ތާލިބާނާއި އަފްގާނިސްތާނުގެ ސަރުކާރުން ސުލްހައިގެ މަޝްވަރާ ފަށައިފި

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުންގެ މަންދޫބުން ސުލްހައިގެ މަޝްވަރާތައް އަލުން ފަށައި، ގަތަރުގައި ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ސުލްހައިގެ މަޝްވަރާ އަލުން ފެށިއިރު، ތާލިބާނުން ވަނީ އީދާ ދިމާކޮށް އަފްގާން ސިފައިންނަށް ތިން ދުވަސް ވަންދެން ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ.

ތާލިބާނާއި އަފްގާން ސަރުކާރާ ދެމެދު ހިނގަމުންދާ ދިގު ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން ސުލްހައިގެ މަޝްވަރާތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ހަމަލާތަކަށް ހުއްޓުމެއް ނައުމުން ސުލްހައިގެ މަޝްވަރާތަކަށް ވެސް ހުއްޓުން އެރި އެވެ. ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ފައިބަން ތައްޔާރު ވާތީ އަނެއްކާވެސް ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

"ދެ ފަރާތުން ވަނީ ގައުމުގެ ހާލަތާ މެދު މަޝްވަރާކޮށް، ސުލްހައިގެ މަޝްވަރާތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކޮށްފައި،" އަފްގާން ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވާ ޓީމުން ޓްވިޓާގައި ބުންޏެވެ.

ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ނައީމު ވެސް ޓްވިޓާގައި ވިދާޅުވީ އީދަށް ފަހު މަޝްވަރާތައް ގަވާއިދުން ކުރިއަށް ގެންދަން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

ތާލިބާނާއި އަފްގާން ސަރުކާރު އެއް ގަލަކަށް އަރުވައި، ސުލްހަ ގާއިމް ކުރުމަކީ ހުޅަނގުގެ ގައުމުތަކުން، ވަކިން ހާއްސަކޮށް، އެމެރިކާއިން ވަރަށް ބޭނުންވާ ކަމެކެވެ. އެމެރިކާއިން އަފްގާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ކުރި 10 އަހަރުވީ ދިގު ހަނގުރާމަ ނިންމާލައި، އެނބުރި ގައުމަށް ސިފައިންތައް ދާއިރު، ސުލްހަ ގާއިމްވެފައި ނެތުމަކީ ނާކާމިޔާބެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަ ކުރެ އެވެ.

މިދިޔަ މަހު އެމެރިކާއިން އިސްނަގައިގެން ތުރުކީގައި ބާއްވަން މަސައްކަތް ކުރި ސުލްހައިގެ މަޝްވަރާގައި ތާލިބާނުން ބައިވެރިވެފައެއް ނުވެ އެވެ. އެހެންކަމުން އެ ބައްދަލުވުންތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox