ސްރީލަންކާގެ ކޭސްތައް ކޮންޓްރޯލުން ނެއްޓުމުގެ ބިރާއެކު ޑަބްލިއުއެޗްއޯގެ އިންޒާރު!

ސްރީ ލަންކާގައި ކޮވިޑަށް ޓެސްޓު ކުރާ މަރުކަޒެއްގައި މީހުން ކިޔު ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ކޮވިޑަށް ޓެސްޓު ކުރާ މަރުކަޒެއްގައި މީހުން ކިޔު ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ ބިރު ވަރަށް ބޮޑު ކަމަށް ލަންކާ މެޑިކަލް އެސޯސިއޭޝަނުގެ ރައީސް ޑރ. ޕަޑްމާ ގުނަރަތްނެ ވިދާޅުވެއްޖެ އެވެ.

ގުނަރަތްނެ ވިދާޅުވީ މި ހާލަތު ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށާއި ވަގުތުން ވަގުތަށް ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށެވެ.

"ދުވާލަކު 1،800 އަށް ވުރެ ޕޮޒިޓިވް ކޭސް ފެންނަމުން ދާއިރު، ޓެސްޓު ނުކުރެވި އޭގެ ތިން ގުނަ، ހަތަރު ގުނަ މުޖުތަމައުގެ ތެރޭގައި އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްތައް ވަނީ ގާތްގަނޑަކަށް ފުރިފައި ކަމަށާއި ނަތީޖާއެއްގެ ގޮތުން ބައެއް ބަލި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭނެ ޖާގަ ނެތި، ގޭގައި މަޑު ކުރަން ޖެހޭނެ ކަމަށެވެ.

ގުނަރަތްނެ ސަރުކާރަށް ގޮވާލެއްވީ އެ ހާލަތަށް ދިޔުމުގެ ކުރިން ގޭގައި ފަރުވާ ދޭނެ ގޮތްތަކާ މެދު އާއްމުން ހޭލުންތެރި ކުރުވުމަށެވެ.

އިއްޔެ ޕޮޒިޓިވްވި 1860 މީހުންނާއެކު ލަންކާގެ ޖުމްލަ ކޭސްތައް ވަނީ 115،536 އަށް އަރާފަ އެވެ. އަދި ޖުމްލަ 709 މީހުން ވަނީ މަރުވެފަ އެވެ.

ޑަބްލިއުއެޗްއޯގެ އިންޒާރު

ލަންކާގެ ހާލަތު ގޯސްވަމުން ދިޔުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެ ގައުމުގެ ރައްޔިތުން ސީރިއަސްވުމަށް އިންޒާރު ދީފަ އެވެ.

ޑަބްލިއުއެޗްއޯއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އޮފިސާ އިން ޗާޖް ޑރ. އޮލިވިއާ ނިވެރާސް ވިދާޅުވީ އެންމެ އުނދަގޫ ދަނޑިވަޅު މި ކުރިމަތީ ކަމަށެވެ.

ޑަބްލިއުއެޗްއޯ އާއި އދ. އިން ލަންކާއަށް އެހީވަމުންދާ ކަމަށާއި ސިއްހީ އޮފިޝަލުންގެ ބުރަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އާއްމު ފަރުދުން ޒިންމާ ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ބަލި ފެތުރުން] ކޮންޓްރޯލް ކުރަން އަޅުގަނޑުމެންނަށް ލިބިފައި ވަނީ ހެކީގެ މައްޗަށް ބިނާކޮށްފައިވާ ފިޔަވަޅުތަކެއް،" ނިވެރާސް ވިދާޅުވި އެވެ.

އެގޮތުން އޭނާ ލަންކާ ރައްޔިތުންނަށް ގޮވާލެއްވީ ބޭރަށް ނުނިކުތުމަށާއި މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox