ކޮންގޯގެ އަލިފާން ފަރުބަދައެއް ގޮވައިފި

އަލިފާން ފަރުބަދަ ހުންނަ ހިސާބުގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވާން މަސައްކަތް ކުރަނީ.-- ފޮޓޯ: އީޕީއޭ

އަލިފާން ފަރުބަދަ ހުންނަ ހިސާބުގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވާން މަސައްކަތް ކުރަނީ.-- ފޮޓޯ: އީޕީއޭ

އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ގޯމާ ސިޓީގެ ބޮޑު އަލިފާން ފަރުބަދައެއް ގޮވުމުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ވާން ފަށައިފި އެވެ.

ނީރަގޮންގޯ އަލިފާން ފަރުބަދަ ރޭ ދަންވަރުގެ ވަގުތެއްގައި ގޮވުމާއެކު ދިޔާ އަލިފާން ނުވަތަ ލާވާ ދަނީ ބޮޑު ސަރަހައްދަކަށް ފެތުރެމުންނެވެ. ގޯމާ ސިޓީގައި ދެ މިލިއަން މީހުން ދިރިއުޅެ އެވެ.

ފަރުބަދަ ގޮވުމާއެކު ސިޓީގެ މަތީގައި ގަދަ އޮރެންޖު ކުލައިގެ ވިލާތައް ދުންތައް ބޯވެފައި ވާއިރު، ބިރުން ތިބި އާއްމުން ވަނީ ދަންވަރު ގެތަކުން ނުކުމެ ފައި މަގުގައި އެ ސިޓީ ދޫކޮށް ދާން ފަށާފަ އެވެ.

ގޯމާއާ ދިހަ ކިލޯމީޓަރު ދުރުގައި ހުންނަ އެ ފަރުބަދަ އެންމެ ފަހުން ގޮވީ 2002 ވަނަ އަހަރެވެ. އެ ފަހަރު 250 މީހުން މަރުވެ، 120،000 މީހުންގެ ގެތައް ގެއްލުނެވެ.

އަނެއްކާވެސް ފަރުބަދަ ގޮވުމުން ދަންވަރު ގެއިން ނުކުމެ އަވަހަށް ރައްކާތެރި ހިސާބަކަށް ދެވޭތޯ ގިނަ ބަޔަކު މަސައްކަތް ފެށީ ގޮދަޑި އާއި ހިފާ ގެންގުޅޭ ބައެއް ސާމާނާ ވެސް އެކު އެވެ.

އެ މީހުން މަސައްކަތް ކުރަނީ އިރުމަތީގައިވާ ރްވާންޑާގެ ބޯޑަރަށް ދެވޭތޯ އެވެ. އާއްމުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ފަރުބަދަ ގޮވިތާ އެތައް އިރެއް ފަހުންނެވެ.

ރްވާންޑާގެ ސަރުކާރުން ބުނީ މިހާރު ވެސް ގޯމާ ސޓީގެ 3000 މީހުން ބޯޑަރު ހުރަސްކޮށް ރްވާންޑާއަށް ވަދެފައިވާ ކަމަށެވެ. އެމީހުން ބައިތިއްބާނީ ސްކޫލްތަކާއި، އަޅުކަން ކުރަން ހާއްސަ ތަންތަނުގަ އެވެ.

އަލިފާން ފަރުބަދަ ގޮވުމުން މުޅިން އަލަށް އުފެދުނު ރެނދެއްގެ ސަބަބުން ދިޔާ އަލިފާން ކޯރު ހެދެމުން ދަނީ ސީދާ ގޯމާ ސިޓީއާ ދިމާލަށެވެ. އެ ތަން ހުރަސްކޮށް ކައިރީގައިވާ އެއާޕޯޓާ ހަމައަށް ވެސް އަލިފާން ފޯރާނެ ކަމުގެ ބިރު އެބަ އޮތެވެ.

ނީރަގޮންގޯއަކީ ދުނިޔޭގެ އެންމެ ހަރަކާތްތެރި އެއް އަލިފާން ފަރުބަދަ އެވެ. އެ ފަރުބަދަ ގޮވުމުން އެންމެ ގިނަ މީހުން މަރުވީ 1977 ގަ އެވެ. އެ ފަހަރު 600 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox