jun 11, 2021, 11:27 AM
އިޓަލީ

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މި ފަހަރު ޔޫރޯ ކޮލިފައިން ނިންމާލި މަދު ޓީމުތަކުގެ ތެރޭގައި އިޓަލީ ހިމެނޭނެ އެވެ. އިޓަލީ އަކީ މި ފަހަރުގެ ޔޫރޯގެ އެއް ފޭވަރިޓެވެ. އެ ޓީމުން ކޮލިފައިންގެ 10 މެޗުން މޮޅުވިއިރު 37 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަތަރު ގޯލެވެ. އަދި މި ފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު، އިޓަލީ އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވިއިރު، ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

އިޓަލީން ވަނީ ނުވަ ފަހަރު މިހާތަނަށް ޔޫރޯގައި ވާދަކޮށްފަ އެވެ. އެ ޓީމަށް ޔޫރަޕްގެ ޗެމްޕިއަންކަން ލިބުނީ 1968 ވަނަ އަހަރު އެވެ. އެންމެ ފަހުން 2016 ވަަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އިން އިޓަލީ ކެޓީ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން 5-6 އިން ބަލިވުމުންނެވެ. . އިޓަލީން ޔޫރޯ އަށް ނެގި ސްކޮޑަށް ގިނަ ބަޔެއްގެ ލޯ އަމާޒުވި އެންމެ ބޮޑު ސަބަބަކީ ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނި ވެގެން ނަގާފައިވާ ޓީމަކަށްވާތީ އެވެ. އަދި އެކި މަގާމުތަކުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބުމަކީ އިޓަލީ އަށް ލިބޭ އެޑްވާންޓޭޖެކެވެ

މި ފަހަރު ޔޫރޯގައި އިޓަލީގެ ތަރިންނަށްވާނެ ކުޅުންތެރިން ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ކޮލިފައިންގައި ި އިޓަލީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް އަންދްރެއާ ބެލޮއްޓީ އާއި ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޗީރޯ އިމޯބިލޭ ހިމެނެ އެވެ. މެދުތެރެއަށް ބަލާއިރު މާކޯ ވެރާޓީ އާއި ޖޯޖީނިއޯ އަދި ނިކޯލޯ ބަރޭލާ ފަދަ ކުޅުންތެރިންގެ ނަން ފާހަގަކުރަން ޖެހެ އެވެ.

އިޓަލީގެ ކޯޗު މަންޗިނީ.

ކޯޗު: ރޮބާޓޯ މަންޗިނީ

ކުރީގެ އިޓަލީގެ ފޯވާޑް ރޮބާޓޯ މަންޗިނީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ވަރަށް މާޔޫސްކޮށް އޮތް ދަނޑިވަޅެއްގަ އެވެ. އެއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުނު ފަހުންނެވެ. އިންޓަ މިލާނާއި މެންޗެސްޓާ ސިޓީއާ އެކު ލީގު ޗެމްޕިއަންކަން ހޯދި މަންޗިނީ މި ވަނީ އިޓަލީގެ ގައުމީ ޓީމު މުޅިން އެއްކޮށް ކަަހަލަ ގޮތަކަށް ބަދަލުކޮށް ބައިނަލްއަގުވާމީ މައިދާނުގައި އިޓަލީ އަކީ އަނެއްކާ ވެސް ވަރުގަދަ ބާރަކަށް ހަދައިފަ އެވެ. މެޗަކުން ބަލިނުވެ ކޮލިފައިން ނިންމާލިއިރު، އިޓަލީން ދެއްކި އާދަޔާހިލާފު ކުޅުމަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ. އަދި ކޮލިފައިންފަހު މެޗުގައި އިޓަލީން އަރްމީނިއާ އަތުން 9-1 އިން މޮޅުވި މެޗަކީ ފަހަކަށް އައިސް ރަސްމީ މެޗެއްގައި އިޓަލީން ދެއްކި އެންެމެ ފުރިހަމަ ކުޅުމެވެ.

ސްކޮޑު:

ކީޕަރުން: ޖިއަންލުއީޖީ ޑޮންނަރުންމާ (އޭސީ މިލާން)، އަލެކްސް މެރެޓް (ނަޕޯލީ)، ސަލްވަޓޯރް ސިރިގޫ (ޓޮރީނޯ)

ޑިފެންޑަރުން: ފްރަންސެސްކޯ އަސޭރްބީ (ލާޒިއޯ)، އަލެސަންޑްރޯ ބަސްޓޯނީ (އިންޓަ މިލާން)، ލެއޮނާޑޯ ބޮނޫޗީ (ޔުވެންޓަސް)، ޖިއޮޖިއޯ ކިއެލީނީ (ޔުވެންޓަސް)،ޖިއޮވާނީ ޑި ލޮރެންޒޯ (ނަޕޯލީ)، އެމަސަން ޕަލްމިއޭރީ (ޗެލްސީ)، އަލެސަންޑްރޯ ފްލޮރެންޒީ (ޕީއެސްޖީ)، ލެއޮނާޑޯ ސްޕިނަޒޯލާ (ރޯމާ)، ރަފައެލް ޓޮލޯއި (އެޓަލަންޓާ)

މިޑްފީލްޑަރުން: ނިކޯލޯ ބަރެއްލާ (އިންޓަ މިލާން)، ބްރަޔާން ކްރިސްޓަންޓޭ (ރޯމާ)، ޖޯޖީނިއޯ (ޗެލްސީ)، މަނުއެލް ލޮކަޓެއްލީ (ސަސުއޯލޯ)، ލޮރެންޒޯ ޕެލެގްރީނީ (ރޯމާ)، ސްޓެފާނޯ ސެންސީ (އިންޓަ މިލާން)، މާކޯ ވެރާޓީ (ޕީއެސްޖީ)

ފޯވާޑުން: އަންދްރެއާ ބެލޮއްޓީ (ޓޮރީނޯ)، ޑޮމެނިކޯ ބެރާޑީ (ސަސުއޯލޯ)، ފެޑެރީކޯ ބާނަޑޭޝީ (ޔުވެންޓަސް)، ފެޑެރީކޯ ކިއޭސާ (ޔުވެންޓަސް) ޗީރޯ އިމޯބިލޭ (ލާޒިއޯ)، ލޮރެންޒޯ އިންސީނިއޭ (ނަޕޯލީ)، ޖިއަކޯމޯ ރަސްޕަޑޯރީ (ސަސުއޯލޯ)

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox