އިންގްލެންޑްގައި ހާއްސަ ހުއްދަތަކެއް ނުލިބުމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނީ ޕޯޗުގަލްގައި

May 13, 2021, 4:32 PM
އިންގްލެންޑްގައި ހާއްސަ ހުއްދަތަކެއް ނުލިބުމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނީ ޕޯޗުގަލްގައި

ލަންޑަން (މެއި 13) - ޔުއެފާ އިން ބޭނުންވާ ހުއްދަތައް ދޭން އިންގްލެންޑްގެ ސަރުކާރުން ދެކޮޅު ހެދި މައްސަލައިގައި ހައްލެއް ނުލިބުމުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހޯސްޓްކުރުމުގެ ފުރުސަތު ޕޯޗުގަލް އަށް ދޭން ޔުއެފާ އިން ނިންމައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ހަމަޖައްސާފައި އޮތް ތުރުކީގެ އިސްތަންބޫލްގައި އެ މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ނެތީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތުމުންނެވެ. އެ ފުރުސަތު ދޭން ޔުއެފާ އިން ފުރަތަަމަ ނިންމީ އިންގްލެންޑަށެވެ. އެއީ މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރަނީ އިންގްލެންޑްގެ ދެ ޓީމު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކަމަށްވާތީ އާއި ދަތުރު ފަތުރުކޮށްގެން ކުޅުމަށް ވުރެ އަމިއްލަ ގައުމުގައި ތިބެގެން ކުޅުން މި ދަނޑިވަޅަށް ބަލާއިރު ރަނގަޅުވާނެތީ އެވެ.

ޔުއެފާ އިން އިނގިރޭސި ސަރުކާރާއި އިނގިރޭސި އެފްއޭއާ އެކު ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދެއްކީ ވެމްްބްލީ ސްޓޭޑިއަމްގައި ފައިނަލް ކުޅޭށެވެ. އެ ގޮތަށް ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް ޔުއެފާ އިން ބޭނުންވާ ގޮތަށް ވީއައިޕީންނަށް ކަރަންޓީނު ނުވެ އޮންނަ އުސޫލެއް ހަމަޖައްސައިދޭން އިނގިރޭސި ސަރުކާރުން ދެކޮޅު ހެދި އެވެ. ވިއައިޕީންނާއި މީޑިއާގެ ގޮތުގައި 2000 އާ ގާތް ކުރާ އަދަދަކަށް މީހުންނަށް ކަރަންޓީނު ނުވެ އިންގްލެންޑަށް އެތެރެ ވެވޭ ގޮތް ހަދައިދޭން ޔުއެފާ އިން އެދުނު ނަމަވެސް އިނގިރޭސި ސަރުކާރުން އެ ގޮތެއް ބޭނުމެއް ނުވި އެވެ. އެކަމަށް އެއްވެސް ވަރެއްގެ ލުޔެއް ނުލިބި މަޝްވަރާތައް ދިގުލައިދިޔައީ އެވެ.

އެންމެ ފަހުން ޔުއެފާ އިން މިއަދު ނިންމީ މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ހޯސްޓް ކުރާނީ ވެސް ޕޯޗުގަލްގައި ކަމަށެވެ.

ތުރުކީގެ އިސްތަންބޫލްގައި މިދިޔަ އަހަރު ބާއްވަން އޮތް ފައިނަލް ވެސް ފަހުން ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން މިނީ ޓޯނަމެންޓެއް ގޮތަށް ކުޅެ 11 ދުވަސްތެރޭ ނިންމާލީ ޕޯޗުގަލްގައި ހުރިހާ މެޗެއް ކުޅެގެންނެވެ. މި ފަހަރުގެ ފައިނަލް ކުޅޭނީ ޕޯޓޯގެ ދަނޑު ކަމަށްވާ އެސްޓާޑިއޯ ޑޮ ޑްރަގާއޯ"ގަ އެވެ.

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވީ ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ވިޔަސް ސަޕޯޓަރުން ވައްދައިގެން މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެވޭނެ ގޮތެއް ހޯދަން ޔުއެފާ އިން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެންމެ ފަހުން އެ ފަދަ ގޮތަކަށް ފައިނަލް ކުޅެވޭ ގޮތް ވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކެފެރިން ވިދާޅުވި އެވެ.

ޕޯޗުގަލް އޮތީ އިންގްލެންޑްގެ ދަތުރު ފަތުރު ކުރުމުގެ ގްރީން ލިސްޓުގަ އެވެ. އެހެންވެ ފައިނަލް މެޗު ބަލަން ދިއުމަށް ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް އެއްވެސް ހުރަހެއް ނެތެވެ. ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ސިޓީ އާއި ޗެލްސީ އަށް 12000 ޓިކެޓް ދީފަ އެވެ. އެއީ ކޮންމެ ޓީމަކަށް 6000 ގެ މަގުންނެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީގެ ތާރީހުގައި އެ ޓީމުން ކުޅޭނެ ފުރަތަމަ ފަހަރެވެ. ޗެލްސީން ވަނީ 2012 ވަނަ އަހަރު ފައިނަލުގައި ކުޅެ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox