އިންޑިއާ އާއި ޕާކިސްތާނުގެ ދެބަސްވުން ހައްލު ކުރަން ސައުދީ އަރަބިއްޔާއިން ގޮވާލައިފި

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އަދި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އަދި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން.-- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ މައްސަލަ ހިމެނޭހެން އިންޑިއާ އާއި ޕާކިސްތާނުގެ ދެބަސްވުންތައް ހައްލު ކުރަން މަޝްވަރާ ކުރަން ސައުދީ އަރަބިއްޔާއިން ބާރު އަޅައިފި އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފަ އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ބުނީ އިންޑިއާއާ މެދު ހުރި ހިޔާލު ތަފާތުވުންތައް ހައްލު ކުރުމުގެ މުހިއްމުކަން ސައުދީން ފާހަގަކުރާ ކަމަށެވެ.

"ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމް ކުރުމަށް، ޖައްމު އަދި ކަޝްމީރާއި އެހެން މައްސަލަތަކުގައި ވާހަކަދައްކައިގެން އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރަން،" ބަޔާނުގައި ވެއެވެ.

އިންޑިއާ އާއި ޕާކިސްތާނަށް ކަޝްމީރު ދެ ފަޅިކޮށްލާ "ލައިން އޮފް ކޮންޓްރޯލް" ހިސާބުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެ ދެ ގައުމުން ދާދި ފަހުން އެއްބަސްވެފައި ވާތީ އެކަމަށް ވެސް ސައުދީ ވަލީ އަހުދު މަރުހަބާ ވިދާޅުވި އެވެ.

އިންޑިއާއާ އެކު ސުލްހަ ގާއިމް ކުރުމުގެ ވާހަކަތަކުގެ އިތުރުން ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ އެކި ގުޅުންތައް ކުރިއަރުވާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް އިމްރާން ހާނާއި ސައުދީ ވަލީ އަހުދު މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ސައުދީ-ޕާކިސްތާން ސުޕްރީމް ކޯޑިނޭޝަން ކައުންސިލެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގާނޫނާ ހިލާފަށް ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލާގައި ގުޅިގެން މަސައްކަތް ކުރުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންއެއްގައި ވެސް ސޮއިކުރި އެވެ.

އޭގެ އިތުރުން ސައުދީ ފަންޑު ފޯ ޑެވެލޮޕްމަންޓުގެ އެހީގައި ޕާކިސްތާނުގައި ހަކަތަ އުފެއްދުމާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމާއި ފެނުގެ ހިދުމަތް ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ވެސް ސޮއިކުރި އެވެ.

ޕާކިސްތާނާ ސައުދީ އަރަބިއްޔާއިން ވަނީ ހުރިހާ މުސްލިމް ގައުމުތައް ގުޅިގެން ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox