ވެކްސިން ހޯދަން މަސައްކަތް ކުރަމުން އަޔަސް ލިބޭނެ ދުވަހެއް ނޭނގެ!

ކޮވިޑަށް ދެމުން އަންނަ ވެކްސިނެއް: ރާއްޖޭގައި އާއްމުކޮށް ވެކްސިން ޖެހުން މިހާރު ވަނީ ހުއްޓާލާފައި.

ކޮވިޑަށް ދެމުން އަންނަ ވެކްސިނެއް: ރާއްޖޭގައި އާއްމުކޮށް ވެކްސިން ޖެހުން މިހާރު ވަނީ ހުއްޓާލާފައި.

ކޮވިޑް-19ގެ ދިފާއެއްގެ ގޮތުން ޖަހަމުން އަންނަ ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެ އަށް ހޯދަން މަސައްކަތް ކުރަމުން އައި ނަމަވެސް ސީދާ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހު ފެށީ، އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ޖެހޭ ވަރަށް ވެކްސިން ހަމަޖެހިފައިވާ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެކަމަކު ރާއްޖޭގައި އެންމެ އާއްމުކޮށް ދެމުން ދިޔަ ކޮވިޝީލްޑް ޖެހުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ ހުއްޓާލައިފަ އެވެ. އެއީ ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ.

ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އާއި ޗައިނާ އަދި އެހެން ގައުމުތަކުން ހަދިޔާކުރި ވެކްސިނުންނެވެ. އެކަމަކު ރާއްޖެ އިން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން 700،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެ ވެކްސިން ލިބުން ލަސްވެގެން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒު ގަތުމަށް ފައިސާ ދެއްކި އެވެ. އޭގެތެރެއިން މިހާތަނަށް ރާއްޖެ އަށް ލިބުނީ 100،000 ޑޯޒެވެ. ބާކީ 200،000 ލިބޭނެ ދުވަހެއް ނޭނގެ އެވެ.

އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްތަކުގައި ސަރުކާރުގެ ފަރާތުން މައުލޫމާތު ހިއްސާކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަސައްކަތްތަކެއް ކުރަމުން އަޔަސް ބޭނުންވާ ވަރަށް ސްޓޮކް އަދި އުޅެނީ ހަމަނުޖެހިގެން ކަމަށެވެ. އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް ފައިސާ ދެއްކި ވެކްސިން ނުލިބުނީ ބަލީގެ ހާލަތު އެ ގައުމުގައި ގޯސްވެ، އެކްސްޕޯޓް ނުކުރެވުމުން ކަމަށް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ކުންފުންޏަށް ފައިސާ ދެއްކި 700،000 ޑޯޒުގެ ވެކްސިން އަންނާނެ ކަމަށް ލަފާކުރަނީ އަންނަ މަހުގެ ތެރޭގަ އެވެ.

"އޭގެ ކުރިން ވެސް ވެކްސިން ހޯދަން އެކުވެރި ގައުމުތަކާ އެކު މަސައްކަތްތަކެއް އެބަކުރެވޭ،" މަބްރޫކް ވިދާޅުވި އެވެ.

އެކަމަކު ސީދާ ވެކްސިން ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވެކްސިން ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިވަގުތު އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ. އެންމެ އަވަހަށް ވެކްސިން ހޯދޭނެ ގޮތްތަކެއް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހުރި ކޮވިޝީލްޑުގެ ސްޓޮކުން ވެކްސިން ދެމުން އަންނަނީ ބަލީގައި ބޮޑުވެދާނެ މީހުންނާއި ކޮވިޑުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ.

ރާއްޖެއިން ވެކްސިން ހޯދަން ފައިސާ ދައްކައި ނުލިބި ލަސްވަމުން ދިއުމަކީ ކޮވިޑް-19 އަށް ހޯދަން އުޅުނު ވެންޓިލޭޓަރަށް ވީ ގޮތް މެދުވެރިވެދާނެ ކަމެއް ކަމުގެ ތުހުމަތު ދަނީ އަޅުވަމުންނެވެ. މިކަމަށް ރައްދު ދެއްވަމުން މަބްރޫކް ވިދާޅުވީ އެކަމުގައި މައްސަލަތަކެއް އުޅޭ ކަަމަށް ހީވާ ނަމަ ކަމާބެހޭ އިދާރާތަކަށް ހިއްސާކުރަންވީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox