ހަމުގެ މައްސަލަތައް ދެނެގަނެވޭ އޭއައި ޓޫލެއް ގޫގްލްއިން ތައާރަފުކޮށްފި

ގޫގްލްއިން ތައާރަފް ކުރި އޭއައި ޓޫލް ބޭނުންކޮށްގެން ހަމަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ.-- ފޮޓޯ: ގޫގްލް

ގޫގްލްއިން ތައާރަފް ކުރި އޭއައި ޓޫލް ބޭނުންކޮށްގެން ހަމަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ.-- ފޮޓޯ: ގޫގްލް

އިންސާނުންގެ ހަމާއި، އިސްތަށިގަނޑާއި، ނިޔަފަތީގެ ފޮޓޯ އަޕްލޯޑް ކުރުމުން ދިމާވެފައިވާ ސިއްހީ މައްސަލަ ދެނެގަނެވޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ގޫގްލް އިން ތައާރަފުކޮށްފި އެވެ.

"ޑާމަޓޮލޮޖީ އެސިސްޓް ޓޫލް" ދައްކާލާފައިވަނީ ގޫގްލްއިން ބޭއްވި މި އަހަރުގެ ޑެވެލޮޕާ ކޮންފަރެންސް "ގޫގްލް އައިއޯ" ގަ އެވެ. އެ އެޕްލިކޭޝަން ރަސްމީކޮށް ނެރޭނީ މި އަހަރުގެ ފަހުކޮޅު އެވެ.

އެ އެޕްލިކޭޝަނަށް ވަނީ ޔޫރަޕުގައި ބޭނުން ކުރަން "ސީއީ މާކް" ވެސް ލިބިފަ އެވެ. އޭގެ މާނައަކީ ޔޫރަޕުން ގަބޫލުކުރާ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމެވެ.

ގޫގްލްއިން ބުނީ އެޕްލިކޭޝަންގައި ބޭނުން ކުރާ އޭއައި އިން 288 ސިއްހީ މައްސަލަ ދެނެގަނެވޭނެ ކަމަށެވެ. ނަމަވެސް, މިއީ ބަލި ޑައިގްނޯޒް ކުރުމާއި ފަރުވާ ހޯދަން އޮތް "ސަބްސްޓިޓުއުޓެއް" ނޫން ކަމަށް ބުންޏެވެ.

ގޫގްލް އިން "ޑާމަޓޮލޮޖީ އެސިސްޓް ޓޫލް" އުފެއްދީ ތިން އަހަރުގެ މަސައްކަތުންނެވެ. ހަމާއި، އިސްތައްޓާއި ނިޔަފައްޗަށް ދިމާވާ މައްސަލަތައް އޭއައި ޓޫލަށް ދަސްކޮށްދިނުމަށް 65،000 ފޮޓޯ ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން ވެސް ގުޅުން ހުރި އެތައް މިލިއަން ފޮޓޯއެއް ބޭނުންކޮށްފައިވެ އެވެ.

ސިއްހީ މައްސަލަ ދެނެގަތުމަށް ފޮޓޯ އަޕްލޯޑް ކުރުމުގެ އިތުރުން، ދިމާވެގެން އުޅޭ މައްސަލަ ސީދާކޮށް ހޯދުމަށް، ސުވާލުތަކަކަށް ވެސް ޖަވާބު ދޭން ޖެހެ އެވެ.

މީގެ ކުރިން ވެސް ގޫގްލްއިން ވަނީ ތަފާތު އެކި ބާވަތްތަކުގެ ކެންސަރުގެ އަލާމާތްތަކާއި ޓީބީ ދެނެގަންނާނެ އެޕްތައް ނެރެފަ އެވެ. ނަމަވެސް އެއްވެސް އެޕަކީ ޑޮކްޓަރެއްގެ ފަރާތުން ލިބޭ ޑައިގްނޯސިސްގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ.

ގޫގްލްއިން ބުނީ ކުންފުނީގެ ސާޗް އިންޖީނުގައި ކޮންމެ އަހަރަކު ވެސް ހަމާއި އިސްތަށިގަނޑާއި ނިޔަފައްޗަށް ދިމާވާ މައްސަލަތަކާ ގުޅުން ހުރި ކަންކަން ހޯދަން 10 ބިލިއަން ސާޗް ކުރާ ކަމަށެވެ.

"ޑާމަޓޮލޮޖީ އެސިސްޓް" ޓޫލަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދި ހުއްދައެއް ނުދެ އެވެ. ނަމަވެސް އިނގިރޭސި ކުންފުނި އޮޕްޓެލަމްއިން ފުއްޕާމޭގެ ކެންސަރު ދެނެގަންނާނެ ގޮތް ބުނެދޭން އުފެއްދި އެޕަކަށް ދާދި ފަހުން އެފްޑީއޭއިން ހުއްދަ ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

އެމެޒޯން އެންތްރޮޕިކްއަށް 25 ބިލިއަން ޑޮލަރު

އޭއައިގެ ރޭހުގައި ކުރިހޯދުމަށް އެމެޒޯންއިން އެންތްރޮޕިކް ކުންފުންޏަށް 25 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެންތްރޮޕިކްއިން އެމެޒޯންގެ ކްލައުޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް 100 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކުރާނެއެވެ.

Newsletter

Get the latest news delivered straight to your inbox