ޕްރެޝަރު ބޮޑުވި ނަމަވެސް އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވުމުގެ ވިސްނުމެއް ނެތް

މިދިޔަ އޮކްޓޯބަރު މަހު ނިއުޒީލެންޑުން އޮސްޓްރޭލިއާއަށް ދަތުރު ކުރި މީހަކު ސިޑްނީ އެއާޕޯޓުގައި.-- ފޮޓޯ: ރޮއިޓާޒް

މިދިޔަ އޮކްޓޯބަރު މަހު ނިއުޒީލެންޑުން އޮސްޓްރޭލިއާއަށް ދަތުރު ކުރި މީހަކު ސިޑްނީ އެއާޕޯޓުގައި.-- ފޮޓޯ: ރޮއިޓާޒް

އޮސްޓްރޭލިއާގެ ބައިނަލްއަގްވާމީ ބޯޑަރުތައް ހުޅުވާލަން ވިޔަފާރިތަކުން ޕްރެޝަރު ކުރި ނަމަވެސް، މިއީ އެކަން ކުރަން ރައްކާތެރި ވަގުތު ނޫން ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

މޮރިސަން ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ވެސް ގައުމުން ބޭރަށް ދަތުރު ކުރުން އަދި ރައްކާތެރި ނޫން ކަމަށެވެ. އެކަމަކު ވިޔަފާރިތަކުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

"އަޅުގަނޑަށް އެނގޭ ހުރިހާ އެންމެން ވެސް އާއްމު ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުންވާ ކަން. އެކަމަކު ހަގީގަތަކީ މިއަދު މި އުޅެނީ ބަލިމަޑުކަމެއްގައި. އަދި މިއީ މިދިޔަ އަހަރަށް ވުރެ މާ ހާލަތު ގޯސް އަހަރެއް،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޮރިސަން ވިދާޅުވި އެވެ.

މޮރިސަން ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިދީގެން ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭނީ "ރައްކާތެރި ވަގުތު އައުމުން" ކަމަށެވެ.

އޮސްޓްރޭލިއާ އިން އިއުލާންކޮށްފައިވަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ބޯޑަރު ހުޅުވާލުމަށެވެ. އެކަމަކު އޭގެ ކުރިން ޒަރޫރީ ހާލަތްތަކަށް ވަކި އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ. އޮސްޓްރޭލިއާ އިން މަސައްކަތް ކުރަމުން ދަނީ މި އަހަރު ނިމުމުގެ ކުރިން އާބާދީގެ 26 މިލިއަން މީހުންނަށް ވެކްސިން ދީ ނިންމާލުމަށެވެ.

ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދާ އެއާލައިންތަކާއި، ޓޫރިޒަމް އޮޕަރޭޓަރުންނާއި ޔުނިވާސިޓީތަކުން އަންނަނީ އަލުން ގައުމު ހުޅުވާލުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އޮސްޓްރޭލިއާގެ ބައިނަލްއަގްވާމީ ބޯޑަރުތައް ބަންދު ކުރީ މާޗް 2020 ގަ އެވެ. އެނބުރި ގައުމަށް އަންނަ އޮސްޓްރޭލިއާ ރައްޔިތުން ވެސް އަމިއްލައަށް ހަރަދުކޮށްގެން ހޮޓަލެއްގައި ކަރަންޓީން ވާން ޖެހެ އެވެ. ކޮވިޑްގެ ހާލަތު މި ފަހުން އެންމެ ގޯސްވި އިންޑިއާގައި ތާށިވި އޮސްޓްރޭލިއާގެ މީހުންނަށް އެނބުރި ގައުމަށް ދެވޭނެ އިންތިޒާމުތަކެއް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދޭން ވަނީ އެއްބަސްވެފަ އެވެ.

އެ ގޮތުން އިންޑިއާގެ މަޝްހޫރު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގުގައި ކުޅެން ދިޔަ އޮސްޓްރޭލިއާ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި ކޮމެންޓޭޓަރުންނަށް އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނުވުމުން ކަރަންޓީނު މުއްދަތެއްގެ ގޮތުގައި ރާއްޖެ ވެސް އަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު އެކި ގޮތްގޮތުން ހުއްދަތަކެއް ހޯދައިގެން އޮސްޓްރޭލިއާ އަށް ދިއުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް ފެނިފައިވަނީ ކޮވިޑުގެ 30،000 އެއްހާ ކޭސް އެވެ. މަރުވެފައި ވަނީ 910 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox