ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ފަހުން ވެސް ޖެހޭނެ

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ކުރިން ވެކްސިން ޕްރޮގްރާމުގައި އެ ވެކްސިން ބޭނުންކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ކުރިން ވެކްސިން ޕްރޮގްރާމުގައި އެ ވެކްސިން ބޭނުންކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދެކޮޅަށް ތައްޔާރު ކުރި ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިވެހިރާއްޖެ އާއި މުޅި ދުނިޔެއަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ދުވަސް ފަހުން ވެސް ޖެހޭނެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި އެއް ލައްކައަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިވެކްސިން ލިބުމުގައި ހުރި ދަތިތަކާހުރެ މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މިވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ދުވަހަށް ފަސްކުރުމާގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ލަފައެއް އާއްމުކޮށްފައި ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ލަފަޔާ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ހަ މަސް ދުވަހުގެ ތެރޭގައި ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން އިން މިހާރު ލަފާދީފައިވާ ކަމަށް ބުނެފައިވެ އެވެ.

"ވީމާ، ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި މިގޮތަށް އަމަލުކުރެވޭނެކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް، މި ވެކްސިން ރާއްޖެއަށް ހޯދުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ކޮވިޝީލްޑް އާންމުކޮށް ދިނުން ހުއްޓާލީ ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ ވެފައިވަނިކޮށެވެ. އޭގެފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.

ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

ރާއްޖެ އިން ފައިސާ ދެއްކި ޑޯޒުގެ ތެރެއިން ލިބުނީ އިންޑިއާ އިން 100،000 ޑޯޒެވެ. އެ ގައުމުގައި ބަލީގެ ހާލަތު ބޮޑުވެފައިވާތީ ފައިސާ ދެއްކި ވެކްސިން ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ސިންގަޕޫރު ކުންފުނިން ގަތް ވެކްސިން ލިބުން ލަސްވެގެން ރަޝިއާގެ ސްޕަޓްނިކް 200،000 ޑޯޒު ގަތުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، އެ ވެކްސިން ވެސް ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ މޮޑާނާ އާއި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފައިވާއިރު، ރާއްޖޭގައި ބޭނުން ކުރަން ހުއްދަދިން ކޮވިޑް ވެކްސިންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ދެމުންދަނީ ޗައިނާގެ ސީނޯފާމްގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މިހާތަނަށް 312،133 މީހުން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 173،291 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox