ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބުވުމުގެ އުއްމީދު ބޮޑު!

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ހޮވުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ރާއްޖޭން ކާމިޔާބު ކުރާނެކަމުގެ އުއްމީދު ބޮޑުކަން އެނގިއްޖެ އެވެ.

މި އިންތިހާބުގައި ވާދަ ކުރައްވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ. އާއްމު މަޖިލީހުގެ ރައީސް ހޮވާނީ އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. ވޯޓުލުން އޮންނާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.

ބޮޑެތި ގައުމުތަކުގެ ތާއީދު ރާއްޖެއަށް

އިންތިހާބުގެ ކެމްޕޭނުގައި މިނިސްޓަރު ޝާހިދު އެމެރިކާގެ ނިއު ޔޯކްގައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މެމްބަރު ގައުމުތަކުގެ ތާއީދު ހޯއްދަވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ.

ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަވަށްޓެރި އިންޑިއާއިން ޝާހިދަށް ތާއީދުކުރާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމުގެ ތާއީދު ހޯދަން އަފްގާނިސްތާނުން މަސައްކަތް ކުރި ނަމަވެސް، އިންޑިއާއިން އޭރު ވަނީ ރާއްޖެއަށް ތާއީދުކުރާނެކަން އިއުލާނުކޮށްފަ އެވެ.

މި އިންތިހާބުގައި ޝާހިދަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކުރިއެރުމަކީ އެއީ އެވެ. އޭނާއާ ދެކޮޅަށް ވާދަކުރާ ކެންޑިޑޭޓް އަފްގާނިސްތާނުން އިއުލާނުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ގައުމުތަކުގެ ތާއީދު ހޯދުމުގެ ރޭހުގައި ޝާހިދު އުޅުއްވާތާ އެތައް މަހެއް ވެއްޖެ އެވެ.

އދ. އާންމު މަޖިލީހުގެ ރައީސުން އިންތިހާބު ކުރަނީ ދައުރުވާ އުސޫލުންނެވެ. މިގޮތުން އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ.

އެގޮތުން ބަލާއިރު، އިންޑިއާގެ ތާއީދު ރާއްޖެއަށް ވަރަށް މުހިންމު ވެ އެވެ. ސަބަބަކީ އެހެން ގައުމުތަކުން އެ ސަރަހައްދެއްގެ އެންމެ ވަރުގަދަ ގައުމު ވޯޓުދޭ ކޮޅަކަށް ބުރަވުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ. އަދި އިންޑިއާގެ ރުހުން ހޯދުމުގެ ބޭނުމުގައި ބައެއް ކުދި ގައުމުތަކުން ވެސް ރާއްޖެ އަށް ވޯޓު ދޭނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ އިތުރުން، މި އިންތިހާބުގައި ރާއްޖެއަށް ތާއީދުކުރާނެކަން ފާޅުގައި ބުނެފައިވަނީ މެދު އިރުމަތީގެ އެންމެ ވަރުގަދަ ގައުމު ސައުދީ އަރަބިއްޔާ އިންނެވެ.

ސައުދީގެ ތާއީދާއެކު އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ތާއީދު ވެސް ރާއްޖެއަށް ލިބުމުގެ އުއްމީދު ބޮޑެވެ.

އޭގެ އިތުރުން، އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ތާއީދު ވެސް ރާއްޖެއަށް ލިބޭނެކަމަށް ވެ އެވެ.

ޝާހިދުއާ ވާދަކުރައްވާ ޑރ. ރަސޫލަކީ 2010 އިން 2013 އަފްގާނިސްތާނުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަފްގާނިސްތާނާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ވަރުގަދަކުރުމަށް ޑރ. ރަސޫލް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ކުރިން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމުގެ އިތުރުން ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ވެސް ޑރ. ރަސޫލް ވަނީ އަދާކުރައްވައިފަ އެވެ.

އާއްމު މަޖިލީހުގެ ރައީސްގެ ދައުރަކީ ކޮބާ؟

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި، އދ. ގެ އާއްމު މަޖިލީހުގެ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިން އެ އަހަރެއްގެ މަޖިލީހުގެ ރައީސެއް މެމްބަރު ގައުމުތަކުން އައްޔަނުކުރަންޖެހެ އެވެ.

ގާނޫނު ހަދާ މަޖިލީހެއް ހިންގާ އުސޫލުން އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން، ބަހުސްތަކުގައި މެމްބަރު ގައުމުތަކަށް ވަގުތު ކަނޑައެޅުމާއި، ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ވެސް ރައީސަށް ލިބިގެންވެ އެވެ.

އަދި އާއްމު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ އެ މަޖިލީހެއްގެ ރައީސަށެވެ.

އިންތިހާބު ކުރިން ކޮންމެ ކެންޑިޑޭޓަކު އެ ދައުރަކަށް ތަސައްވުރެއް ހުށަހަޅަންޖެހޭއިރު، އިންތިހާބުވެއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނެ ފަސް ކަމެއް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑިކަމުން އަރައިގަތުމުގެ މަސައްކަތްތައް ހަރުދަނާކޮށް ގުޅިގެން ކުރިއަށް ގެންދިއުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އާރާސްތުކުރުމުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުން ހިމެނެ އެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނުން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox