ސޮސިއެޑާޑް ބަލިކޮށް އެތުލެޓިކޯ ލީގާ ގާތަށް

May 12, 2021, 10:18 PM
ސޮސިއެޑާޑް ބަލިކޮށް އެތުލެޓިކޯ ލީގާ ގާތަށް

މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. އެކަމަކު ފަހު ވަގުތު އެ ޓީމު ލެވާންޓޭއާ ވީ އެއްވަރެވެ. އެ ނަތީޖާގެ ފައިދާނަަގައި ލިގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެތުލެޓިކޯ އަށް އޮތީ ހުޅުވިފަ އެވެ. އެ ޓީމުން މިރޭ ވަނީ އެ ފުރުސަތުގެ ބޭނުން ހިފައިފަ އެވެ.

ފަހު ދެ މެޗަށް ނުކުންނައިރު އެތުލެޓިކޯ ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 36 މެޗުން ލިބުނީ 76 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތިން ވަނައިގައި އޮތީ 35 މެޗުން 75 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ރެއާލުން ގްރަނާޑާ ބަލިކޮށްގެން ދެ ވަނަ އަށް އަރައި އެތުލެޓިކޯގެ ލީޑު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

Advertisement

ލީގުގެ ހަތަރެއްގައި އޮތީ މިރޭ ވެލެންސިއާ އަތުން 1-0 އިން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް 36 މެޗުން ވަނީ 74 ޕޮއިންޓް ލިބިފަ އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ބެލްޖިއަމްގެ ވިންގް ޔަނިކް ކަރާސްކޯ އެވެ. މިއީ މާކޯސް ލޮރެންޓޭ ދިން މޮޅު ބޯޅައަކުން ކަރާސްކޯ ޖެހި ގޯލެކެވެ. މެޗުގެ 28 ވަނަ މިނިޓްގައި އެންހެލް ކޮރޭއާ ވަނީ ގޯލެއް ޖަހައި އެތުލެޓިކޯގެ ލީޑުފުޅާކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ ލުއިސް ސުއަރޭޒް ދިން ބޯޅައަކުންނެވެ.

ސޮސިއެޑާޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ސޮސިއެޑާޑްގެ ހަަމައެކަނި ގޯލު ޖެހީ އީގޯ ޒުބެލްޑީއާ އެވެ. އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން މެޗުގެ އިތުރު ވަގުތުގައި ސޮސިއެޑާޑުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ސްޕެނިޝް ލީގުގައި ނުފޫޒުގަދަ ދެ ޓީމު ކަމަށްވާ ރެއާލާއި ބާސެލޯނާ ފަހަތަށް ޖައްސާލައި ޑިއޭގޯ ސިމިއޯނީ ކޯޗުކޮށްދޭ އެތުލެޓިކޯ އިން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2014 ވަނަަ އަހަރު އެވެ. އެކަން ތަކުރާރުކުރަން މި ފަހަރު މި ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ޓްރެކެއްގައި އޮތް އެތުލެޓިކޯ އަށް އަނިޔާގެ މައްސަލަތައް ދިމާވެ، ސީޒަނުގެ މެދުތެރެއިން ނަތީޖާ ނެރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެކަަމަކު އެ ޓީމުން މި ވަނީ ސީޒަނުގެ މުހިއްމު ހިސާބުގައި ފޯމަކަށް އެޅި ހުރި މައްސަލަތައް ރަނގަޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox