ފަހު ވަގުތު އެއްވަރުވެ ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު ވެއްޓުމެއް

May 11, 2021, 11:27 PM
ފަހު ވަގުތު އެއްވަރުވެ ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު ވެއްޓުމެއް

މެޑްރިޑް (މެއި 12) - ސްޕެނިޝް ލީގުގައި މިރޭ ފަހު ވަގުތު ލެވަންޓޭއާ 3-3 އިން އެއްވަރުވެ ބާސެލޯނާ އިން ލީގު ހޯދުމުގެ ރޭހުގައި ބޮޑު ފުރުސަތެއް ގެއްލުވާލައިފި އެވެ.

މިރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް އެއް ވަނަ އަށް އަރައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑަށް ޕްރެޝަރު ކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނަގައި ފަހު ވަގުތު މެޗުގެ ދެ ޕޮއިންޓް ވެސް ގެއްލުވާލީ އެވެ. މި ނަތީޖާ އަށް ފަހު ލީގުގެ އެއް ވަނަ އަށް ބަދަލެއް ނާދެ އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 36 މެޗުން 76 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެއާލަށް 35 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ސެވިއްޔާ ހަތަރެއްގައި އޮތީ 35 މެޗުން 71 ޕޮއިންޓާ އެކު އެވެ.

މާދަމާރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށްގެން އެތުލެޓިކޯ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. އެތުލެޓިކޯ އަށް އެންމެ ފަހުން ލީގު ލިބުނީ 2014 ވަނަ އަހަރު އެވެ. މި ފަހަރު މިއީ އަލުން ލީގު ހޯދަން އެ ޓީމަށް ރަނުގެ ފުރުސަތެކެވެ. ބުރާސްފަތި ދުވަހުގެރޭ ރަށުންބޭރުގައި ގްރަނާޑާގެ މައްޗަށް ކުރިހޯދައިގެން ރެއާލަށް ދެ ވަނަ އަށް އެރޭނެ އެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ލިއޮނަލް މެސީ ބާސެލޯނާ އަށް ގޯލެއް ޖަހައި ހިތްހަމަ ޖެހުމެއް ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެޑްރީ ވަނީ ބާސެލޯނާ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ މަންޒަރު ބަދަލުވި އެވެ. ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި ލެވަންޓޭ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު 57 ވަނަ މިނިޓްގައި ގޮންޒާލޯ މެލޭރޯ ޖަހާފައި ވަނިކޮށް އޭގެ ދެ މިނިޓް ފަހުން ހޯސޭ ލުއިސް މޮރާލޭސް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.

ބާސެލޯނާ އަށް އަލުން ލީޑުނަގައިދިނީ 64 ވަނަ މިނިޓްގައި ޑެމްބެލޭ އެވެ. އެކަމަކު ލެވަންޓޭ އިން އަނެއްކާ ވެސް ހިތްވަރުކޮށް ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ގޯލު ޖެހީ ސާޖިއޯ ލެއޯން އެވެ.

މި ފަހަރުގެ ލީގު ނުލިބިއްޖެނަމަ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް ވަޒީފާ ގެއްލިދާނެ ކަމަށް ފާއިތުވި ދުވަސްތަކުގައި ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މިރޭގެ މެޗަށް ފަހު ކޫމަން ބުނީ މިއީ އޭނާގެ އަމިއްލަ ވާހަކަތައް ދައްކަން ބޭނުންވާ ވަގުތެއް ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތަކަށް ފޯކަސް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބާސެލޯނާ އަށް ދެން އޮތް ދެ މެޗަކީ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯ އާއި ރަށުންބޭރުގައި އެއިބާއާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox