އެމްބިއުލަންސް 23:38ގައި ނާދޭ، އޭގައި ފަރުވާ ވެސް ނުފަށާ!

މިޝްކާ: އޭނާއަށް ފަރުވާ ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަން ރިޕޯޓުން އޮތީ ހާމަވެފައި.

މިޝްކާ: އޭނާއަށް ފަރުވާ ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަން ރިޕޯޓުން އޮތީ ހާމަވެފައި.

ކޮވިޑަށް ޕޮޒިޓިވްވެ، ހާލު ގޯސްވުމުން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދޭން އެދި އާދޭސްކޮށް، ފަރުވާ ލަސްވެފައި ވަނިކޮށް މަރުވި ފާތުމަތު މިޝްކާގެ މަރާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ހެދި ރިވިއުއަށް ފަހު ނެރުނު ރިޕޯޓުގައި ހުރި ބައެއް ވާހަކަތައް އާއިލާއިން ދޮގުކޮށްފި އެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން މަރުވި ވަގުތާ ހަމައަށް ކަން ހިނގާފައިވާ ގޮތް އެ ރިޕޯޓުގައި ހިމަނާފައި އެބައޮތެވެ. އޭގައި ފެންނަން އޮތް ގޮތުގައި، އާއިލާއިން އަމަލުކުރީ ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކަށެވެ.

ދަރިފުޅުގެ ހާލަތު ގޯސްވެ ގޮތް ހުސްވެފައި ތިބެގެން ވެސް ފަރުވާ ފޯރުކޮށްދޭން އެދެމުން ދިޔައީ ދީފައިވާ އިރުޝާދުތަކާ އެއްގޮތަށެވެ. އެކަމަކު، ރިޕޯޓުން ފެންނަން އޮތީ މީހެއްގެ ފުރާނަ ގެއްލިދާ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެއްޖެ ކަން ތަކުރާރުކޮށް އަންގަމުން ދިޔައިރު ވެސް މާ ބޮޑު ކަމަކަށް ނުހެދުމެވެ. ކޯލް ސެންޓަރު ހިނގަމުން ދިޔައީ، ބަލީގައި ހާލު ބޮޑުވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ އާއި އަޅާލުން ދެވޭނެ އިންތިޒާމެއްގެ ތެރެއިން ނޫން ކަމެވެ.

އެކަންކަން ބަލައި، ޒިންމާކުރުވޭނެ ނިޒާމެއް ވެސް ގާއިމްވެފައި ނެތް ކަމެވެ.

މިޝްކާގެ މަރާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު އިހުމާލަކީ، އެމްބިއުލަންސް ފޮނުވުން ލަސްވުމުވެ. އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން ވެސް އެމްބިއުލެންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓް ހޭދަވި އެވެ. އޭރު އެމްބިއުލަންސަށް އާދޭސްކޮށްގެން ނުފޮނުވުމުން އެ އިންތިޒާމް ހަމަޖައްސައިދޭން އެދި ދަރުބާރުގެއަށް ވެސް އާއިލާގެ މީހަކު ދިޔަ އެވެ.

މިޝްކާގެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދި ކޯލް ސެންޓަރަށް ގުޅީ އެ ރޭ 21:06 ގަ އެވެ. ތަކުރާރުކޮށް ގުޅައިގެން އެމްބިއުލަންސް އެގޮތަށް ފޮނުވި ގަޑި ކަމަށް ރިޕޯޓުގައި އޮތީ 22:38 އެވެ.

އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައި އޮތެވެ. އެމްބިއުލާންސް އެ ގެއަށް ގޮސްފައިވަނީ 23:38ގަ ކަމަށާއި އައިޖީއެމްއެޗްއާ ހަމައަށް ދެވުނީ 23:42 ގަ ކަމަށް ރިޕޯޓްގައިވެ އެވެ.

އެކަމަކު މިޝްކާގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާ އާއިލާގެ މީހަކު ބުނިގޮތުގައި ރިޕޯޓުގައި އޮތް ގަޑީގައި އެމްބިއުލަންސް އެ ގެއަށް ފޮނުވައިފައެއް ނުވެ އެވެ. ހެއްކެއްގެ ގޮތުން ވަނީ ކޯލް ލޮގް ވެސް އާއްމުކޮށްފަ އެވެ.

އެ ލޮގުން ފެންނަ ގޮތުގައި، 23:42ގައި ވެސް 1676 އަށް ގުޅައި ހަ މިނެޓު ވާހަކަ ދައްކާފައިވެ އެވެ. ގެއާ ހިސާބުން ސީޕީއާރު ފެށި ކަމަށް ހެލްތުގެ ރިޕޯޓުގައި އޮތް ނަމަވެސް އެ ވާހަކަ ވެސް އާއިލާ އިން ދޮގުކުރެ އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު އެމްބިއުލެންސްގައި މިޝްކާއަށް ފަރުވާ ނުދޭ ކަމަށް އާއިލާ އިން ބުންޏެވެ.

ހެލްތުން ނެރުނު ރިޕޯޓުން އެނގޭ ގޮތުގައި ބައްޔަށް މިޝްކާ މެއި، 30 ގައި ޕޮޒިޓިވްކަން އެނގުމުން ޑޮކްޓަރަކަށް ދައްކަން އާއިލާ އިން އެދުނެވެ. ނަމަވެސް އެދުނު ގޮތަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައެއް ނުވެ އެވެ.

އެޗްޕީއޭ އިން އަމަލުކުރާ އުސޫލް ހަމަޖައްސާފައި އޮންނަނީ ބަލީގައި ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުޑަކުދިންނަށް "ކެއާ ކްލަސްޓާ" އިން ގުޅައި ހާލު ބަލާ ގޮތަށެވެ. އެކަމަކު އެ ކްލަސްޓާ އިން ވެސް މިޝްކާގެ މައިންބަފައިންނަށް ގުޅައި ހާލު ބަލައިފައެއް ނުވެ އެވެ.

"އެޓެންޑަޑް" ޖަހައި ނިންމާލުން؛ ސީރިއަސް މައްސަލައެއް

މިޝްކާގެ ހާލު ސީރިއަސްވެގެން ހޯމަ ދުވަހު 14:20ގައި ކޯލް ސެންޓަރަށް އާއިލާ އިން އެންގި އެވެ. އޭގެ ފަހުން ހާލު ސީރިއަސްވާތީ އެކި ފަހަރު މަތިން ގުޅައި މިޝްކާ ކޮވިޑަށް ޕޮޒިޓިވް ކަމާއި ނޭވާލަން އުނދަގޫކަން ހިކިކޮށް ކެއްސާ ކަމަށާއި ހުން އަންނަތާ ހަ ދުވަަސް ވެފައިވާ ކަން ކިޔައިދިނެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުން ތެރަޕީ ނަގާ ކަމަށް ވެސް ބުންޏެވެ.

އެމްބިއުލަންސް ލަސްވެގެން 23:16-23:33 އާ ދެމެދު އިތުރު ފަަސް ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިޔާ ގުޅިކަން ރިޕޯޓުން ފެންނަން އެބައޮތެވެ. އެއް ކޯލުގައި، މިޝްކާގެ ނޭފަތުން ލޭ އަންނަ ކަމަށާއި ހޭނެތިފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު، މި އާދޭސްތައް ކޯލް ސެންޓަރުން ނެގީ ރިޕޯޓުގައި ފެންނަން އޮތް ގޮތުގައި ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. މައުލޫމާތު ޝީޓުގައި "އެޓެންޑަޑް" ކަމަށް މެޑިކަލް ރެސްޕޯންސް ޓީމުން އަޅައި ނިންމާލީ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން އިންތިޒާމްތަކަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އިމަޖެންސީ ކޯލްތަކަށް ކްލަސްޓާތަކުން ފިޔަވަޅު އަޅަމުން އާދޭތޯ ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އާއިލާގެ ކަންބޮޑުވުމަކީ ކަމާގުޅޭ އިދާރާތަކުން، ކަން ހިނގި ގޮތް ހަގީގަތާ ހިލާފަށް ކިޔައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox