ކޮވިޑު އިތުރުވެ މަހުގެ ނިޔަލަށް ލަންކާއަށް އެތެރެވުން މަނާކޮށްފި

ލަންކާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: އެ ގައުމަށް އެތެރެވުން މަނާކުރެވުނީ ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ -- ފޮޓޯ: އޭޕީ

ލަންކާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: އެ ގައުމަށް އެތެރެވުން މަނާކުރެވުނީ ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ -- ފޮޓޯ: އޭޕީ

ލަންކާގައި މިވަގުތު އިންތިހާއަށް ކޮވިޑް ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، މި މަހުގެ 21 އިން ފެށިގެން މަހުގެ ނިޔަލަށް ރާއްޖެއިން ލަންކާއަށް ދަތުރުކުރުން ލަންކާ ސަރުކާރުން މަނާކޮށްފި އެވެ.

ލަންކާ ސަރުކާރުން މިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ ކުރިއަށް ދުވަސްތަކުގެ ތެރޭގައި ލަންކާއަށް ދަތުރުކުރަން ގަސްތުކުރާ ދިވެހިންނާއި ބިދޭސީން އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

ލަންކާ ސަރުކާރުން ވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކުން އެ ގައުމަށް ދިހަ ދުވަހުގެ މުއްދަތަކަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު މި މުއްދަތުގެ ތެރޭގައި ލަންކާއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް ދަތުރު ކުރެވޭނެ އެވެ.

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ލަންކާ ސަރުކާރުން ނިންމީ ލަންކާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ އެވެ. އިއްޔެއަކީ އެ ގައުމުން ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް 3000 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ދުވަހެވެ. އެ ގައުމުގައި މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އުފުލިފަ އެވެ.

މީގެ ދެ ތިން ހަފުތާއެއް ކުރިން އެ ގައުމަށް އައި ސާޖަކީ، ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް އައިސްފައިވާ ކޮވިޑުގެ ރާޅާ ގުޅިގެން އައި ސާޖެކެވެ.

މީގެ ކުރިން އެ ގައުމުން ވަނީ އެ ގައުމަށް އެތެރެވާން އަންނަ މީހުން ކަރަންޓީނު ވާން އެޅި ފިޔަވަޅުތައް އަލުން ތަންފީޒުކޮށް، އިންޑިއާއިން އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ.

ލަންކާ ސަރުކާރުން އެ ގައުމުގެ އެތެރޭގައި ވެސް ކޮވިޑުން ރައްކާތެރިވާން ގިނަ މީހުން އެއްވެ އުޅުން ފަދަ ކަންކަން މަނާކޮށްފަ އެވެ.

ރާއްޖެއިން ލަންކާއަށް ދަތުރުކުރުން މަނާކުރި އިރު މީގެ ކުރިން ރާއްޖެއަށް އައުން މަނާކުރެވުނު ދެކުނު އޭޝިއާގެ ގައުމުތަކުގެ ލިސްޓުގައި ލަންކާ ހިމެނެ އެވެ. އެހެންކަމުން ރާއްޖެއިން ލަންކާއަށް ނުދެވޭ މުއްދަތުގެ ތެރޭގައި އެ ގައުމުން ރާއްޖެއަކަށް ނާދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox