ރަޝިިއާގެ ސްޕަޑްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފި

މާލޭގައި ވެކްސިން ޖަހަނީ: ވެކްސިން ސަޕްލައި ދަތިތަކާ ގުޅިގެން ރާއްޖޭގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި -- ފޮޓޯ:ހުސެއިން ވަހީދު/އަދަދު

މާލޭގައި ވެކްސިން ޖަހަނީ: ވެކްސިން ސަޕްލައި ދަތިތަކާ ގުޅިގެން ރާއްޖޭގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި -- ފޮޓޯ:ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި، އެ ބަލިން ރައްކާތެރިވާން ރަޝިއާއިން އުފެއްދި "ސްޕަޑްނިކް ވީ" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ދީފި އެވެ.

ސްޕަޑްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދިނީ އިމާޖެންސީ ހާލަތްތަކުގަ އެވެ. އަދި މި ވެކްސިން ޖަހާނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

މި ވެކްސިނަކީ ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދިން ހަތަރު ވަނަ ވެކްސިނެވެ. މީގެ ކުރިން ރާއްޖޭގައި ހުއްދަ ދީފައިވާ ވެކްސިންތަކަކީ އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ ވެކްސިނަށެވެ.

Advertisement

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރިން

މި ވެކްސިން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދިންކަން އިއުލާނުކޮށް އެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނީ، މި ވެކްސިނަށް ހުއްދަ ދިނީ މިކަމުގައި ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށް ފަހު ކަމަށް ބުންޏެވެ. އަދި އެއީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކު ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

ރަޝިއާގެ ގަމާލެޔާ ނޭޝަނަލް ސެންޓާ އޮފް އެޕިޑާމޮލޮޖީ އެންޑް މައިކްރޯބައޮލޮޖީން އުފެއްދި މި ވެކްސިނަކީ ކޮވިޑުން ރައްކާތެރިވާން ދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ވެކްސިނެވެ. މިހާރު ދުނިޔޭގެ 66 ގައުމަކުން އަންނަނީ މި ވެކްސިން ބޭނުންކުރަމުންނެވެ.

އެފްޑީއޭއިން ބުނި ގޮތުގައި މި ވެކްސިނަކީ -18 ޑިގްރީ ސެލްސިއަސްގައި ބަހައްޓަން ޖެހޭ ވެކްސިނެކެވެ. އެހެންކަމުން ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށް ފަހުގައްޔާއި، އަދި އެ ހިފާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެނެވެ. އަދި އެފްޑީއޭ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ހެލްތް މިނިސްޓްރީ ގުޅިގެން މިކަންކަން ބަރާބަރަށް މޮނީޓާ ކުރަމުން ދާނެ ކަމަށް އެފްޑީއޭއިން ބުންޏެވެ.

ރާއްޖޭގައި ސްޕަޑްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދިނީ ވެކްސިން ސަޕްލައި ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެން އުޅޭ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ފުރަތަަމަ ޑޯޒް ޖަހާފައިވާ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ދަށަށް ގޮސްގެން އެ ވެކްސިން ޖެހުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ކޮވިޝީލްޑް ވެކްސިންގެ ބާކީ ހުރި ސަޕްލައި މިހާރު ބޭނުންކުރަނީ ފްރަންޓްލައިން ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ ގޮތުން ނުރައްކަލަށް ހުށައެޅިފައިވާ ފަރާތްތަކަށް ޑޯޒް ފުރިހަމަކުރަންށެވެ.

ކޮވިޝީލްޑް ނަގާފައި ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ޖަހަމުންދާ ސިނޮފާމް ވެކްސިން ޖެހުމުގެ ކަންކަން އަދިވެސް ދަނީ ކުރިޔަށެވެ. ނަމަވެސް މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ތަރުހީބު ކުޑަކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މުއްދަތު ހަމަވެފައިވާ މީހުންގެ ތެރެއިން 77 ޕަސެންޓު މީހުން ނާންނަ ކަމަށް ބުންޏެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން މި ވަގުތު ޖަހަމުން ދަނީ ސިއްހީ ގޮތުން ނުރައްކަލަށް ހުށައެޅިފައިވާ މީހުންނަށް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox