އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިންނަކީ ސައުޝަން އާއި އިމްއާން

May 24, 2021, 3:00 PM
އޮލިމްޕިކްސް އިން ފުރުސަތު ހޯދި ސައުޝަން (ކ) އާއި އިމްއާން.

އޮލިމްޕިކްސް އިން ފުރުސަތު ހޯދި ސައުޝަން (ކ) އާއި އިމްއާން.

ޖަޕާނުގެ ޓޯކިޔޯގައި ޖުލައި މަހު ފަށަން ތާވަލުކޮށްފައިވާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ގައުމީ ސްވިމިން ޓީމުގެ އައިޝަތު ޝައުސަން އާއި އަލީ އިމްއާން ހޯދައިފި އެވެ.

ފެތުންތެރިން ހޮވާފަައިވަނީ މިދިޔަ އެޕްރީލް މަހުގެ 23 ން މެއި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާތަކަށް ބަލައިގެންނެވެ. ސައުޝަން އަށް 2997 ޕޮއިންޓް ލިބުނުއިރު، އައިޝަތު ސާޖިނާ އަށް ލިބުނީ 2905 ޕޮއިންޓެވެ. އިމްއާން ވަނީ 3140 ޕޮއިންޓް ހޯދައިފަ އެވެ. އޭނާއާ ވާދަކުރި މުބާލް އައްޒާމަށް ލިބުނީ 3024 ޕޮއިންޓެވެ.

އާންމު ގޮތެއްގައި އޮލިމްޕިކްސްގައި ވާދަކުރާ ފެތުންތެރިންގެ ނަންތައް މުބާރާތައް ފޮނުވުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ސްވިމިން މައި ފެޑެރޭޝަން ފީނާ އިންނެވެ. ފީނާ އިން ފެތުންތެރިން ހޮވަނީ އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ މުބާރާތްތަކުގައި ވާދަކޮށް އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުދިންނަށެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ބައިނަލްއަގުވާމީ މުބާރާތްތައް ކުރިޔަށް ނުގެންދެވޭތީ ހާއްސަ އުސޫލުތަކެއް މި ފަހަރުގެ އޮލިމްޕިކްސް އަށް ކަނޑައެޅީ އެވެ.

އެގޮތަށް ބަލައި ސްވިމިން އެސޯސިއޭޝަން އިން ފީނާ ގަބޫލުކުރާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށް އެންމެ ރަނގަޅު ޕޮއިންޓް ހޯދި ހަތަރު ފެތުންތެރިން ކަނޑައަޅައި ޓްރަޔަލްތަކެއް ބޭއްވީ އެވެ.

މުބާލް ތަމްރީން ފުރިހަމަ ކުރަމުން ދަނީ އޮސްޓްރޭލިއާގަ އެވެ. އޮލިމްޕިކްސްގެ ސްކޮލާޝިޕެއްގެ ދަށުން ސާޖިނާ ޓްރެއިނިން ހަދަމުން އަންނަނީ މެލޭޝިޔާގަ އެވެ. އަދި ދުނިޔޭގެ މައި އިދާރާ ފީނާގެ ސްކޮލަޝިޕެއް ލިބުމުން އިމްއާން ހުރީ ރަޝިޔާގަ އެވެ. މި ތިން ފެތުންތެރިންނަށް ރާއްޖޭން ބޭރުގައި ތަމްރީން ކުރުމުގެ ފުރުސަތު ދެމެހެއްޓެނިވި ގޮތަކަށް ރަނގަޅަށް ނުލިބެ އެވެ. އެއީ އެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވާ ދަނޑިވަޅުތައް ދިމާވާތީ އެވެ.

ރާއްޖޭގައި ތަމްރީން ފުރިހަމަކުރަމުން އަންނަ ފެތުންތެރިއަކީ ސައުޝަން އެވެ. އޭނާ އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ތަޖުރިބާ ބޮޑު ފެތުންތެރިއެކެވެ. އޭނާގެ ތަމްރީންތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އިން އެންމެ ފަހުން ފަހަރެކޭ އެއްގޮތަށް ރާއްޖެ އަށް ފުރުސަތު ލިބިފައިވަނީ އެތުލެޓިކްސް އާއި ފެތުމަށެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ރިއޯ ޑި ޖަނެއިރޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. ދެން އޮލިމްޕިކްސްގައި ބައިވެރިވީ ފިރިހެން ފެތުންތެރިޔާ ނިޝްވާން އިބްރާހިމާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އަފާ އިސްމާއިލް އެވެ.

އެތުލެޓިކްސް އިން ފޮނުވަން ނިންމާފައިވާ ދުވުންތެރިން ކަނޑައަޅާނީ އަންނަ މަހު ބާއްވާ ޓައިމް ޓްރަޔަލުންނެވެ. އެ ޓްރަޔަލް އަށް ކަނޑައަޅާފައިވާ ހަ ދުވުންތެރިންނަކީ އެންމެ ފަހުން އޮލިމްޕިކްސްގައި ދުވެ ރަނގަޅު ކުރިއެރުމެއް ހޯދި ސާއިދުގެ އިތުރުން އިބާދުﷲ އާދަމް، އަހްމަދު ނަޖްދާން އަބްދުﷲ އާއި ކުރިއެރުން ހޯދަމުން އަންނަ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން، އައިޝަތު ޝަބާ ސަލީމް އަދި މަރްޔަމް ރޫޔާ އަލީ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި ކުޅިވަރުގެ ހަރަކާތެކެވެ. އެކަމަކު ކޮވިޑް-19އާ ހެދި ބޭއްވޭގޮތެއް ނުވީ އެވެ. މި ފަހަރުގެ އޮލިމްޕިކްސް ޝެޑިއުލް ކޮށްފައި އޮތީ ޖުލައި 23 އިން އޮގަސްޓް އަށަކަށެވެ.

މި ފަހަރުގެ އޮލިމްޕިކްސް ވެސް ބޭއްވިދާނެ ކަމާ މެދު ވަރަށް ބޮޑަށް އޮތީ ސުވާލު އުފެދިފަ އެވެ. އެއީ އޮލިމްޕިކްސް ބާއްވަން މަސައްކަތް ކުރަމުން އަންނަ ޖަޕާނުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެ ގައުމުގެ އާންމު ރައްޔިތުންނާއި ސިއްހީ ފަރާތްތަކުން އޮލިމްޕިކްސް ކެންސަލްކުރަން ޖަޕާނުގެ ސަރުކާރަށް ޕްރެޝަރު ކުރަމުންދާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox