ރާއްޖެއަށް ރަޝިޔާ ވެކްސިން އަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާގެ ހާރިޖީ ވަޒީރު ސާގޭ ލަވްރޮވް އާއެކު މީގެ ކުރިން ބައްދަލުކުރައްވަނީ. -ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާގެ ހާރިޖީ ވަޒީރު ސާގޭ ލަވްރޮވް އާއެކު މީގެ ކުރިން ބައްދަލުކުރައްވަނީ. -ފޮޓޯ: ފޮރިން މިނިސްޓްރީ

ރަޝިއާއިން އުފައްދާފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ވެކްސިން ފޯރުކޮށްދިނުން އަވަސް ކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމުން މިއަދު ދީފި އެވެ.

ރަޝިއާ އިން އުފެއްދި "ސްޕަޑްނިކް ވީ" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ ދީފަ އެވެ. ސްޕަޑްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދިނީ އިމާޖެންސީ ހާލަތްތަކުގަ އެވެ. މި ވެކްސިން ޖަހާނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

ރަޝިއާގެ ވެކްސިންގެ 200،000 ޑޯޒް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށާއި އެއްބަސްވުމުގައި ވަަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގާރަ ދުވަހުގެ ރޭ ވަނީ ވިދާޅުވެފަ އެވެ.

Advertisement

އެއާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރަޝިއާގެ ހާރިޖީ ވަޒީރު ސާގޭ ލަވްރޮވް އާއެކު އިއްޔެ މެންދުރު ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގައި އެގައުމުން ވެކްސިން ހޯދުމުގެ ވާހަކަ ހިއްސާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އެ މަޝްވަރާތަކުގައި ފޮރިން މިނިސްޓަރު ލެވްރޮވް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސޯދީ އަދި މާލި ގެއްލުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބުނެފައިވެ އެވެ.

ރަޝިއާގެ ވެކްސިނަކީ ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދިން ހަތަރު ވަނަ ވެކްސިނެވެ. މީގެ ކުރިން ރާއްޖޭގައި ހުއްދަ ދީފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ ވެކްސިނަށެވެ.

ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީގައި ފެށީ އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.

ރާއްޖޭގައި ދެމުން އައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ދިނުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހައި ދެ ވަނަ ޑޯޒު ޖަހަން ވެފައި ތިބި ޖުމްލަ 92،000 މީހުން އެބަ ތިއްބެވެ. އެއީ މާލެއިން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ކޮވިޝީލްޑް އާންމުކޮށް ދިނުން ހުއްޓާލީ ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ ވެފައިވަނިކޮށެވެ.

އޭގެފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ އެވެ.

ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ.

ނަމަވެސް، އެސްޓްރާޒެނިކާ ކުންފުނިން ގަތް ވެކްސިން އަންނަ މަހުގެ ތެރޭގައި ލިބޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox