ތުރުކީގެ ހާލަތު ގޯސް، ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން އެސްޓަން ވިލާ ދަނޑު ހުށަހަޅައިފި

May 7, 2021, 7:00 AM
އެސްޓަން ވިލާގެ ދަނޑު ވިލާ ޕާކް.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާގެ ދަނޑު ވިލާ ޕާކް.-- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތް ތުރުކީގެ އިސްތަންބޫލްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ފައިނަލް މެޗު ހޯސްޓް ކުރުމުގެ ޝައުގުވެރިކަން ހުރިކަމަށް އިންގްލެންޑްގެ އެސްޓަން ވިލާ އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ އިސްތަންބޫލްގަ އެވެ. އެކަމަކު އޭރު ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ގޯސްކޮށް އޮތުމުން ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ސެންޓްރަލައިޒްކޮށް ހުރިހާ މެޗެއް ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ.

އޭރު ނިންމީ މި އަހަރުގެ ފައިނަލް ތުރުކީގެ އިސްތަންބޫލްގައި ބާއްވާގޮތަށެވެ. އެކަމަކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޔޫރަޕްގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރޭ ގައުމަކަށް ތުރުކީ ވުމާ އެކު އެ ގައުމުގެ ސަރުކާރުން ވަނީ ފުލް ލޮކްޑައުނަކަށް ގޮސްފަ އެވެ. އެހެންވެ މި މަހުގެ ފަހުކޮޅާ ހަމައަށް ތުރުކީގެ ހާލަތު ރަނގަޅުނުވެއްޖެނަމަ އެ ގައުމުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމުގެ ފުރުސަތު ކުޑަކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ސިޓީ އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން: ޗެލްސީގެ ތިއާގޯ ސިލްވާ (ކ) ސިޓީގެ ޖީސޫސް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ވާދަކުރަން އޮތީ އިންގްލެންޑްގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކޮންމެ ވެސް ވަރަކަށް ސަޕޯޓަރުން ވައްދައިގެން ކުޅެން ޔުއެފާ އިން ނިންމާފައިވާއިރު، ހަަމައެކަނި އިންގްލެންޑުން 8000 ސަޕޯޓަރުން ދާގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ތުރުކީގެ ހާލަތު ރަނގަޅުނުވެއްޖެނަމަ ސަޕޯޓަރުން ވައްދައިގެން މެޗު ކުޅެވޭނެ ގޮތެއް ނޯންނާނެ އެވެ. މި ދަނޑިވަޅުގައި ޔުއެފާގެ ޕްލޭނާ އެއްގޮތަށް ފައިނަލް މެޗު ހޯސްޓްކުރަން އެކި ގައުމުތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ރަސްމީކޮށް ހުށަހެޅީ އެސްޓަން ވިލާ އިންނެވެ. އެސްޓަން ވިލާ އިން އެދުނީ އެ ޓީމުގެ ސްޓޭޑިއަމް ވިލާ ޕާކުގައި އެ މެޗު ކުޅުމަށެވެ.

"މީގެ އިނގިރޭސި ދެ ޓީމެއް ކުޅެނީ. އިނގިރޭސި ސަޕޯޓަރުން ވެސް މި މެޗަށް ދޭ. އެކަމަކު ތުރުކީގެ ހާލަތު އެ ދަނީ ގޯސްވަމުން. އެހެންވެ ދަތުރު ފަތުރުކުރަން ލުޔެއް ވެސް ލިބޭ ގޮތަށް އަހަރެމެން ހައްލެއް މި ހުށަހެޅީ،" އެސްޓަން ވިލާގެ އޮފިޝަލަކު ސްކައި ނިއުސް އަށް ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިނގިރޭސިންނަށް ދަތުރުފަތުރު ކުރެވޭނެ ގައުމުތައް ކަނޑައަޅަން އިނގިރޭސި ސަރުކާރުން ނިންމާފައިވާއިރު، ބެލެވޭގޮތުގައި ތުރުކީގެ ނަން ހިމަނާނީ ރެޑް ލިސްޓުގަ އެވެ. އެހެންވެއްޖެނަމަ ސިޓީ އާއި ޗެލްސީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޓިކެޓް ގަތް ސަޕޯޓަރުންނަށް އެ މެޗަށް ދާން އުނދަގޫވާނެ އެވެ.

އެސްޓަން ވިލާ އިން ފައިނަލް މެޗު ހޯސްޓްކުރަން ޝައުގުވެރިވީ ނަމަވެސް ޔުއެފާ އިން އެ ޓީމަށް އެ ފުރުސަތު ދޭނެ ކަމަށް އަދި ނުބެލެވެ އެވެ. އެއީ އެސްޓަން ވިލާގެ ދަނޑަކީ ޗެމްޕިއަންސް ލީގުގެ ފައިނަލް ފަދަ ބޮޑު މެޗެއް ހޯސްޓް ކުރެވޭ ވަރުގެ ވަސީލަތްތައް ތަނަވަސް ދަނޑަކަށް ނުވުމެވެ. މީޑިއާ ބޮކްސް އާއި މީޑިއާގެ ޖާގަތަކުގެ އިތުރުން ޔުއެފާގެ ފައިނަލް ފަދަ މެޗުތައް ވަގުތުން ދައްކަން ބޭނުންވާ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކުރެވޭނެ ގޮތްތަކެއް މި ވަގުތު އެ ދަނޑުގައި ހަމަަޖެހިފައި ނެތެވެ.

އެސްޓަން ވިލާ އިން ޔުއެފާ އަށް ފައިނަލް މެޗު ހޯސްޓްކުރަން ޝައުުގުވެރިކަން ފާޅުކޮށް ފޮނުވި ލިޔުމުގައިވަނީ ދަނޑުގައި ބަދަލުކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ އެކަމެއް ވެސް ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީ މަރާމާތަށް ބަންދުކޮށްފައި އޮތް މުއްދަތުގައި އެފްއޭ ކަޕް ސެމީ ފައިނަލާއި ޗެރިޓީ ޝީލްޑް މެޗު ފަދަ މެޗުތައް އެސްޓަން ވިލާ ދަނޑުގައި ވަނީ ބާއްވައިފަ އެވެ. އޭގެ އިތުރުން އިންގްލެންޑްގެ ވޯލްޑް ކަޕް/ ޔޫރޯ ކޮލިފައިން ބައެއް މެޗުތައް ވެސް ވަނީ އެސްޓަން ވިލާ ދަނޑުގައި މީގެ ކުރިން ވަނީ ކުޅެފަ އެވެ.

އެސްޓަން ވިލާ ދަނޑަކީ 42،700 މީހުންގެ ޖާގައިގެ ދަނޑެކެވެ. މި ވަގުތު ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ޝެޑިއުލް ކޮށްފައި އޮތް އިސްތަންބޫލްގައި ހުންނަ އަޓާޓާކް ސްޓޭޑިއަމަށް މެޗު ބަލަން 75،000 ސަޕޯޓަރުންނަށް ވަދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox