އެމްއެންޔޫއިން ގްރެޖުއޭޓްވި ދަރިވަރުންނަށް މާދަމާ ސެޓްފިކެޓު ދޫކުރަން ފަށަނީ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) / ފޮޓޯ: އެމްއެންޔޫ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) / ފޮޓޯ: އެމްއެންޔޫ

މާދަމާއިން ފެށިގެން ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ދަރިވަރުންނަށް ދަސްވެނިވުމުގެ ސެޓެފިކެޓު ދޫކުރަން ފަށާނެ ކަމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބުނެފި އެވެ.

ދަސްވެނިވުމުގެ ސެޓްޕިކެޓް ލިބުން ލަސްވެ، ޓީޗަރުންނާއި ޓީޗަރު ކަމަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ޓީޗަރުންނަށް އެލެވެންސް ނުލިބުމާއި ކިޔަވާ ނިންމާފައިވާ ދަރިވަރުންނަށް ވަޒީފާ ލިބުން ދަތިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.

"އަދަދު"އަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މާދަމާއިން ފެށިގެން ސެޓްފިކެޓު ދޫކުރަން ފަށާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސެޓްފިކެޓު ދޫކުރެވި ލަސްވެގެން ދިޔައީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި، ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑަށް އެ ޔުނިވާސިޓީގެ މުވައްޒަފުން ޕޮޒިޓިވްވުން ވެސް މަސައްކަތަށް ބުރުއެރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑުމެން މާދަމާއިން ފެށިގެން ސެޓްޕިކެޓްތައް ދޫކުރަން ފަށާނެ، މިހާރުވެސް ބައެއް ދަރިވަރުންނަށް ދޫކުރެވިފަ ވަނީ، ލަސްވެފައިވާ މައްސަލައަކީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ އިތުރުން މިތަނުގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުން

ސެޓްފިކެޓް ނުލިބި ލަސްވެގެން ސޯޝަލް މީޑިއާގައި އެ ކަންބޮޑުވުން ފާޅުކުރި މީހަކު ބުނި ގޮތުގައި ކޯސް ނިންމިތާ ފަސްވެފައިވާއިރު ސެޓްފިކެޓް ލަސްވުމަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއްވަމުންދާ ކަމެއް ކަމަށެވެ.

"ސެޓްފިކެޓް ނެތި އެޑިއުކޭޝަން ކޮލިފިކޭޝަން އެލެވެންސްއެއް ނުލިބޭ، މިކަމުގެ ސަބަބުން މި ވަމުންދާ ގެއްލުމުގެ ޒިންމާ ނަގަނީ ކާކުބާ؟،" އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި، ސެޓްފިކެޓް ލަސްވުމުގެ ސަބަބުން އެލެވެންސް ނުލިބި ދިޔުމުގެ ސަބަބުން މިހާތަނަށް ވެސް އޭނާ ވަނީ 10،550 ރުފިޔާގެ ގެއްލުންވެފަ އެވެ. އޭނާ ސިފަ ކުރި ގޮތުގައި، ޓީޗަރެއްގެ މުސާރައަށް ބަލާއިރު އެއީ ވަރަށް ބޮޑު ގެއްލުމެކެވެ.

ސެޓްފިކެޓް ލަސްވެގެން ގުޅުމުން ކޮންމެ ފަހަރަކު ވެސް "މި މަސް ނިމުމުން ލިބޭނެ" ކަމަށް އަންގާ ކަމަށެވެ. ނަމަވެސް، ފަސް މަސް ވެގެން ދިޔައިރު ވެސް ސެޓްފިކެޓް ލިބޭ ގޮތް ނުވާ ކަމަށެވެ.

"އެންމެ ބޮޑު ޔުނިވާސިޓީގައި ޓެކްނިކަލް އިޝޫއެއް ރަނގަޅު ނުކުރެވި މިހާ ގިނަ ދުވަސް ނަގަނީ ކީއްވެ،" އޭނާ ސުވާލު އުފެއްދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox