ތައިލެންޑު: ޑްރަގް އެތެރެ ކުރި މީހަކަށް މިނިސްޓަރު ކަމުގައި ހުރެވޭނެ ކަމަށް ކަނޑައަޅައިފި

ތައިލެންޑުގެ މިނިސްޓަރު ތައްމަނަޓް ޕްރޮމްޕާއޯ.-- ފޮޓޯ: ރޮއިޓާޒް

ތައިލެންޑުގެ މިނިސްޓަރު ތައްމަނަޓް ޕްރޮމްޕާއޯ.-- ފޮޓޯ: ރޮއިޓާޒް

އޮސްޓްރޭލިއާގައި ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައި ހުރި ތައިލެންޑުގެ މިނިސްޓަރަކަށް އެ މަގާމުގައި ހުރެވޭނެ ކަމަށް ކޯޓުން ކަނޑައަޅައިފި އެވެ.

ތައްމަނަޓް ޕްރޮމްޕާއޯގެ މައްޗަށް ޑްރަގް އެތެރެ ކުރުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް ލާން އޮސްޓްރޭލިއާގައި ހުކުމް ކުރީ 1994 ގައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އޭނާއަކީ މިނިސްޓަރު ކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ބުނެ ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްފަ އެވެ.

Advertisement

ކޯޓުން ބުނީ ތައްމަނަޓްގެ މައްސަލަ ހިނގީ އޮސްޓްރޭލިއާގައި ކަމަށާއި އެހެން ގައުމެއްގައި ކުރި ހުކުމެއް ތައިލެންޑުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

އެހެންކަމުން ތައިލެންޑުގެ ގާނޫނު އަސާސީގެ ދަށުން އޭނާއަށް މިނިސްޓަރު ކަމުގައި ދެމިހުރެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކޯޓުގެ ނިންމުމާއެކު އޭނާއަށް ޕާލިމެންޓު މެމްބަރެއްގެ ގޮތުގައި ދެމިހުރެވޭނެ އެވެ. އަދި ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާގެ ކެބިނެޓުގައި މިނިސްޓަރެއްގެ ގޮތުގައި ދެމިހުރެވޭނެ އެވެ.

ތައްމަނަޓްއަށް ކުރިން ކުރި ހުކުމް އާއްމުންނަށް ތިލަވީ 2019 ވަނަ އަހަރު ޑެޕިއުޓީ އެގްރިކަލްޗަރު މިނިސްޓަރުކަން އޭނާއަށް ދިނުމުންނެވެ.

އޮސްޓްރޭލިއާއިން ހުކުމް ކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ބުނެ އެވެ. އެގޮތުން 3.2 ކިލޯގެ ހިރޮއިން ފެނުނު ކަމަށް ބުނި ނަމަވެސް، އެއީ ފުށް ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox