އެތުލެޓިކޯ އާއި ބާސެލޯނާ އެއްވަރުވެ ރެއާލަށް ބޮޑު ފުރުސަތެއް

May 8, 2021, 5:34 PM
އެތުލެޓިކޯގެ ކަރަސްކޯ (ކ) ކައިރިން ބާސެލޯނާގެ މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ބާސެލޯނާ

އެތުލެޓިކޯގެ ކަރަސްކޯ (ކ) ކައިރިން ބާސެލޯނާގެ މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ބާސެލޯނާ

ބާސެލޯނާ (މެއި 8) - ސްޕެނިޝް ލީގުގައި މިރޭ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުން ލީގުގެ ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެއް ވަނައިގައި އެތުލެޓިކޯ މި ވަގުތު އޮތީ 35 މެޗުން 77 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 35 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި މި ވަގުތު ރެއާލް އޮތީ 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް 34 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ސެވިއްޔާ އަތުން މޮޅުވެގެން ރެއާލަށް އެއް ވަނަ އަށް އެރޭނީ އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭނެތީ އެވެ. އެހެންކަމުން ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވެގެން ރެއާލަށް ލީގު ތަށި ދިފާއުކުރެވޭނެ އެވެ.

ބާސެލޯނާ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޖުމްލަކޮށް ބަލާއިރު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރަން ކުރި މަސައްކަތްތައް އެތުލެޓިކޯ ޑިފެންޑަރުންނާއި ގޯލްކީޕަރު ޔެން އޮބްލަކް ވަނީ ހުއްޓުވައިފަ އެވެ. އަނެއްކޮޅުން އެތުލެޓިކޯގެ ފޯވާޑް ލުއިސް ސުއަރޭޒް ޖެހި ބޯޅަތައް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. މިއީ ބާސެލޯނާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު ފަހުން ބާސެލޯނާ ދަނޑުގައި ސުއަރޭޒް ކުޅުނު ފުރަތަމަ މެޗެވެ.

ދެ ވަނަ ހާފްގައި ބާސެލޯނާ އިން އެޓޭކް ވަރުގަދަކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. އެ ގޮތުން އެންޓޮއިން ގްރީޒްމަން އާއި އޮސްމާން ޑެމްބެލޭ އަށް ލަނޑު ޖަހަން ލިބިގެންދިޔަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ގޯލާ ސީދާކޮށް ފޮނުވާލެވޭ ގޮތްނުވީ އެވެ. ބާސެލޯނާގެ ރޮނާލްޑް އަރައުހޯ ބޮލުން ގޯލެއް ޖެހި ނަމަވެސް އޭނާގެ ގޯލު ބަލައިނުގަތީ އޮފްސައިޑްވުމުންނެވެ.

މި މެޗުން މޮޅެއް ނުލިބުމުން ލީގުގެ ރޭހުގައި ބާސެލޯނާ އަށް ގެއްލުނު ފުރުސަތު ބޮޑެވެ. އެ ޓީމު ވަނީ އެތުލެޓިކޯ އަތުން ލީގުގެ ކުރީކޮޅުގައި ބަލިވެފަ އެވެ. އެހެންވެ ދެ ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހިނދެއްގައި ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭނީ އެތުލެޓިކޯ އަށެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ސަސްޕެންޝަނެއްގައި ހުރުމުގެ ސަބަބުން މި މެޗުގައި ވެސް ޓީމަށް އިރުޝާދުދޭން އޭނާ އަށް ބެންޗުގައި ނީނދެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox