ހަމަލާގެ ތަހުގީގު ބާރަށް ކުރިއަށްދޭ، ފަންޑު ކުރި ބަޔަކު ތިބިތޯ ވެސް ދަނީ ބަލަމުން: ރައީސް

ރައިސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދިޔައިރު، ރައީސް ސޯލިހު އެމަނިކުފާނުގެ ހާއްލު ބެއްލެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައިސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދިޔައިރު، ރައީސް ސޯލިހު އެމަނިކުފާނުގެ ހާއްލު ބެއްލެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ހަމަލާއަށް ފަންޑު ކުރި ބަޔަކު ތިބިތޯ ވެސް ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާއިރު، އެކަމާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ރައީސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ވަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން، ރައީސް ވިދާޅުވި ގޮތުގައި އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ އިތުރުން ވެސް އެކި ގޮތްގޮތުން ޝައްކު ކުރެވޭ ބަޔަކު މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

Advertisement

އަދި ބޭރުގެ އެކި މާހިރުންގެ އެހީތެރިކަމާއެކު ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާއިރު، އެކަމަށް އެހީތެރިވުމަށް އެމެރިކާގެ މާހިރަކު މި ވަގުތު ރާއްޖޭގައި އެބަހުންނެވި ކަމަށާއި، އެ ބޭފުޅާ ވަރަށް އަވަހަށް ތަހުގީގާ ގުޅިވަޑައިގަންނަވާނެކަމަށް ރައީސް ހާމަކުރެއްވި އެވެ.

"މިހާރު ފުލުހުން ބަލަމުން އެ ގެންދަނީ މިކަން ރޭވުމުގެ އިސްކޮށް ތިބީ ކޮން ބަޔެއްތޯ. އެކަމާ ގުޅޭގޮތުން ދާންވީ ދިމާލާ ގުޅޭ މައުލޫމާތުތަކެއް މިހާރު ވަނީ އެއް ކުރެވިފަ. އަދި މިކަމުގައި ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އެމެރިކާގެ އެކްސްޕާޓާއެކީގައި ވަރަށް އަވަހަށް ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރެއްވި އެމެރިކާގެ މާހިރަކީ، އެގައުމުގެ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތަކުގެ މާހިރެއްކަން އެނގިފައިވެ އެވެ. އޭނާގެ އެހީ ހޯދަނީ ސީދާ މި ހަމަލާގައި ފަންޑުކުރިތޯ އާއި ފަންޑުކުރި ގޮތެއް ހޯދަން ކަމަށްވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި އެމަނިކުފާނުގެ ހާއްސަ މަންދޫބެއްގެ ގޮތުން މިހާރު ކަނޑައަޅުއްވާފައިވާ އިނގިރޭސިވިލާތުގެ މާހިރުގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

ރައީސް ސޯލިހު ހަމަޖައްސާފައިވާ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެ ހަމަލާ ރާވައި ފަންޑު ކުރި ބަޔަކު ދެނެގަތުމުގެ މަސައްކަތް ވެސް ތަހުގީގު ތެރެއިން ކުރިއަށްދާ ކަމަށް ރައީސް މިރޭ ވިދާޅުވެފައިވަނީ، ފަންޑު ކުރި ބަޔަކު ހޯދަން ސަރުކާރުން މަސައްކަތް ނުކުރާަ ކަމުގެ ފާޑުކިޔުންތަކެއް އަމާޒުވާ ދަނޑިވަޅެއްގަ އެވެ.

އަދި އެކަމަށް އެމްއެންޑީއެފްގެ ތެރެއިން ހުރަސް އަޅަމުންދާކަމަށް ނުސީދާކޮށް ނަޝީދު ވެސް ތުހުމަތުތަކެއް ވަނީ ކުރައްވައިފަ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފުލުހުންނާއި އިނގިރޭސިވިލާތުގެ އެކްސްޕާޓުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ނަޝީދަށް ހަމަލާ ދެވުމުގައި އިންޓެލިޖެންސް ފެއިލްވުމުގެ އިތުރުން ސެކިޔުރިޓީ ބްރީޗުވި ކަމުގެ ތުހުމަތު ވެސް ހާއްސަކޮށް އެމްއެންޑީއެފަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެ ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވިކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވާއިރު، ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭގައި ނަޝީދު ފަރުވާ ހޯއްދަވަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ފިސްތޯލައެއް ބޭއްވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެ ދެ މައްސަލަ ވެސް ތަހުގީގު ތެރެއިން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިންޓެލިޖެންސް ނިޒާމުގެ އޮޑިޓެއް ހަދަން ރައީސް ސޯލިހު ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ސެކިޔުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއް މަޖިލީހުން އިސްވެ އަންނަނީ ކުރަމުންނެވެ.

މަޖިލީހުން ހިންގަމުންދާ ޕާލިމަންޓްރީ އިންކުޔަރީއަކީ ރާއްޖޭގެ ތާރީހުގައި މަޖިލީހުން އިސްވެ ކުރާ މިފަދަ ފުރަތަމަ ތަހުގީގެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ.

ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ 15 ދުވަހުގެ ޖަލު ބަންދެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީން އައިއެސްއަށް ތާއިދުކުރާ ނުވަ މީހަކު ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒާ ފުއް ޑޮކްޓަރުން ނެގި އެވެ.

އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox