ކޮވިޑުގެ ހަގީގަތް ހޯދަން މައުލޫމާތު ދޭން ޗައިނާއަށް މަޖުބޫރެއް ނުކުރެވޭނެ: ޑަބްލިއުއެޗްއޯ

ކޮވިޑުގެ ހަގީގަތް ހޯދަން ޗައިނާ އާއި ޑަބްލިއުއެޗްއޯ ގުޅިގެން މީގެ ކުރިން ހެދި ދިރާސާއަށް ފަހު މައުލޫމާތު ދެނީ.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގެ ހަގީގަތް ހޯދަން ޗައިނާ އާއި ޑަބްލިއުއެޗްއޯ ގުޅިގެން މީގެ ކުރިން ހެދި ދިރާސާއަށް ފަހު މައުލޫމާތު ދެނީ.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ވައިރަސް އުފެދުނު ގޮތް ހޯދަން ކުރާ ދިރާސާއަށް ބޭނުންވާ އިތުރު މައުލޫމާތު ދޭން ޗައިނާއަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ އެމެޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މާކް ރަޔަންއާ ކުރި ސުވާލެއްގައި ނޫސްވެރިއަކު އަހާފައި ވަނީ މައުލޫމާތު ދޭން ޗައިނާއަށް މަޖުބޫރު ކުރާނީ ކިހިނެއްތޯ އެވެ. ޖަވާބުގައި ރަޔަން ވިދާޅުވީ އެކަމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ހުރިހާ ފަރާތަކުން ވެސް ފުރިހަމައަށް އެއްބާރުލުން ދޭން ވާނެ ކަމަށް،" ރަޔަން ވިދާޅުވި އެވެ.

ވައިރަސް އުފެދުނު ގޮތާ މެދު ތަފާތު ތިއަރީތައް ސައިންސްވެރިންގެ މެދުގައި ވެ އެވެ. އެގޮތުން ވައިރަސް ފެތުރެން ފެށީ ވޫހާންގެ ސީފުޑް މާކެޓަކުން ކަމަށާއި މިއީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

ނަމަވެސް އެހެން ފަރާތްތަކުން ދެކޭ ގޮތުގައި ވޫހާންގެ ލެބުގައި ވައިރަސް އުފެއްދައިގެން ތަހުލީލުތަކެއް ކުރަނިކޮށް، ބޭރަށް ވައިރަސް ލީކުވެ ދުނިޔެއަށް ފެތުރެން ފެށީ އެވެ. މި ތިއަރީއަށް ބޮޑަށް ބާރު ލިބެން ފަށާފައި ވަނީ އަސްލު ދެނެގަންނަން ތަހުގީގު ކުރަން ސައިންސްވެރިން ބާރު އަޅަމުން ދާތީ އެވެ.

ބަލި ފެތުރެން ފެށި ދުވަސްވަރު ސައިންސްވެރިން ގަބޫލު ކުރީ ވައިރަސް ލެބުން ލީކުވުމަކީ ނާދިރު ކަމެއް ކަމަށެވެ. އެކަމަކު އެގޮތަށް ވެފައިވާ ކަމަށް ފެންނަ ހެކިތައް ހުރި ކަމަށް ބައެއް ސައިންސްވެރިން މިހާރު ބުނެ އެވެ. ނަމަވެސް އެ ވާހަކަތައް ޗައިނާއިން ދޮގުކުރެ އެވެ.

ވައިރަހުގެ އަސްލު ދެނެގަންނަން ޑަބްލިއުއެޗްއޯއިން މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ގޮސް ހިންގި ތަހުގީގަށް ވެސް ޗައިނާއިން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެ އެވެ. އެހެންކަމުން ދެފުށްފެންނަ ފުރިހަމަ ތަހުގީގެއް ހިންގިފައެއް ނުވެ އެވެ.

އެމެރިކާއިން އިސްނަގައިގެން އަވަސް ތަހުގީގެއް

ކޮވިޑް ވައިރަސް އުފެދުނު ގޮތް ހޯދަން ކުރާ މަސައްކަތް ދެ ގުނަކޮށް އަވަސް ތަހުގީގެއް ހިންގުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖާސޫސީ އޮފިޝަލުންނަށް ވަނީ އަންގަވާފަ އެވެ.

ވައިރަހުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށް ދެ އަހަރު ވާން ކައިރިވެފައި ވާއިރު، ބައިޑެން އަމުރު ކުރެއްވީ 90 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައިގެން ރިޕޯޓު ހުށަހެޅުމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ވައިރަހުގެ ހަގީގަތް ހޯދަން ކަމަށް ބުނެ، މިކަން ސިޔާސީ ނުކުރުމަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން މި ތަހުގީގުގައި ޗައިނާއާ މެދު އެމެރިކާއިން ދެކޭނީ "ގުރުބާން ކަންބަޅިއެއްގެ" ގޮތުގައި ކަމަށް ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ޖުލައި 2019 ގައި އެމެރިކާގެ އުތުރު ވާޖިނިއާގައި ނޭވާލާ ނިޒާމަށް ޖެހޭ ގޮތް ނޭނގޭ ބަލިތަކެއް ފެނުނު. ވިސްކޯންސިންގައި އިވާލީ ބަލި ވެސް ފެތުރުނު. އެކަންކަމުގެ މައުލޫމާތާއި ގުޅޭ ކޭސްތަކު ޑޭޓާ އެމެރިކާއިން ހާމަކުރިތަ؟،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވި އެވެ.

ޗައިނާއިން ތުހުމަތު ކުރި ގޮތުގައި އެމެރިކާގެ ހަމައެކަނި މަގްސަދަކީ ބަލިމަޑުކަމުގެ ތެރެއިން ސިޔާސީ ގޮތުން ތުހުމަތުތައް ކޮށް، ބައިބައިވުން އުފެއްދުމެވެ.

އޭގެ އިތުރުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތްތަކާ މެދު ސުވާލު އުފެދޭތީ އެއީ އިތުބާރު އޮތް ބައެއް ނޫން ކަމަށް ވެސް ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox