ސައިކަލެއްގައި ރޭ ގެންދިޔައީ ކޮވިޑުގައި ކުއްލިއަކަށް ހާލު ސީރިއަސްވި ކުއްޖެއް

ސައިކަލެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަނީ: އޭނާ ފެނުނީ ކޮޓަރި ތެރެއަށް ވެއްޓިފައި އޮއްވާ

ސައިކަލެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަނީ: އޭނާ ފެނުނީ ކޮޓަރި ތެރެއަށް ވެއްޓިފައި އޮއްވާ

ސައިކަލަކަށް ލައިގެން ރޭ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ކޮވިޑުގައި ކުއްލިއަކަށް ހާލު ސީރިއަސްވި ކުއްޖެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ކޮވިޑު ޖެހިގެން 12 އަހަރުގެ ފާތުމަތު މިޝްކާ މަރުވެ، ފަރުވާ ލަސްވުމުގެ ތުހުމަތު އެޅިފައި ވަނިކޮށް ސައިކަލެއްގައި ރޭ ކުއްޖަކު އައިޖީއެމްއެޗަށް ގެންދާ މަންޒަރާ އެކު ސޯޝަލްމީޑިއާގައި އޮތީ ތަފާތު ގޮތްގޮތަށް ވާހަކަ ފަތުރައިފަ އެވެ. އެގޮތަށް އެ ކުއްޖާ ގެންދަން ޖެހުނީ އެމްބިއުލަންސަށް ގުޅައި ލަސްވެގެން ކަމަށް މިޝްކާގެ މަރުގައި ދިމާވި ހިތާމަވެރި ހާދިސާއާ ގުޅުވައި ތުހުމަތު ކުރި އެވެ.

އެކަމަކު އާއިލާ އިން ވާހަކަ ދެއްކި މީހަކު "އަދަދު"އަށް ބުނީ 11 އަހަރުގެ ފިރިހެން ކޮއްކޮ އެގޮތަށް ގެންދަން ޖެހުނީ ހޭނެތިގެން ވެއްޓިފައި އޮއްވައި ފެނިގެން ކަމަށެވެ. އޭނާ ހުރީ ކޮވިޑަށް ޕޮޒިޓިވްވެ މީގެ ތިން ދުވަސް ކުރިން ފެށިގެން ކޮޓަރިއެއްގައި އެކަހެރިކޮށްފަ އެވެ.

އެ ކުއްޖާ ޓެސްޓްކޮށް އެކަހެރިކުރީ އެ ގޭގައި ދިރިއުޅޭ އޭނާގެ ކާފަ ބައްޔަށް ހުށަހެޅި ސާމްޕަލް ނެގިއިރު ޕޮޒިޓިވްކަން އެނގުމުންނެވެ.

"ދޭތެރެއަކުން އޭނަ މަންމަ ކޮޓަރިއަށް ވަދެ ހާލު ބަލާނެ. އެހެން އުޅެފައި އަޑެއް ބަޑެއް ކޮޓަރިން ނީވޭތީ ދޮރުހުޅުވާފައި ބެލީ. އޭރު ފެނުނު އިރު އޮތީ ވެއްޓިފައި. އެއްވެސް ކަމެއް ނެތް މީހާގެ،" އާއިލާ މީހާ ކިޔައިދިނެވެ.

"އަަވަހަށް ސައިކަލަށް ލައިގެން ގެންދިޔައީ ހޮސްޕިޓަލަށް. އެމްބިއުލާންސަކަށް ނުވެސް ގުޅަން ގެއާ ވަރަށް ކައިރިވީމަ ހޮސްޕިޓަލް."

އާއިލާ އިން ބުނިގޮތުގައި ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ. އޭނާ އެޑްމިޓްކޮށްފައި އޮތީ ކޮވިޑް ޖެހޭ ކުޑަކުދިންނަށް ހާއްސަ ވޯޑުގަ އެވެ.

"މާބޮޑަށް ސްޓްރެސްވީ ކަމަށް ވަނީ. އަހަރެމެން ބޮޑެތި މީހުން މި ބަލީގައި އެކަހެރިވެގެން ތިބޭއިރު، އެހާ އުނދަގޫވޭ. ކުދިންނަށް ކިހާވަރެއް ވާނެ."

"ކުޑަކުދިން ވަރަށް ބަލިވާން ފަށައިފި"

ކޮވިޑުން ރައްކާތެރިވެ ތިބުމަށް ބެލެނިވެރިންނާއި އާއްމުން ހޭލުންތެރިކުރަން ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ "ކުޑަކުދިން ވަރަށް ބަލިވާން ފަށައިފި" ކަމަށް، ވިދާޅުވެ މީގެ ދެ ދުވަސްކުރިން ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

އޭނާ ވަނީ ބަލީގައި ބޮޑުވަރުވެދާނެ ކުދިންގެ ތަފްސީލްތައް ދެއްވައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ ދިފާއީ ނިޒާމްދަށް ކުދިންނާއި، ކިޑްނީ ބަލީގެ ކުދިންނާއި ބަރުދަން މާމަތީ ކުދިންނާއި އެނދުމަތިވެފައި ތިބޭ ކުދިން ވެސް ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކޮވިޑް ފެތުރުން ބޮއްސުންލައި ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު 1000 މަތީގައި އުޅުނުއިރު ދުވާލަކު 80 ވަރަކަށް ކުދިންނަށް އެ ބަލި ޖެހުނެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެކަނި ވެސް އުމުރުން އެއް އަހަރު ނުވާ 381 ކުދިންނަށް ކޮވިޑް ޖެހުނެވެ.

ކޮވިޑަށް ހުށަހެޅޭ ކުޑަކުދިން ގިނަވެފައިވާ އިރު ހިތާމަވެރި ހާދިސާއެއް އިއްޔެ ހިނގާފައިވާ އިރު އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އައި މިޝްކާ މަރުވީ ކޮވިޑުގައި ހާލު ސީރިއަސްވި ވަގުތު އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްވެގެން ކަމުގެ ޝަކުވާ ބޮޑެވެ. އާއިލާ އިން ބުނަނީ އެމްބިއުލަންސަށް ގުޅައިގެން ތިން ގަޑިއިރު ވެސް ނާންނަ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތުގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެ ތަހުގީގެއް ހިންގަމުންދާއިރު، އެޗްއާރުސީއެމުން ވެސް މައްސަލަ އެބަ ބަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox