އިންޓަގެ ކޯޗަކަށް އިންޒާގީ ހަމަޖައްސައިފި

Jun 3, 2021, 1:15 PM
އިންޓައާ ހަވާލުވި ކޯޗު އިންޒާގީ.

އިންޓައާ ހަވާލުވި ކޯޗު އިންޒާގީ.

މިލާން (ޖޫން 3) - ހުސްވެފައިވާ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނުގެ ކޯޗަކަށް ދާދި ފަހުން ލާޒިއޯ ދޫކޮށްލި ސިމޯން އިންޒާގީ މިއަދު ހަމަޖަައްސައިފި އެވެ.

ކުރިން އޭސީ މިލާނަށް ކުޅުނު މަޝްހޫރު ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ ސިމޯން އިންޒާގީ އިންޓައާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އިންޓަގެ ކޯޗުުގެ މަގާމު ހުސްވީ 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެ ޓީމަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމު ދޫކޮށްލުމުންނެވެ.

ކޮންޓޭ، އިންޓަ ދޫކޮށްލީ އެ ޓީމު ހިންގަމުން އަންނަ ޗައިނާގެ ކުންފުނި ސަނިން ހޯލްޑިންގްސް ގްރޫޕުން ކްލަބްގެ ހަރަދުކުޑަކުރުމުގެ ޕްލޭނެއްގެ ތެރެއިން ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެވެ. އިންޓަ އިން ކޮންޓޭ ވަކިވީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

އުމުރުން 45 އަހަރުގެ އިންޒާގީގެ ކޯޗުކަމުގައި ލާޒިއޯ އިން ހޭދަކުރި ފަސް ސީޒަނުގައި ވަނީ އިޓާލިއަން ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުުރުގައި 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވާދަކުރި ލާޒިއޯ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުނެވެ. ލާޒިއޯ މި ސީޒަން ނިންމާލީ ލީގުގެ ހަ ވަނައިގަ އޮވެ އެވެ.

ކޯޗިން ކެރިއަރުގައި މިހާތަނަށް އިންޒާގީ މަސައްކަތްކުރީ ލާޒިއޯގައި އެކަންޏެވެ. ފުޓްބޯޅަ ކުޅުން 2010 ވަނަ އަހަރު ހުއްޓާލައި ލާޒިއޯގެ ޔޫތު ޓީމުގައި އިންޒާގީ ކޯޗިންގެ މަސައްކަތް ފެށި އެވެ. ލާޒިއޯގެ ސީނިއާ ޓީމާ ހަވާލުވީ 2016 ވަަނަ އަަހަރު ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ފަހުން ދާއިމީ ކޯޗެއްގެ ގޮތުގައި އިންޒާގީ މަސައްކަތް ފެށީ މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާ އެ ޓީމު ދޫކޮށްލުމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓަގެ ކުޅުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ އެވެ. އަންނަ ސީޒަނުގައި ވެސް އިންޓަ އަށް ކުޅެން ނިންމާފައިވާކަމަށް ދާދި ފަހުން ލުކާކޫ ވަނީ ބުނެފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ސީޒަނުގައި އިޓަލީ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލުކާކޫ ހޯދަން އޭނާގެ ކުރީގެ ކްލަބް ޗެލްސީން މަސައްކަތްކުރެ އެވެ. އަދި އިންޓަ ދޫކޮށްލި ކޯޗު ކޮންޓޭ ދެން ހަވާލުވާ ޓީމަކާ ލުކާކޫ ގުޅޭނެ ކަމަށް ވެސް ބައެއް އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox